ބިންހެލުމުގެ އަސަރުކުރި ކުޑަ ކުދިންތަކަކަށް ހަދިޔާ ބަހަނީ/ ތުރްކިޔޭ
ހަބަރު
02 Mar 2023 | 17:57
ބިންހެލުމާއި ގުޅިގެން ތުރްކިޔޭގައި ހުޅުވާލި "ފޯސްޓަރ ފެމިލީ" ޕްރޮގްރާމަށް ބޮޑު ތަރުހީބެއް

ފެބްއަރީ 6 ވަނަ ދުވަހު ތުރްކިޔޭ އަށް އައި ބިންހެންތަކާއި ގުޅިގެން އާއިލާތައް ގެއްލުނު ކުދިންނަށް "ފޯސްޓަރ ފެމިލީ" ހޯދުމަށް ތުރްކިޔޭ ސަރުކާރުން ހުޅުވާލި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތައް ގިނަވެއްޖެއެވެ.

2 މިލިއަނެއްހާ މީހުންގެ ގެދޮރު ގެއްލުނު ބިންހެލުންތަކުގެ ސަބަބުން، މައިންބަފައިން ގެއްލި ޔަތީމުވިކުދިން ނަށް އާއިލީ ލޯބި ހޯދައިދިނުމަސް ތުރްކިޔޭ ސަރުކާރުން ހުޅުވާލި ފުރުސަތައް އެންމެ ބޮޑަށް ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ ކިރިކްލަރެލީ އަދި ސިރިތް ޕްރޮވިންސުންނެވެ.

ތުރްކިޔޭގެ މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ބުނެފައިވަނީ ބިންހެލުމުގައި ސަލާމަތްވި އާއިލާތައް ގެއްލުނު ކުދިން ތިބީ ރައްކާތެރިކަމާއި އެކު މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެކުދިންގެ ހުރިހާ ބޭނުންތަކެއް އަންނަނީ ފުއްދައި ދެމުން ކަމަށާއި އެކުދިންނަށް ބޭނުވާ އޯގާތެރިކަން އެކުދިންނަށް ދެވެމުންދާކަމަށެވެ.

ކިރިކްލަރެލީ ޕްރޮވިންސުން 896 މީހަކު "ފޯސްޓަރ ފެމިލީ" ޕްރޮގްރާމްގައި ނަންނޯޓު ކޮށްފައިވެއެވެ. އޭގެ އިތުރުން 152 މީހަކު ވަނީ ކުދިން އެޑޮޕްޓު ކުރަން އެދި ގެން ފޯމު ހުށައަޅައިފައި ކަމަށް ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ބުނެފައިވެއެވެ.

"ފޯސްޓަރ ޕޭރެންޓުންނަށް ވުމަށް މި ފާއިތުވި އަހަރުތަކުގައި އެދި ފޯމް ހުށައަޅައިފައިވަނީ ވަރަށް މަދު ބައެއް، މިފާއިތުވި 20 ދުވަސް ތެރޭގައި 802 މީހުން ވަނީ ފޯމް ހުށައަޅައިފައިވޭ، ބިންހެލުންތަކާއި ގުޅިގެން މައިންބަފައިން ގެއްލުނު ކުދިންނަށްޓަކައި މިނަމްބަރުތައް މިވަނީ މައްޗަށް ޖެހިލައިފައި، އަހަރެމެން ޕްލޭން ކޮށްފިން ފޯސްޓަރ ޕޭރެންޓަކަށް ވާނެ ގޮތް ކިޔައިދޭނެ ސެމިނާއެއް ބާއްވަން، މިކަމުގައި ބައިވެރިވާން ބޭނުންވާ އެންމެއްނަށް ދައުވަތު ދެވޭނެ" މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ޕްރޮވިންޝަނަލް ޑިރެކްޓަރ އޮމަރް ފާރޫޤް އެރްގުން ބުނެފައިވެއެވެ.

ބިންހެލުން ތަކަށް ފަހ އެތައް ކުދިންނެއް ޔަތީމު ވެފައިވާއިރު ގާތްގަނޑަކަށް 19،000 އެއްހާ ކުދިން ވަނީ އާއިލާތަކާއި ހަވާލުކުރެވިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.