ކުރީގެ ޕީޖީ އަހްމަދު މުޢިއްޒު
ހަބަރު
28 Feb 2023 | 06:28
ރިޝްވަތު ނެގި މީހާގެ މައްސަލަ ފޮނުވާފައި، އެ ދިން މީހާގެ މައްސަލަ ނުފޮނުވުނީ ހެކިނެތިގެންތޯ؟: މުޢިއްޒު

ރިޝްވަތު ދިން މީހާގެ މައްސަލަ ނުފޮނުވުނީ ހެކި ނެތިގެންތޯ ކުރީގެ ޕްރޮސިކިޔުޓާ ޖެނެރަލް އަހުމަދު މުއިއްޒު ސުވާލުކުރައްވައިފިއެވެ.

މުޢިއްޒު މިގޮތަށް ސުވާލު ކުރައްވާފައި މިވަނީ އެމްއެމްޕީއާރްސީ ޚީޔާނާތުގެ މައްސަލައިގައި ހިމެނޭ އެމްއެންޑީއެފްގެ މޭޖާ ނަވީން ޒުބައިރުގެ އެކައުންޓަށް ފައިސާ ޖަމާކުރި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ހުށަހަޅި މައްސަލައިގައެވެ.

އެކޮމިޝަނުން ބުނީ، ނަވީންގެ މައްޗަށް ހަ ދައުވާ އެއް ކޮށްދެއްވުމަށް ޕީޖީގައި އެދިފައިވާނެ ކަމަށެވެ. އެގޮތުން ރިޝްވަތު ހިފުމުގެ ދައުވާ، ރިޝްވަރު ލިބިގަތުމަށް އެދުމުގެ ދައުވާ، ރިޝްވަތު ލިބިގަތުމަށް އެއްބަސް ވުމުގެ ދައުވާ، ސިފައިންގެ ކެޕްޓަނެއްގެ މަގާމުގައި ހުރެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކަށް ނުވަތަ ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ، ރިޝްވަތުގެ ކުށުން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

އަދި މިއާއެކު މި މައްސަލައިގައި ދައުލަތަށް ލިބެން ޖެހޭ 100،000 ޑޮލަރު އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީ އަށް ވަނީ އަންގައިފަ އެވެ.

މިކަމާއި ގުޅިގެން މުއިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި އޭނާ ވަނީ މޭޖާ ނަވީން ޒުބައިރުގެ މައްޗަށް ދައުވާ އުފުލި އިރު ރޝްވަތު ދިން މީހާގެ މައްސަލަ ނުފޮނުވުނީ ހެކިނެތިގެންތޯ ނޫނީ އެއްބާރުލުމުގެ އެއްބަސްވުމުގެ ދަށުން ދައުވާ ކުރެވެން ނެތިގެންތޯ ސުވާލު ކުރައްވާފަ އެވެ. 

"މިކަންކަން ސާފު ކޮށްދެއްވާ. ޑިޔުޓީ ޕްރޮސިކިޔުޝަންގެ އެހީތެރިކަން ލިބުނުކަން ހީކުރަން." މުއިއްޒު ވިދާޅުވި އެވެ. 

ނަވީން ނެގި ކަމަށް ބުނާ ރިޝްވަތުގެ ފައިސާ ދިން ކަމަށް އޭސީސީން ބުނަނީ އެސްއޯއެފް ކުންފުނިން ނެވެ. އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އެ ކުންފުނީގެ މައްޗަށް ދައުވާ ނުކުރަން ދައުލަތުން ވަނީ ނިންމާފައެވެ. 

ނަވީންގެ އެކައުންޓަށް އެސްއޯއެފް ކުންފުނީގެ އެކައުންޓުން 100،000 ޑޮލަރު ޖަމާވި ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުން ހާމަވެފައި ވާތީ، 2019 ވަނަ އަހަރު އެ މައްސަލައިގައި އެމްއެންޑީއެފުން އޭނާ ސަސްޕެންޑް ވެސް ކުރި އެވެ. ނަމަވެސް ފަހުން ހަމަ އެ އަހަރު އޭނާގެ ސަސްޕެންޝަން އުވާލައި އަލުން ވަޒީފާއަށް ނުކުތުމުގެ ހުއްދަ ވަނީ ދީފައެވެ. ނަވީން މިހާރު ވެސް ހުންނެވީ ހަމަ އެ މަގާމުގަ އެވެ.

އޭސީސީ އާއި ފުލުހުން ގުޅިގެން ހިންގާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގުގައި، ތުހުމަތުކުރެވޭ 338 މީހެއްގެ މައްސަލަ ބަލަން ނިންމާފައިވާއިރު، މިހާތަނަށް ނިމުނީ 38 މައްސަލައެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.