އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު: ފޮޓޯ -- ސަން
ހަބަރު
02 Mar 2023 | 10:07
އަންނަ ރިޔާސީ އިންތިހާބުގައި ލޯފަން މީހުންނަށް އަމިއްލައަށް ފާހަގަ ޖެހޭނެ: އީސީ

ރިޔާސީ އިންތިޚާބު 2023ގައި، ލޯފަން މީހުންނަށް، އެމީހަކު އިޚްތިޔާރުކުރާ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި، އަމިއްލައަށް، ފާހަގަ ޖެހުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. 

ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި ވޯޓުގެ ސިއްރުކަން ހިފެހެއްޓުމަށް ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ މީހުންނަށް ވޯޓުލެވޭނެ މަގުފަހި ކޮށްދިނުމަށް، ލޯފަން މީހުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ބްލައިންޑް އެސޯސިއޭޝަނުން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. 

އެގޮތުން، އިލެކްޝަންސް ކޮމިޝަނާ، ސިޔާސީ ޕާޓީތަކާއި، ހިޔުމަންރައިޓްސް ކޮމިޝަނާއި މީޑިއާ ތަކާއި ގުޅިގެންވެސް ގިނަ މަޝްވަރާތަކެއް އެ އެސޯސިއޭޝަނުން ވަނީ ކޮށްފައެވެ. 

އެންމެހައި ފަރާތްތަކާއި ކުރެވުނު މަޝްވަރާތަކުން އެފަދަ މީހުންނަށް ވަކި ވައްތަރެއްގެ ކަރުދާސް ތައްޔާރު ކުރުމަކީ ޚަރަދު ބޮޑު ކަމެއް ކަމުގައި ފެނުމުން، އެ ޖަމިއްޔާ އިން ވަނީ ޚަރަދުކުޑަ ގޮތެއް ހޯދާފައެވެ. 

"އަޅުގަނޑުމެން މި ފަހަރު ހައްލަކާއި އެކު މިއައީ. ވޯޓު ކަރުދާ ބަދަލު ގެންނަށް ހަރަދުތަކެއް ގެންނާނެ ކަމެއް ނެތް. އެކަމު ހާޑް މެޓީރިއަލްއަކުން ހަދާފައިވާ ކަރުދާސް ކޮޅެއް ވޯޓު ކަރުދާހާ އެއްވަރަށް ބައްޓަން ކޮށްލާނީ. ފާހަގަޖަހަންޖެހޭ ގޮޅިތަކާއި ދިމާވާ ގޮތަށް މި ހުންނަނީ ހެޔޮ ފާހަގަ ޖަހާލާ ގޮތަށް ކަނޑާފަ. އެހެންވީމަ ލޮލަށް ނުފެންނަ ކުދިންނަށް އަތްލައިގެން ވެސް އެނގޭނެ. 600 ވޯޓު ފޮއްޓަށް އޭގެ ސާމްޕަލްއެއް ހަދާލެވޭނެ." ބްލައިންޑް އެސޯސިއޭޝަންގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ އެސޯސިއޭޝަންގެ ނައިބު ރައީސް ހުސެއިން ޝަރީފް  ވިދާޅުވިއެވެ.

މިނިވަންކަމާއި އެކު ވޯޓުލުމަށް ލޯފަން މީހުން ހޯދާފައިވާ ހައްލު ދައްކުވައިދޭ ސާމްޕަލް އަކާއި އެކު ބްލައިންޑް އެސޯސިއޭޝަންގެ ނައިބު ރައީސް ހުސެއިން ޝަރީފް: ފޮޓޯ/ ވޮއިސް

ލޯފަން މީހުންގެ މި ކަންބޮޑުވުންތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބު 2023ގައި، ލޯފަން ބޭފުޅުންނަށް، އެ ބޭފުޅަކު އިޚްތިޔާރުކުރާ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި، އެބޭފުޅަކު އަމިއްލަފުޅަށް، ފާހަގަ ޖެހުމުގެ ފުުރސަތު ލިބިގެންދާނެ ކަމަށެވެ. 

މީގެ ކުރިން ބާއްވާފައިވާ އިންތިހާބު ތަކުގައި ލޯފަން މީހުން ވޯޓު ލާފައިވަނީ އެހީތެރިއަކާއި އެކު ގޮހެވެ. އޭގެ ސަބަބުން އެމީހުންގެ ވޯޓަކީ ސިއްރު ވޯޓަކަށް ނުވާ ކަމަށްވެސް ބްލައިންޑް އެސޯސިއޭޝަނުން ފާހަގަކުރެއެވެ. އެހެންކަމުން މި ހައްގު ލިބިގެންދިޔުމަކީ އެފަދަ އެންމެހައި ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވެގެންދާނެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.