ދީން
03 Mar 2023 | 15:35
ގެފުޅު ތަޅާލާނެ މީހާ

الله سُبْحَانَهُ وَتَعَالَى މި ބިމުގައި ލެއްވި އެންމެ މާތް ބިމަކީ މައްކާގެ ބިމެވެ. މައްކާގެ ޙަރަމްފުޅު ހިމެނޭ ސަރަހައްދު ވަނީ ޙުރުމަތްތެރިވެގެންވާ އަމާންތަނެއްކަމުގައި ލައްވާފައެވެ. އެ ބިމުގައިވާ މަސްޖިދުލްޙަރާމަކީ މި ބިންމަތީގައިވާ އެންމެ މާތް މިސްކިތެވެ. އެ މިސްކިތުގައި ކުރެވޭ ނަމާދަކީ އެހެން މިސްކިތެއްގައި ކުރެވޭ ނަމާދަށްވުރެ އެއްލައްކަ ނަމާދަށްވުރެ އިތުރު ނަމާދެކެވެ. އެ މިސްކިތްކޮޅުގައިވާ ކަޢުބަތުﷲ ގެފުޅަކީ މި ބިންމަތީގައިވާ އެންމެ މާތް ތަނެވެ. މާތް ﷲގެ އެއްކައުވަންތަކަމާއި އިސްލާމްދީނުގެ ހައިބަތު ރަމްޒުކޮށްދޭ އެންމެ މުހިއްމު ރަމްޒެވެ.

ކަޢުބަތުﷲ ގެފުޅާމެދު ރުޅިއަރައި، އެތަނަށް އިހާނެތިގޮތް ހެދުމަށް އެކި ޒަމާންތަކުގައި މަސައްކަތްކޮށްފައިވެއެވެ. އެތަން ހާލަކުކޮށް ފުނޑުފުނޑުކޮށްލުމަށް ނުނިޔަތް ލައިގެން އުޅެއެވެ. މިފަދަ ކޮންމެ ފަހަރަކު މާތް ﷲ ވަނީ އެ ގެފުޅު ޙިމާޔަތްކުރައްވައި، އެ ނުބައިވެގެންވާ ޢަމަލު ހިންގުމަށް އައި މީހުންނަށް ވަރުގަދަ ޢުޤޫބާތް ދެއްވާފައެވެ. ވަރުގަދަ އިންޒާރެއްގެ ގޮތުގައްޔާއި މީސްތަކުންނަށްވާ ޢިބްރަތެއްގެ ގޮތުގައެވެ. މިގޮތުން، ފީލުބާގައިގެ މީހުންގެ ވާހަކަވެއެވެ. އަބްރަހާއާއި އޭނާގެ ލަޝްކަރުގެމީހުން ގެފުޅު ތަޅާލަން އައިހިނދު، އޭރު ގެފުޅު ބަލަހައްޓަމުން އައި މީހުންނަށް އެ ލަޝްކަރު ހިފެހެއްޓުމުގެ ޤާބިލުކަމެއް ލިބިފައެއް ނުވެއެވެ. އެހިނދު، އެ ގެފުޅުގެ ވެރިރަސްކަލާނގެ ދޫނިތަކެއް މެދުވެރިކުރައްވައި، އަބްރަހާ އާއި އޭނާގެ ލަޝްކަރުގެމީހުންގެ މައްޗަށް މަށީގެ ހިލަތަކެއް އޮއްސަވައި، މުޅި ލަޝްކަރު އެއްކޮށް ހަލާކުކުރެއްވިއެވެ. ނުބައި ނިޔަތެއްގައި އެ ގެކޮޅާ ކައިރިވުމާމެދު ދެވިގެންވާ ވަރުގަދަ އިންޒާރެއްގެ ގޮތުގައެވެ.

