ޓުއަރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމު/ ފޮޓޯ: ސަން
ހަބަރު
28 Feb 2023 | 06:33
ސަވާދީއްތަ ދަތުރުގެ ތެރެއިން ރަށްތައް ވިދާލާ، ޢީދަށް ބާރު ބޮޑުވާނެ: މައުސޫމް

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކޮށް، ލޯކަލް ޓުއަރިޒަމް ޕްރޮމޯޓު ކުރުމަށް ކުރިއަށް ގެންދާ "ސަވާދީއްތަ ދަތުރު" މިއަހަރުވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި، އެ ދަތުރުގެ ތެރެއިން ރަށްތައް ވިދާލާ ބޮޑު އީދާށް ބައެއް ރަށްތަކަށް ބާރު ބޮޑުވާނެކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމު ވިދާޅުވެއްޖެ އެވެ. 

ސަވާދީއްތަ ދަތުރާއި ގުޅޭގޮތުން ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑރ މައުސޫމު ވިދާޅުވީ ސަވާދީއްތަ ދަތުރަށް ރަށްރަށުން މިހާރު ތައްޔާރުވާން ފަށާފައިވާކަމަށެވެ.

އެގޮތުން ކޮންމެ ރަށަކަށް ޚާއްސަ ގުދުރަތީ ކަންކަމާއި، އެރަށްރަށުގެ އާދަކާދައާއި ޘަގާފަތް ދައްކުވައިދޭ ކަންކަން ކެއިން ބުއިމާއި، ދެންވެސް އެ ރަށަކަށް ޚާއްސަ ކަންކަން ދައްކާލުމަށް ތައްޔާރުވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ މިފަހަރުގެ ސަވާދީއްތަ ދަތުރު ވެގެންދާނީ ރަށްރަށް ޕްރޮމޯޓުކުރުމަށް ދުޅަހެޔޮ ވާދަވެރިކަމެއް އުފެދިގެންދާނެ ދަތުރަކަށް ކަމަށެވެ. އަދި ދަތުރުގެ ތެރެއިން ލޯކަލް ޓުއަރިޒަމް ފުޅާކުރުމަށް މަސައްކަތްކުރާ ބައެއް ރަށްތައް ވިދާލާނެ ކަމަށާއި، އަދި އެއާއެކު ބޮޑު ޢީދާއި ދިމާކޮށް އެ ރަށްތަކަށް އޮންނަ ޑިމާންޑު އިތުރުވެގެންދާނެކަމަށް މިނިސްޓަރު މައުސޫމު ވިދާޅުވި އެވެ. 

"މި ދަތުރުގެ ތެރެއިންވެސް ރަށްރަށް ވިދާލާނެ. މިއަންނަ ބޮޑު އީދަށް ބާރު ބޮޑުވާނެ ބައެއް ރަށްތައް. މީ ކޮންމެ ގައުމަކުންވެސް ކަންކަން ކުރާގޮތް، ސީޒަނާއި ދިމާކޮށް އެތަނަކަށް ޑިމާންޑު ބޮޑުވާއިރު، އެރަށަކަށް ފައިދާ ލިބޭގޮތަށް ކަންކަން ބައްޓަންވެގެން ދިއުން. ވިޔަފާރިތައް ފުޅާކޮށްލުން، އިތުރު ޚިދުމަތްތައް ދިނުން، އެ ޚިދުމަތާއި ގުޅުވާފައި އެކަށީގެންވާ އަގުތަކެއް ނެގޭގޮތަށް ކަންކަން ތަރުތީބުކުރުން"

ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމު

މިނިސްޓަރު ވިދާޅުވީ ސަވާއްދީއްތަ ދަތުރު ވެގެންދާނީ ރަށްތައް ޕްރޮމޯޓުކޮށްލުމަށް ލިބޭ ވަރަށް އަގުހުރި ފުރުސަތަކަށް ކަމަށެވެ. 

ސަވާދީއްތަ ދަތުރަކީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ޔޮޓު ފެސްޓިވަލް ދަތުރެކެވެ. މި ދަތުރު އެންމެ ފުރަތަމަ ފަހަރަށް ބޭއްވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަަބާއާއި ގުޅިގެންނެވެ. 

އެގޮތުން އެންމެ ފުރަތަމަ ދަތުރުގައި ރާއްޖޭގެ 11 ރަށަކަށް ޒިޔާރާތްކޮށްފައި ވެއެވެ. ހއ އަތޮޅުން ފެށި އެ ދަތުރު 2022 ވަނަ އަހަރު ނިންމާލާފައިވަނީ ބ އަތޮޅަށެވެ. 

މިއަހަރުވެސް "ސަވާދީއްތަ ދަތުރު" ކުރިއަށް ގެންދާނެކަމަށް މިނިސްޓްރީއިން އިއުލާނުކޮށްފައިވާއިރު، މިއަހަރުގެ ދަތުރު ކުރިއަށް ވުރެ ކާމިޔާބު ދަތުރަކަށް ވާނެކަމުގެ ޔަގީންކަން ޓުއަރިޒަމް މިނިސްޓްރީން ދެއްވައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.