ވެލާނާގެ----ފޮޓޯ: އަވަސް
ހަބަރު
01 Mar 2023 | 23:34
"ޤާނޫނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ރޯދަ އިނާޔަތްދީ" އެލްއާރްއޭ

ވަޒީފާއާއި ބެހޭ ޤާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި މުވައްޒަފުންނަށް ރޯދަ އިނާޔަތް ދިނުމަށް ލޭބާރސް ރިލޭޝަން އޮތޯރިޓީއިން ހަނދާން ކޮށްދީފިއެވެ.

އެ އޮތޯރިޓީ އިން މިއަދު ވަނީ އެކަމާއި ގުޅޭ އިއުލާނެއް ނެރެފައެވެ.

އެއިއުލާނުގައި ބުނެފައިވަނީ ވަޒީފާއާއި ބެހޭ ޤާނޫނުގެ ދަށުން ވަޒީފާއަދާކުރާ ކޮންމެ ދިވެއްސަކަށް ރޯދަ އިނާޔަތް ދޭން ޖެހޭނެ ކަމަށްބުނެފައި ވީނަމަވެސް ވަރަށް ގިނަ ފަރާތްތަކަކުން އެގޮތަށް ޢަމަލުނުކުރާ ކަން ފާހަގަ ކުރެވިފައިވާކަމަށެވެ. އަދި މިކަމުގެ ޝަކުވާ އެއޮތޯރިޓީއަށް ލިބިފައިވާކަމަށްވެސް އެއޮތޯރޮޓީއިން ބުނެފައިވެއެވެ.

ހަމަ މިޔާއި އެކު ޢިނާޔަތް ދިން ނަމަވެސް ޤާނޫނުގައި ބުނާވަރަށް އެއިނާޔަތް މުވައްޒަފުންނަށް ނުދޭ ކަމަށްވެސް އެއިއުލާނުގައި ވެއެވެ.

ވަޒީފާ އަދާ ކުރާ ކޮންމެ ދިވެއްސަކަށް 3000 ރުފިޔާގެ އިނާޔަތެއް ރޯދަ އިނާޔަތުގެ ގޮތުގައި ދިނުމަށް ޤާނޫނޫގައި ބުނެފައިވެއެވެ.

މިހިނގާ 1444 ވަނަ އަހަރުގެ ރަމަޟާން މަސް ފެށޭނެ ކަމަށް ކަލަންޑަރުގައި ބުނަނީ މި މާރޗް މަހުގެ 23 ވަނަ ދުވަހެވެ. ކޮންމެ އަހަރެއްގެ ރޯދަ އާއިގުޅިގެންވެސް ރޯދަ އިނާޔަތް ނުދޭ ކަމުގެ ޝަކުވާތައް އާދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.