މާލޭ ލޯކަލް މާރުކޭޓު
ހަބަރު
03 Mar 2023 | 08:57
ކުރިއަށް އޮތް ހަތަރުމަހަށް މާރުކޭޓުގެ ކުލި %30 ހެޔޮކޮށްފި

ރޯދަމަހާއި ގުޅުވައިގެން ކުރިއަށް އޮތް ހަތަރު މަހަށް ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ކުލި %30 ޕަސެންޓު ކުޑަކޮށްފައިވާ ކަމަށް މާލޭ ސީޓި މޭޔަރ ޑރ މުހައްމަދް މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވުނު މާލޭ ސިޓީ ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ މުޢިއްޒު ވިދާޅުވީ އެންމެ ފަހުން ބޭއްވުނު އެކައުންސިލްގެ ޖަލްސާގައި، މިމަހުން ފެށިގެން ކުރިއަށް އޮތް ހަތަރު މަހު، ރޯދަމަހާއި ގުޅުވައިގެން އަދި ހަމަ އެހެންމެ ތަކެތީގެ އަގުވެސް ބޮޑު ވަމުންދާތީ މާރުކޭޓުގެ ފީ %30 ޕަސެންޓު ކުޑަ ކޮށްދެއްވުމަށް ނިންމަވާފައި ވާކަމަށެވެ.

ޑރ މުޢިއްޒުގެ ވާހަކަ ފުޅުގައި އިތުރަށް ވިދާޅުވީ މާރުކޭޓު ގޮޅިތަކުގެ މުއްދަތު މި މަހަށް ހަމަވާތީ ކުރިއަށް އޮތް އެއް އަހަރަށް މާރުކޭޓު ގޮޅިތަކުގެ މުއްދަތު އިތުރުކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

ރޭގެ ބައްދަލުވުމުގައި މޭޔަރ ޑރ މުޢިއްޒު ދެއްވި ތަޤްރީރް ގައި ވިދާޅުވީ މިހާރުހުރި ލޯކަލް މާރުކޭޓު ޢީދަށް ފަހު ބަންދުކޮށް އެ ޚިދްމަތް އެހެން ތަނަކަށް ބަދަލު ކުރެވޭނެ ކަމަށެވެ. އަދި މިހާރު ލޯކަލް މާރުކޭޓު ހުރި ބިމުގައި ހަތަރު ބުރީގެ އެންމެ ޒަމާނީ އިމާރާތެއް އެޅޭނެކަމަށެވެ.

"މި ޢިމާރާތުގެ ޖާގަ ތަނަވަސްވާނެ، ޚިދްމަތްތައް ފަސޭހަވެފައި އަވަސްވާނެ، އެ ޢިމާރާތުގައި ތިން މާރުކޭޓެއް ހުންނާނެ، އެއީ އެންމެ ޒަމާނީފެންވަރުގެ މަސްމާރުކޭޓަކާއި، ލޯކަލް މާރުކޭޓަކާއި ދަތުރުވެރިންގެ މާރުކޭޓެއް، އޭރުން ތިޔަ ބޭފުޅުންނަށް ކުޑަ ވަގުތުކޮޅެއްގައި ހުރިހާ ބާވަތެއްގެ ބާޒާރެއް އެއްތާކުން ކޮށްލެވުނީ، ސަރުކާރުން ހުރަސް ނާޅައިފިނަމަ 2023 ވަނަ އަހަރުގެ ޑިސެމްބަރ މަހު މި މާރުކޭޓު ވެސް ނިމޭނެ" މޭޔަރު މުޢިއްޒު ވިދާޅުވިއެވެ.

ރައްޔިތުންގެ ހިޔާލާއި ސުވާލު ހުށައަޅަން ހުޅުވާލި ފުރުސަތުގައި ލޯކަލް މާރުކޭޓުގައި ބިދޭސީ ވިޔަފާރި ކުރާ މައްސަލަޔާއި މެދު ބޭފުޅަކު ދެއްކެވި ވާހަކަ އާއި ގުޅުވައިގެން މުޢިއްޒު ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ ކައުންސިލުން އެކަނި ހައްލު ކުރެވޭ ވަރުގެ މައްސަލައެއް ނޫން ކަމަށެވެ.

އެމައްސަލައަކީ ވަރަށްގިނަ މުއައްސަސާ ތަކުން ޝާމިލްވާ މައްސަލަ އަކަށް ވުމުން އެކަން ކައުންސިލުން އެކަނި އެކަން ހައްލު ނުކުރެވޭނެ ކަމަށާއި ގޮޅިތައް ނަންގަވައިފައި ތިއްބެވި ބޭފުޅުން އެތަންތަނުގައި ވިޔަފާރިކުރުމަށް ބިދޭސީން ނަށް ފުރުސަތު ނުދިނުމަށް މުޢިއްޒު އިލްތިމާސް ކުރެއްވިއެވެ.

ކޮމެންޓް
ހޮރެން.
ދެންވެސް ހަމަ ތިތަން. ބަލަ އެހެން ލޮކޭސަނެއްގަ ތިކަން ކުރަންޖެހެ އެންނު އެބަ. ތިތާ ބުޑުގަ ކޯޓު. ބާޒާރު ލޮރީތަކާހެދި ޓްރެފިކް ޖޭމް. ތަންކޮޅެއް ޒަމާނީކޮށްބަލަ ބޭރުތެެރެވެސް. އެތެރެ ޒަމާނީއަކަސް ނުފުދޭނެ
03 Mar 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.