ފަހުގެ ޒަމާނެއްގައި، މި ޙާދިސާގެ މަތިން ހަނދާން ނައްތާލުމަށްފަހު ގެފުޅު ތަޅާލުމުގެ ގަސްތުގައި ބިޔަ ލަޝްކަރެއް އަންނާނެއެވެ. މި ލަޝްކަރުވެސް އެކަލާނގެ ހަލާކުކުރައްވާ ހުއްޓެވެ. ޢާއިޝާ رَضِيَ اللهُ عَنْهَا ގެ ކިބައިން އައިސްފައިވެއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. ((يَغْزُو جَيْشٌ الكَعْبَةَ، فَإِذَا كَانُوا بِبَيْدَاءَ مِنَ الأرْضِ، يُخْسَفُ بِأَوَّلِهِمْ وَآخِرِهِمْ(( (البخاري ومسلم) މާނައީ: "ގެފުޅާ ދެކޮޅަށް ލަޝްކަރެއް ހަނގުރާމައަށް އަންނާނެތެވެ. ފަހެ، މިބައިމީހުން (މައްކާއާއި މަދީނާއާ ދެމެދުގައިވާ ތަނަވަސް ބިމެއްކަމުގައިވާ) ބައިދާއޭ ކިޔުނު ބިމުގައި ވަނިކޮށް، އެބައިމީހުންގެ ފުރަތަމަ މީހާއިން ފެށިގެން ފަހުމީހާއާ ޖެހެންދެން (އެބަހީ؛ އެބައިމީހުން އެއްކޮށް) ބިމަށް ގަންބަވައި ގަންނަވާނެއެވެ." މި ފަހަރުވެސް ގެފުޅުގެ ވެރިރަސްކަލާނގެ އެ ގެފުޅު ސަލާމަތްކުރައްވާ ހުއްޓެވެ.

ﷲ سُبْحَانَهُ وَتَعَالَى މިންވަރު ކުރައްވާ ދުވަހަކާ ޖެހެންދެން އެ ގެކޮޅު އެކަލާނގެ ރައްކާތެރިކުރައްވާނެއެވެ. މި ދުނިޔޭގައިވާ ކޮންމެ އެއްޗަކަށްވެސް ވަކި އަޖަލެއްވެއެވެ. ކިތަންމެ ހެޔޮމީހެއްކަމުގައިވީނަމަވެސް މަރުވެ ފަނާވެދާނެތެވެ. ކިތަންމެ މާތް ބިންކޮޅެއްނަމަވެސް އެބިމެއް ހަލާކުވެދާނެތެވެ. ކިތަންމެ މާތް ތަނެއްކަމުގައިވީނަމަވެސް އެތަނެއް ފުނޑުފުނޑުވާނެތެވެ. މިގޮތުން ކަޢުބަތުﷲ ގެފުޅުވެސް ހަލާކުވެ ނެތިދާނެދުވަސް އަންނާނެތެވެ.

