ސްޓޭޓް މިނިސްޓަރު އަލީ ނަޒީރާއި ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله--
ހަބަރު
01 Mar 2023 | 13:01
އިދިކޮޅުން ސަލަފާ ބައްދަލު ކުރުމުން، އެ ޖަމިއްޔާ އަށް ފިޔަވަޅު އަޅަން އަދާލަތުން ގޮވާލައިފި

އިދިކޮޅު އިއްތިހާދުގެ ލީޑަރުން ޖަމްއިއްޔަތުއް ސަލަފުގެ އިލްމުވެރިންނާއި ބައްދަލުކުރެއްވުމުން އެ ޖަމްއިއްޔާއަށް ފިޔަވަޅުއެޅުމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޢަދާލަތު ޕާޓީން ގޮވައިލައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަންގެ އެދުމަށް ޖަމްއިއްޔަތުއް ސަލަފުން އިއްޔެ ވަނީ އެ ކޯލިޝަންގެ ލީޑަރުންނާއި ބައްދަލު ކުރައްވާފައެވެ. 

މި ކަމާއި ގުޅިގެން އަދާލަތު ޕާޓީގެ ތަރުޖަމާން އަދި ހޯމް މިނިސްޓްރީ ގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ކުރެއްވި ސިލްސިލާ ޓުވީޓުތަކެއްގައި އޭނާ ވަނީ ޖަމްއިއްޔަތުއް ސަލަފަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ.

އަލީ ނަޒީރު ވިދާޅުވީ އޭނާ އަބަދުވެސް ދެކެމުން އަންނަނީ ސަލަފަކީ ކުރިއަށް ނުކުމެ ފާޅުގައި ސިޔާސީ މަސައްކަތް ކުރަން ނުކެރުނު ބަޔަކު ފިލައިތިބެ ސިޔާސީ މަސައްކަތް ކުރަން ހެދި ޖަމާއަތެއްގެ ގޮތުގައި ކަމަށެވެ. އަދި ރާއްޖޭގެ ފުންނާބު އުސް ދީނީ އިލްމުވެރިންގެ ބައިވެރިވުމާއެކު މިފަދަ ކަންކަން ހިނގުމަކީ ހިތާމައެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ސިޔާސީ ޕާޓީތަކާއެކު އިންތިހާބުތަކާ ގުޅޭ މަޝްވަރާކޮށް ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަންނަން ވާނީ އިލެކްޝަން ގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީއެއް އުފައްދައިގެން. އިސްލާމް ދީނުގެ ދަޢުވަތަށް ޚާލިސްވެ މަދަނީ ޖަމްޢިއްޔާ ހިންގަންވާނީ ޤާނޫނުގެ ތަރަހައިގެ ތެރޭގައި.

ޢަދާލަތުގެ ތަރުޖަމާނު އަލީ ނަޒީރު

މީގެ އިތުރުން ނަޒީރުވަނީ ޤާނޫނުގެ އިމުން ބޭރުވާ ޖަމްއިއްޔާތަކަށް ޖަމްއިއްޔާތަކުގެ ރަޖިސްޓަރާ ނަސޭހަތްތެރިވެ އެކަން ހުއްޓުވަންޖެހޭ ކަމަށް ވިދާޅުވެ ޖަމްއިއްޔަތުއް ސަލަފަށް ފިޔަވަޅުއަޅަން ގޮވައިލައްވާފައެވެ.

މިއާއެކު އޭނާ ވަނީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީވުމަށް ނޫނީ ރަނގަޅު މަދަނީ ޖަމްއިއްޔާއެއްގެ ގޮތުގައި ދީނީ ދައުވަތު ކުރިއެރުވުމަށް ހުސްވުމަށް ސަލަފުގެ ކިބައިން އެދިފައެވެ. 

ނަޒީރު މިފަދައިން ވިދާޅުވެ ސަލަފަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައިވާއިރު، ޢަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله ވެސް ވަނީ ދާދި ފަހުން ސަލަފަށް ފާޑުވިދާޅުވެ ޓުވީޓްތަކެއް ކުރައްވާފައެވެ. އަދި ރާއްޖޭގައި ދީން ކުރިއަރުވަން މަސައްކަތް ކުރަމުންދާ، އެންމެ ގިނަ، އެންމެ ފުންނާބު އުސް ޢިލްމުވެރިން ހިމެނޭ ޖަމިއްޔާ އާއި ގުޅިގެން އެފަދަ ޒާތީ ޓުވީޓް ތަކެއް ކުރެއްވުމުން ގިނަ ބަޔަކު ވަނީ އޭނާ އަށް ފާޑުކިޔާފައެވެ.

އަދި ޢަދާލަތު ޕާޓީ އަކީ ސިޔާސީ މަންފާއަށާއި މަގާމް ތަކަށްޓަކައި ގޮތަކަށް ދީން ބޭނުން ކުރާ، ދީނާއި ޚިލާފް ކަންކަމަށް ހިތްވަރުދޭ ޕާޓީ އެއް ކަމަށް ވާއިރު، ޖަމިއްޔަތުއް ސަލަފަކީ އަބަދުވެސް ހައްގުބަސް ބުނުމުގައި ސާބިތުވާ، ވަކި ސަރުކާރަކަށް ބެލުމެއް ނެތި މުންކަރާތްތައް ހުއްޓުވުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަން ވެސް ގިނަ ބަޔަކު ދެކެއެވެ.

ކޮމެންޓް
އިލްމީއަލި
ކަކޯ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީދޯ. މި ގައުމުގަ އަލަމްގިރި ކުޅިޔާއި، ދެންޖެހުނު ކުޅިޔެއް ކުޅެ. ދީނީ ގޮތުން މުޖްތަމަޢުގެ ތެރޭގައި ހައްދުފަހަަނައަޅާގެން ދާރިއު ކަލޯމެން ލޮލަށް މިރުސްފެން އެޅިފަހުންނައިރުވެސް އޯކޭތޯ
01 Mar 2023
ށުހައިލް
އިދިކޮޅާ ބައްދަލު ކުރުމަކީ ޚަރާމް ކަމެއްބާ؟
01 Mar 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.