ސީރިޔާގައި ބިންހެލުމުގައި ހާލުގައި ޖެހުނު މީހުން ދިރިއުޅެމުންދާ ސަރަހައްދު
ހަބަރު
01 Mar 2023 | 18:12
ބިންހެލުންއައި ސީރިޔާގެ ހުޅަނގުއުތުރުގައި ކޮލެރާ ފެތުރެނީ

ފެބްރުއަރީ 6 ވަނަ ދުވަހު ތުރުކިޔޭ އާއި ސީރިޔާ އަށް ބިންހެލުމުގެ އަސަރުކުރި ސީރިޔަގެ ހުޅަނގުއުތުރުގައި ކޮލެރާ ފެތުރެން ފަށައިފައިވާ ކަމަށް އަލްޖަޒީރާ އިން ބުނެފިއެވެ.

ކޮލެރާ ޖެހިގެން އެސަރަހައްދުން މިހާރު ދެމީހުން މަރުވެފައިވާ ކަމަށް ވެސް އަލްޖަޒީރާގައި ބުނެފައިވެއެވެ. އެސަރަހައްދުގައި ކޮލެރާ އުޅޭކަން ރިކޯޑު ކުރެވިފައިވަނީ ފާއިތުވި އަހަރުއެވެ. އެހާހިސާބުން ފެށިގެން މިހާތަނަށް 22 މީހަކު މިވަނީ ކޮލެރާގައި މަރުވެފައެވެ.

"ބިންހެލުމުގެ ސަބަބުން ހަލާކުވި އިމާރާތްތަކާއި، ސާފު ފެން ނުލިބުމާއި، ރަނގަޅު ނަރުދަމާ ނިޒާމެއް ނެތުމަކީ މި ބަލި ފެތުރެން މިހާރު ދިމާވެގެން އުޅޭ ސަބަބު ކަމަށް ބެލެވޭ" ވައިޓް ހެލްމެޓް ޓީމުން ބުނެފައިވެއެވެ.

ބިންހެލުމުގެ ސަބަބުން، ސާފުފެނުގެ ދަތިކަން ކުރިމަތިވެފައި އޮތް ރެފިޔުޖީ ކޭމްޕްތަކުގެ ހާލަތު ކުރިއަށްވުރެ ބޮޑަށް ވަނީ ގޯސްވެފައެވެ.

"ބިންހެލުމުގެ ކުރިންވެސް މި ސަރަހައްދަކީ ނިކަމެތި ހާލަތެއްގައި އޮތްތަނެއް، ރެފިޔުޖީ ކޭމްޕުގެ 63 ޕަސެންޓުގައި ރަނގަޅު ނަރުދަމާ ނިޒާމެއް ނެތް، 43 ޕަސެންޓުގައި ސާފު ބޯފެން ލިބޭކަށްނެތް" ނޫރް ޤުރްމޫޝް ނަމަކަށްކިޔާ އެކްޓިވިސްޓަކު އަލްޖަޒީރާއަށް ބުނެފައިވެއެވެ.  ހޮސްޕިޓަލް ތަކާއި ހެލްތް ސެންޓަރު ތަކުގެ މެޑިކަލް އޮފިސަރުން ދަނީ ބިންހެލުމުގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށްވެސް އެތައްދަތިތަކަކާއި ކުރިމަތިލަމުން ކަން ނޫރް ފާހަގަކުރިއެވެ.

"އެމީހުން އެދަނީ ތިބި ހާލުން މަސައްކަތް ކުރަމުން، ފަންޑު ހުރި ވަރު މަދުވެ ޔޫއެންގެ އެހީ އެހިސާބަށް ފޯރުން ލސްވަމުންދާ ވަރަކަށް އެމީހުންގެ މަސައްކަތަށް އެދަނީ ބުރޫއަރަމުން، މެޑިކަލް އެހީ ބޭނުން ޖެހޭ މީހުން ދަނީ އިތުރުވަމުން، ވަސީލަތް ތައް ދަނީ މަދުވަމުން" ނޫރް ޤުރްމޫޝް ގެ ވާހަކައިގައި ބުނެފައިވެއެވެ.

ބިންހެލުމަށް ފަހު އެތައް ހާސް ބަޔަކު ވަނީ ބޯހިޔަވަހިކަން ގެއްލިފައެވެ. 20،000 އިމާރާތް ވަނީ ހަލާކުވުމާއި، ގެއްލުންތަކުގެ ސަބަބުން ހުސްކުރެވިފައެވެ.

"އެތައްހާސް ބަޔަކު މިހާރު ދިރިއުޅެމުން އެދަނީ އެންޖީއޯ ތަކުން ދީފައިވާ ވަގުތީ ހިޔާތަކުގައި، އެތަންތަން އޮތީ ތޮއްޖެހިފައި، އެމީހުން މިހާރު ދިރިއުޅެމުންދާ ވެއްޓަކީ ބަލިތައް އަވަހަށް ފެތުރިދާނެ ފަދަ ވެއްޓެއް، އަދި ޚާއްސަކޮށް މިހާރު ކޮލެރާ އެދަނީ ފެތުރެމުން" ނޫރު ބުނެފައިވެއެވެ.

ޔޫއެންގެ ސެކިޔުރިޓީ ކައުންސިލުން މިދިޔަ ހަފްތާގައި ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ސާފުފެން ލިބުން ދަތިވުމުގެ ސަބަބުން ސީރިޔާގައި ކޮލެރާގެ ހާލަތު ގޯސްވެފައި ވާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.