ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުން އަންނަ އަންބަރާ
ހަބަރު
28 Feb 2023 | 18:31
"އަންބާރާ މައްސަލާގައި އީޕީއޭގެ ނިންމުމުން ރައްޔިތުން ރަނގަޅަށް ކޮސްކޮށްލައިފި"

ވ އަންބަރާގެ މައްސަލައިގައި އެންވައިރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ އިން ނިންމެވި ނިންމެވުމުން ރައްޔިތުން ކޮސް ކޮށްލައިފި ކަމަށް ވ އަތޮޅު ކައުންސިލްގެ ރައީސް ޝުޖާޢު ޢަލީ ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވީ އަންބަރާގައި އީއައިއޭއާ ޚިލާފަށް މަސައްކަތްކޮށްފައި ހުރި މައްސަލައާއި ގުޅިގެން އީޕީއޭއިން ވ އަތޮޅު ކައުންސިލަށް ދިން ޖަވާބާއި ގުޅިގެނެވެ.

މިމައްސަލައިގައި އީޕީއޭއިން ވ އަތޮޅު ކައުންސިލް ރައީސްއަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ އެ އެޖެންސީގެ އިންސްޕެކްޝަނުން އެ ރަށުގައި ބައެއް މަސައްކަތް ކޮށްފައިހުރީ އީއައިއޭއާ ޚިލާފަށްކަން އެނގޭކަމަށެވެ. ނަމަވެސް އެ މައްސަލާގައި އެއްކުރި މައުލޫމާތާއި ބެލި ބެލުމުން އެކަންކަމަކީ އަންބަރާގައި ރިސޯޓު ތަރައްޤީކުރާ ފަރާތުން ހިންގާފައިވާ ކަންކަން ނޫންކަން އެނގިފައިވާ ކަމަށެވެ.

އަދި ވ.އަންބަރާގެ ތިމާވެއްޓަށް ލިބިފައިވާ ގެއްލުންތަކަށް މަޝްރޫޢު ހިންގާ ފަރާތުން ޒިންމާވާންނުޖެހޭނެކަން އެ ފަރާތަށް އީޕީއޭއިން އަންގާފައިވާނެކަމަށްވެސް އަތޮޅު ކައުންސިލަށް ފޮނުވި ސިޓީގައި އެ އެޖެންސީން ބުނެފައިވެއެވެ.

އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވަނީ ވެއްޓަށް ގެންލުންވަނީ ދީފައިވާއިރު، ދީފައިވާ ގެއްލުމަށް ޑެވެލޮޕަރ ޒިންމާއެއް ނެތް ކަމަށް ބުނެ އީޕީއޭއިން ނިންމި ނިންމުމުން ރައްޔިތުން ކޮސް ކޮށްލައިފި ކަމަށެވެ. 

"ވެއްޓަށް ގެންލުންވަނީ ދީފަ، އެކަމަކު ދީފައިވާ ގެއްލުމަށް ޑެވެލޮޕަރ ޒިންމާއެއް ނެތް. ތިޔަ ނިންމެވުން ރައްޔިތުން ރަނގަޅަށް ކޮސްކޮށްލައިފި!" ވ އަތޮޅު ކައުންސިލްގެ ރައީސް ޝުޖާޢު ޢަލީ ވިދާޅުވެފައިވެއެވެ.

އަންބާރާ އަކީ ރިޒޯޓެއް ޔަރައްގީ ކުރުމަށް ހަނދުވަރު އޯޝަން ޕްރައިވެޓް ލިމިޓެޑަށް 50 އަހަރުގެ މުއްދަތަށް ދޫކޮށްފައިވާ ރަށެކެވެ. އެރަށުގައި އީއައިއޭއާ ޚިލާފަށް މަސައްކަތްކޮށްފައި ހުރި މައްސަލަ ފާހަގަކުރެވިގެން ވ.އަތޮޅު މީހުން އެކަމާއި ދެކޮޅަށް އަޑު އުފުލައި އަންބަރާގައި ރިސޯޓު ހަދާ ކުންފުނި ޖަވާބުދާރީކުރުވަން އެ އަތޮޅު ކައުންސިލުން ވަނީ ގޮވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.