ދީން
03 Mar 2023 | 12:53
ދުނިޔަވީ ދަހިވެތި ކަމުގައި ނަމާދު އަޅާއިރު، الله އަށް ޖަވާބުދާރީވާންޖެހޭ ކަން ނުދަންނަނީ ހެއްޔެވެ؟ ޚުތުބާ

ބައެއް މީހުން، ދުނިޔެއާއިމެދު ދަހިވެތިވެ، މުދަލާއިގެން މަޝްޣޫލުވުމުގެ ސަބަބުން ނަމާދުކޮށް الله އެންގެވި ކަންކަން ކުރުމަށް ވަގުތު ނުވާކަމަށާ، އެފަދަ މީހުންނަށް އެމީހުން މަރުވާނެ ކަމާއި، اللهގެ ހަޟުރަތުގައި ޖަވާބުދާރީވާންޖެހޭނެ ކަން ހަނދާންނެތުނީތޯ މިއަދުގެ ޚުތުބާގައި ސުވާލުކޮށްފިއެވެ. 

"ހަގީގީ ހަޔާތަކީ އުހުރަވީ ހަޔާތް" މި މައުޟޫއަށް މިއަދު އިއްވާފައިވާ ޚުތުބާގައި ބުނީ، ދުނިޔެއަކީ ނުހަނު ކެހިވެރި ތަނެއް ކަމަށެވެ. އަދި ދުނިޔޭގެ އެދުންތަކާ މެދު ވިސްނުމެއް ނުބަހައްޓައި އުޅެން ފަށައިފިނަމަ އެންމެފަހުން ތިމާ އެ ކެހިވެރިކަމުގައި ޖެހޭނެ ކަންވެސް ވަނީ ހަނދާންކޮށްދީފައެވެ.

މިއާއެކު ޚުތުބާގައި ވަނީ ދުނިޔަވީ އެދުންތަކުގައި އިންސާނާ މަސްއޫލުވުމުގެ ސަބަބުން އުހުރަވީ ހަޔާތް ގެއްލިދާނެ ކަމަށްޓަކައި ކަމަށާއި ހަލާލެއް ހަރާމެއް ބެލުމެއްނެތި، ބައެއް މީހުން ދުނިޔޭގައި ދިރިއުޅެމުންދާއިރު އެމީހުން الله ގެ ހަޟުރަތުގައި ޖަވާބުދާރީވާންޖެހޭނެ ކަން ނުދަންނަނީތޯވެސް ޚުތުބާގައި ވަނީ ސުވާލު ކޮށްފައެވެ. 

"އެބައިމީހުން ދުނިޔެއާ މެދު ދަހިވެތިވެ މުދަލައިގެން މަސްއޫލުވުމުގެ ސަބަބުން ނަމާދު ކުރާކަށް ވަގުތެއް ނުވެއެވެ. މުދާ ހޯދުމުގައި ހަރާމެއް ހަލާލެއް ބެލުމެއް ނެތެވެ. މީހެއްގެ ހައްގަކަށް އަރައިގަތުމަކީ އެއްވެސް ކަމެއް ކަމުގައި އެމީހުން ނުދެކެއެވެ. ތިމާގެ ލާބައާއި މަންފާއަށްޓަކައި އަނެކާއަށް ކިތަންމެ ގެއްލުމެއް ލިބުނަސް އަޅާލުމެއް ނެތެވެ. ދުނިޔަވީ ކަންކަމާހެދި ތިމާގެ މައިންބަފައިންނާއި ގާތްތިމާގެ މީހުންނާއި ގުޅުން ކަނޑާލައެވެ. އެފަދައިން ކަންތައް ކުރާއިރު އެބައިމީހުން މަރުވާނެކަމާއި އެއަށްފަހު الله ގެ ހަޟުރަތުގައި ޖަވާބުދާރީ ވާންޖެހޭނެކަން ހަނދާންނެތުނީބާ.؟" ހުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ، ދުނިޔޭގައި އިންސާނާ ކިތަންމެ މުދަލެއް ހޯދިޔަސް އެއީ، ވަގުތީ އެއްޗެއް ކަމަށެވެ. ނުވަތަ ތިބާ އެތަކެތި ދޫކޮށްފައި ދާންޖެހޭނެ ތަކެތި ކަމަށެވެ.

އަދި އެއަށްފަހު އޮތީ، މާތް الله ގެ ޙަޟްރަތުގައި ޖަވާބުދާރީ ވާންޖެހޭ ދުވަސް ކަމަށާ އެ ދުވަހު އޮތީ ދެގޮތް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

"އެއްގޮތަކީ ތިމާއަކީ މާތް الله އެންގެވި ގޮތަށް އެމުދާ ހޯދައި، އެގޮތުގައި އެމުދާ ހޭދަކޮށްފައިވާ މީހަކު ކަމުގައި ވުމެވެ. އެފަދަ މީހަކަށް ތިބާ ވެއްޖެނަމަ، އުފަލުގެ ކޮޅެއް ނެތެވެ. އަނެއް ގޮތަކީ މުދާ ހޯދުމުގައްޔާއި، ޚަރަދުކުރުމުގައި މާތް الله ގެ އަމުރުފުޅާ ޚީލާފުވެ، އޭގެ ސަބަބުން މާތް الله ހަނދުމަކުރުމުން ތިބާ އެއްކިބާ ވެފައި ވުމެވެ. އެފަދަ މީހަކަށް ހުރި ހިތާމައިގެ ކޮޅެއްނެތެވެ. އެފަދަ މީހަކަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ!" ޚުތުބާގައި ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.