މިރޭ ކުރިއަށްދާ ސިޓީ ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުން
ހަބަރު
02 Mar 2023 | 21:44
ޕާކިން މައްސަލަ އަށް އޮތް ހައްލަކީ ޖޫރިމަނާ ކުރުމެއް ނޫން: ޑރ. މުޢިއްޒު

މާލެ ސިޓީ އަށް ދިމާވެފައިވާ ޕާކިން މައްސަލައަށް އޮތް ހައްލަކީ ޖޫރިމަނާ ކުރުން ނޫން ކަމަށް މާލެ ސިޓީ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށްދާ މާލެ ސިޓީ ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ މާލެ ކާރުބާރު ބޮޑުވާ އެއް މައްސަލައަކީ ޕާކިން މައްސަލަ ކަމަށެވެ. އަދި ރައްޔިތުންގެ އުޅަނދުތައް ޕާކުކުރާނެ ގޮތެއް ނެތުން ކަމަށެވެ. މިކަމުގެ ސަބަބުން އޮފީސްތަކަށް ހޮސްޕިޓަލް ތަކަށް އަދި ނަމާދަށް ވަގުތައް ދިއުން ފަދަ ކަންކަމަށް ދަތިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި ޕާކުކުރާ ތަންތަނުގެ ތޮއްޖެހުން ބޮޑު ކަމުން ރައްޔިތުންގެ އަގުބޮޑު ވެހިކަލްތަކަށް ގެއްލުން ވާކަން މުއިއްޒު ފާހަގަކުރެއްވިއެވެ. މަރާމާތައް އެތައް ހަރަދެއް ހިނގާކަމަށް މުއިއްޒު ފާހަގަ ކުރެއްވެވިއެވެ. އަދި ޕާމިކަމުގެ ހައްލަކީ ރައްޔިތުން ޖޫރިމަނާކުރުން ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ހައްލަކީ ޕާކު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން" ޑރ މުއިއްޒި ވިދާޅުވިއެވެ. 

އަދި މާލެ ސިޓީ ކައުންސިލުން ވަނީ މިކަމާއި ގުޅިގެން ކުރަން ޖެހޭ ހުރިހާ ދިރާސާ އެއް ކޮށް ނިންމައި 8 ޕާކިންގ ބިލްޑިންގް ބިނާކުރަން ކުރަން ޖެހޭ ހުރިހައި މަސައްކަތެއް ކޮށް ނިންމާފައި ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

"ރައްޔިތުން ނަށް މިހިތް ފަސޭހަކަން ހޯދައި ދިނުމަށް ވެސް އަޅުގަނޑުމެނަށް ބޭނުންވަނީ ހަމަ އެކަނި ސަރުކާރުގެ ހުއްދަ، އެހެން ކަމުން މާލޭގެ ޕާކިން މައްސަލަ ހައްލުކުރަން މާލެ ސިޓީ ކައުންސިލުން އިމާރާތްކުރަން ފަރުމާކޮށްފައިވާ 8 ޕާކިންގ ބިލްޑިންގ އަޅަން ސަރުކާރުން އެއްބާރުލުން ދެއްވަން ސަރުކާރަށް ތަކުރާރުކޮށް ގޮވާލަން" މޭޔަރު ވިދާޅުވިއެވެ.

ގަރާޖު ސިޓީގެ ނިޒާމް އުވާލުމަށް ވެސް މުއިއްޒުގެ ވާހަކަގައި ގޮވާލެއްވިއެވެ. އަދި ޕާކިން މައްސަލައިގައި ޖޫރިމަނާ ކޮށްފައިވާ ރައްޔިތުންގެ ޖޫރިމަނާ މިހާރުން މިހާރަށް މަޢާފުކޮށްދެއްވުމަށް ވެސް މުއިއްޒު ސަރުކާރަށް ގޮވާލިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.