ޑިފެންސް މިނިސްޓަރ މާރިޔާ އިންޑިޔާއަށް ކުރެއްވި ދަތުރެއްގެ ތެރެއިން
ހަބަރު
27 Feb 2023 | 19:29
އިންޑިޔާ ސިފައިންގެ ޢަދަދު ހާމަ ނުކުރި މައްސަލައިން ޑިފެންސް އިން ތަދައްޚުލްވެއްޖެ

ރާއްޖޭގައި ތިބޭ އިންޑިޔާ ސިފައިންގެ ޢަދަދު ހާމަނުކުރުމާއި އެމީހުންގެ މައްޗަށް ދައުލަތުން ކުރާ ޚަރަދު ހާމަނުކޮށް ނުދީގެ ޑިފެންސް މިނިސްޓްރީ އާއި ދެކޮޅަށް ހައިކޯޓަށް ހުށައަޅައިފައިވާ މައްސަލައިން ޑިފެންސް މިނިސްޓްރީ ތަދައްޚުލް ވެއްޖެއެވެ.

ރާއްޖޭގައި ތިބޭ އިންޑިޔާ ސިފައިންގެ ޢަދަދާއި އެ މީހުންގެ މައްޗަށް ދައުލަތުން ކުރާ ޚަރަދުގެ މައުލޫމާތު ސާފު ކުރުމަށް ހުށައެޅީ "ދިޔަރެސް" ނޫހުންނެވެ. ޑިފެންސް މިނިސްޓްރީ އަށް އެ މައުލޫމާތު ހޯދުމަށް ހުށައެޅުމުން އެމިނިސްޓްރީ އިން ވަނީ އެކަމަށް ދެކޮޅުހަދައިފައެވެ. އެކަމާއި ގުޅިގެން އެނޫހުން ދެން އެމައްސަލަ ދެން ހުށައެޅީ އިންފޮމޭޝަން ކޮމިޝަރުގެ އޮފީހަށެވެ. އަދި އެއޮފީހުން ވެސް ނިންމެވީ ޑިފެންސް މިނިސްޓްރީ އިން ނިންމެވި ނިންމެވުން ރަނގަޅުކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މިނިންމެވުން ދިޔަރެސް ނޫހުން ވަނީ، އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށައަޅައިފައެވެ.  

ޑިފެންސް މިނިސްޓްރީ އިން އެ މައުލޫމާތު ހާމަ ނުކުރި ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ އެ މައުލޫމާތު ހާމަކޮށްފިނަމަ ރާއްޖޭގެ ސަލާމަތަށް ނުރައްކާވުމެވެ.

އެމައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ބާއްވާފައެވެ. ނަމަވެސް މިހާރު ޑިފެންސް މިނިސްޓްރީ އިން ވަނީ އެމައްސަލައިން ތަދައްޚުލް ވުމަށް ހުށައަޅައިފައެވެ. ތަދައްޚުލު ވުމަށް އެދޭ ސަބަބެއް ކަމަށް ޑިފެންސް މިނިސްޓްރީ އިން ވިދާޅުވެފައި ވަނީ ހައިކޯޓުން ހުކުމްކުރާ ގޮތަކުން އެ މައްސަލައިގައި ހޯދަން އެދޭ މައުލޫމާތު ދޫކޮށްފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެތީ، ދައުލަތުގެ މަސްލަހަތު ހިމާޔަތްކުރުމުގެ ގޮތުން އެ މައްސަލައަށް ތަދައްޚުލުވުމަކީ މުހިންމު ކަމެއްކަމުގައި ދެކޭތީ  ކަމަށެވެ. 

ދައުލަތުން އެދިފައިވަނީ އެ މައްސަލަ ތަދައްޚުލުކޮށްދެއްވައި، މައްސަލައިގައި ދައުލަތުގެ ފަރާތުން ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކުރުމުގެ ފުރުސަތު ދިނުމަށެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ބަދަލުކުރަންޖެހޭ ހާލަތެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވައި، އެ މޭރުމުން ހުކުމް ކޮށްދެއްވުމަށް އެދިފައިވެ އެވެ.

މިމައްސަލަ ކޯޓަށް ހުށައަޅައިފައިވަނީ 2020 ވަނަ އަހަރުތެރޭގައެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި އިންޑިޔާ ސިފައިން އެކި ޢަދަދަށް ތިބި ކަމުން އެކި ފަހަރުމަތިން އަންނަނީ މީޑިއާ އަށް ތިލަވަމުންނެވެ. ރާއްޖޭގައި އިންޑީޔާ ސިފައިންގެ ސީދާ ޢަދަދެއް ސާފުވެފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް