ތުރްކިޔޭގެ މަލަތްޔާ ޕްރޮވިންސް
ހަބަރު
28 Feb 2023 | 15:19
އިއްޔެގެ ބިންހެލުމުގައި 2 މީހުން ނިޔާވެ, 140 މީހުންނަށް އަނިޔާވެއްޖެ

އިއްޔެ ތުރްކިޔޭގެ މަލަތްޔާ ޕްރޮވިންސްއަށް އައި 5.6 މެގްނެޓިޔުޓް ބާރުމިނުގައި އައި ބިންހެލުމުގައި ދެ މީހަކު ނިޔާވެފައި ވާކަމަށް ތުރްކިޔޭގެ ޑެއިލީ ޞަބާހް ނޫހުން ބުނެފިއެވެ.

އެ ނޫހުގައި ބުނެފައިވަނީ އިއްޔެގެ ބިންހެލުމުގައި 2 މީހަކު ނިޔާވެ 140 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

"އިއްޔެ އައި އާފްޓަރޝޮކްގެ ފަހުން މަލަތްޔާ ގެ 32 މީހަކު ވަނީ ވެއްޓުނު އިމާރާތް ތަކުގެ ދަށުން ނެގިފައި، އަދި ދެ މީހަކު ނިޔާވެފައިވެސް ވޭ، 140 މީހަކު ޒަހަމްވެފައިވޭ، އޭގެތެރެއިން 12 މީހެއްގެ ހާލު ދެރަ، 40 މީހެއްގެ ފަރުވާ އަދިވެސް ދަނީ ކުރިއަށް" އޭއެފްޑީއޭ އިން ބުނެފައިވެއެވެ.

ބިންހެލުމާއި ގުޅިގެން މަލްތްޔާ ޕްރޮވިންގެ 29 ޢިމާރާތެއް ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައެވެ.

ބިންހެލުމުގެ އިހްސާސް ކުރެވުމާއި އެކު އިމާރާތް ތަކުން ބޭރަށް ނުކުތް ރައްޔިތުންނަށް އޭއެފްޑީއޭ އިން އެންގީ އިމާރާތްތަކަށް އެނބުރި ނުވަނުމަށެވެ. ހަލާކުވެ ގެއްލުން ލިބިފައި ހުރި އިމާރާތްތައް ވަދެ ނުކުމެ އުޅުމަށް ރައްކާތެރި ނުވާނެތީ މިއެންގުން އެންގީ ކަމަށް އެ ޑިޕާޓްމެންޓުން ބުނެފައިވެއެވެ. މަލަތްޔާ އަށް އައި ބިންހެލުމުގެ އިހްސާސް ކަހްރަމަންމަރާސް، ގަޒިއަންޓިޕް، އަދިޔަމަން އަދި ސަންލިރުފާ އިން ވެސް ކޮށްފައިވެއެވެ.

އޭއެފްޑީއޭގެ ހެޑް ޔޫނުސް ސެޒަރް އާއި އެޑިޕާޓްމެންޓުގެ ޖެނެރަލް މެނޭޖަރ އޮރްހަން ތަތަރް ބައިވެރިވި ނިއުން ކޮންފަރެންސެއްގައި ބުނެފައިވަނީ މިހާތަނަށް 10،282 އާފްޓަރޝޮކް، ބިންހެލުމުގެ ފަހުން ތުރްކިޔޭގެ އެކި ހިސާބުތަކަށް އައިސްފައިވާކަމަށެވެ.

ފެބްރުއަރީ 6 ގައި އައި ބާރުގަދަ ދެ ބިންހެލުމަށް ފަހު ތުރްކިޔޭ ގެ އެކި ހިސާބުތަކަށް ބާރުގަދަ އާފްޓަރޝޮކްތައް ދަނީ އަންނަމުންނެވެ. ފެބްރުއަރީ 6 ވަނަ ދުވަހު އައި ބިންހެލުމުގައި ތުރްކިޔޭ އިން 44،000 މީހުން ވަނީ ނިޔާވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.