މި ދުނިޔެ ފަނާވެ ދިޔުމަށް ކައިރިވެފައި ވަނިކޮށް ޙަބުޝްކަރައިން މީހަކު އަންނާނެއެވެ. ޙަބުޝްކަރައަކީ މިހާރުގެ އިތިއޯޕިއާ އާއި ސޫދާން ހިމެނޭ ހިސާބެވެ. އެއީ "ذُو السُّوَيْقَتَيْنِ" އޭ ކިޔުނު މީހެކެވެ. މިއީ އެމީހާގެ ނަމެއް ނޫނެވެ. އެހެންނަމަވެސް، މިގޮތަށް ކިއިފައިވަނީ އެމީހާގެ ފައިގެ ނިކަމެތިކަމާއި ހިމަކަމާއި ކުޑަކަމާހުރެއެވެ. މިއީ އެމީހާގެ ކިބައިގައި ހުންނާނެ ޞިފައެކެވެ. ޞަޙީޙުލް ބުޚާރީގައި އަބޫ ހުރައިރާ رَضِيَ اللهُ عَنْهُ ގެ ކިބައިން އައިސްފައިވެއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. ((يُخَرِّبُ الكَعْبَةَ ذُوْ السُّوَيْقَتَيْنِ منَ الحبَشَةِ( (البخاري) މާނައީ: "ޙަބުޝްކަރައިގެ "ذُو السُّوَيْقَتَيْنِ" ކަޢުބާ ހަލާކުކޮށްލާނެއެވެ." އިބްނު ޢައްބާސް رَضِيَ اللهُ عَنْهُمَا ގެ ކިބައިން އައިސްފައިވާ ރިވާޔަތުގައިވާ ގޮތުން؛ އެމީހާއަކީ ކަޅު މީހެކެވެ. އަދި އެމީހާގެ ފައިގައިވާ ޢައިބުގެ ސަބަބުން އާދަޔާޚިލާފަށް ދެ ފަލަމަސްގަނޑު ދެމެދު ދުރުވެގެންވާނެއެވެ. އަދި ހިލަގަނޑަކުން ހިލަގަނޑަކުން އޭނާ ގެފުޅު ހަލާކުކޮށްލާނެއެވެ. މިކަމުން ދޭހަކޮށްދެނީ މުޅި ގެފުޅު އެކީގައި ހަލާކުކޮށްލާނެކަމެވެ. އަދި ޢަބްދުﷲ ބުން ޢަމްރު رَضِيَ اللهُ عَنْهُمَا ގެ ކިބައިން އައިސްފައިވާ ރިވާޔަތުގައިވެއެވެ. އޭނާ އެ ގެފުޅު ޒީނަތްތެރިކުރުމަށް ހުރި ތަކެތިތައް ފޭރިގަންނާނެއެވެ. އަދި ގެފުޅުގެ އުރަކޮޅު ބާލާނެއެވެ. އަދި އިމާމް އަޙްމަދު، އަބޫ ހުރައިރާ رَضِيَ اللهُ عَنْهُ ގެ ކިބައިން ގެންނަވާފައިވާ ޙަދީޘްގައިވާ ގޮތުން؛ މި ހަލާކުކޮށްލުމަށްފަހު ދެން ދުވަހަކުވެސް އެ ގެފުޅު މަރާމާތެއް ނުކުރެވޭނެއެވެ. އަދި އޭނާ ކަޢުބާގައިވާ ކަންޒު ނެރެލާނެއެވެ. މާތް ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّم މިހާ ތަފްޞީލުކޮށް މި ވާހަކަ ބަޔާންކޮށްދެއްވާފައި ވުމަކީ އެކަލޭގެފާނުގެ ނަބީކަމުގެ ތެދުކަން ހާމަކޮށްދޭ ކަމެކެވެ. އެކަލޭގެފާނަށްފަހު އެތައް ޒަމާންތަކެއްގެ ފަހުން ހިނގާނެކަމެއްގެ ޚަބަރު މިވަނީ ދެއްވާފައެވެ.

މި ޙާދިސާ ހިނގާނީ އެ ގެކޮޅު މި ބިންމަތީގައި ބިނާކުރެވުނު މަޤްޞަދު ނެތިދާ ޒަމާނުގައެވެ. ޢީސާ عَلَيهِ السَّلَام އަށްފަހު މީސްތަކުން ނުބައިވެގެންގޮސް ﷲގެ އިސްމުފުޅުވެސް ކިޔާލާނެ މީހަކު ނެތް ޒަމާނެއްގައެވެ. ހިތުގައި އީމާންކަމުގެ ޒައްރެއްގެ މިންވަރު ހުރި މީހަކުވެސް އެއިރަކު ދުނިޔޭގައި ނުހުންނާނެއެވެ. އެ ގެކޮޅު ހަލާކުވެގެންދިޔުމަކީ ޤިޔާމަތް ޤާއިމުވުމުގެ ބޮޑެތި ޢަލާމާތްތަކުގެ ތެރޭގައި ހިމެނޭ އެންމެ ފަހުގެ ޢަލާމާތްތަކުންކުރެ ޢަލާމާތެކެވެ. އެ ގެކޮޅު ހަލާކުކޮށްލާތާ މާގިނަދުވަސްތަކެއް ނުވަނީސް ހުޅަނގު ފަރާތުން އިރުއަރާނެއެވެ. އެއަށްފަހު، ޤިޔާމަތްވުމުގެ ކަންކަން މި ކާއިނާތަށް ކުރިމަތިވާން ފަށާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.