ޑރ މުަހައްމަދު ޖަމީލް އަހްމަދު
ހަބަރު
03 Mar 2023 | 09:05
ރައީސްގެ މަކަރުވެރި ދޮގުތަކަށް ސަމާލުވޭ: ޑރ ޖަމީލް

ރައީސް އިބްރާހިމް މުހައްމަދް ޞާލިޙްގެ މަކަރުވެރި ދޮގުތަކަށް ސަމާލުވުމަށް ކުރީގެ ނައިބްރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ގޮވާލައިފި އެވެ.

ޑރ ޖަމީލް މިހެންވިދާޅުވީ އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ.

ކެމްޕޭންތެރޭގައި ވައިގެދަތުރުފަތުރު ގެ އަގުތަކާއި މެދު ރައީސް ޞާލިޙް ދެއްކެވި ވާހަކަކޮޅެއް ހިއްސާކޮށް އާންމުމީހަކު ކޮށްފައިވާ ޓްވީޓެއް ރީޓްވީޓް ކުރައްވަމުން ޑރ ޖަމީލް ވިދާޅުވެފައިވަނީ ދެވަނަ ދައުރެއް ހޯދުމަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަމަށެވެ. އަދި ވޯޓު ހޯދުމަށް ދޮގުހެދުމަށް ވުރެ ބޮޑު ވައްކަމެއް ނޯންނާނެ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

"މިފަދަ ވެރިއެއްގެ ވެރިކަން ނިންމަން މަސައްކަތްކުރުމީއީ އިޖްތިމާޢީ ވާޖިބެއް! ދެވަނަ ދައުރެއް ހޯދަންވެސް ކޮންމެފަދަ ދޮގެއް ހަދާފާނެ. ވޯޓް ހޯދަން މިގޮތަށް ދޮގު ހެދުމަށްވުރެ ބޮޑު ވައްކަމެއް ނޯންނާނެ. ރައީސް ޞާލިހް ގެ މަކަރުވެރި ދޮގުވައުދުތަކަށް ސަމާލުވަމާ!" ޑރ ޖަމީލް ވިދާޅުވެފައިވެއެވެ.

ޖަމީލްގެ މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ ވެރިކަމުގެ ކުރިން ވައިގެދަތުރުތަކުގެ އަގު ދައްކުރުމާއި ބެހޭ ގޮތުން ވާހަކަ ދެއްކެވި ރައީސް ޞާލިޙްގެ ވެރިކަމުގައި މިހަފްތާގެ ތެރޭގައިވެސް މޯލްޑިވިއަން އިން ޓިކެޓްގެ އަގު ބޮޑުކުރުމާއި ގުޅިގެންނެވެ. 

ޑރ ޖަމީލް އަކީ ރައީސް ޞާލިޙްގެ ވެރިކަން ގެނައުމަށް ބޭރުގައި ހުންނަވައިގެން ގިނަ މަސައްކަތް ތަކެއް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް މިހާރު ފެންނަނީ ރައީސް ޞާލިޙާއި ދެކޮޅަށް ވާހަކަދައްކަވާ މަންޒަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.