މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ މަސައްކަތްތެރިންގެ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވާހަކަފުޅު ދައްކަވަނީ
ހަބަރު
04 Mar 2023 | 17:09
މަސައްކަތްތެރިންގެ ހާލަތު ރަނގަޅުކުރުމަށް ކުރެވުނު އެންމެ މުހިންމު ކަމަކީ މިނިމަމް ވޭޖް ތަޢާރަފްކުރުން: ރައީސް ޞާލިޙް

މަސައްކަތްތެރިންނާއި، މަސައްކަތްތެރިންގެ އާއިލާތަކުގެ ހާލަތު ރަނގަޅު ކޮށް، އާމްދަނީ އިތުރުކޮށްދިނުމަށް މިސަރުކާރުން ކުރެވުނު އެންމެ މުހިންމު ކަމަކީ މިނިމަމް ވޭޖް ތަޢާރަފްކުރުން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ މަސައްކަތްތެރިންގެ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިނިމަމްވޭޖަކީ ޤާނޫނުގައި ހިމެނިފައި އޮތަސް އެކަން ތަންފީޒު ކުރުމަށް ކުރީގެ ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ދީފައި އޮތް ކަމެއް ނޫންކަމަށެވެ.  އެ ޤާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި އެކަން ކުރަން ނެތީމަ، ބަލަހައްޓައިގެން ތިބެންވީ ކަމެއްގެ ގޮތުގައި ބެލިފައި އޮތީ ކަމަށްވެދާނެ ކަމަށެވެ.

"އަޅުގަނޑު މި މަޤާމާ ޙަވާލުވެ، އެންމެ ފުރަތަމަ ޙާޞިލް ކުރަން ކަނޑައެޅި ކަންކަމުގެ ތެރޭގައި، މިނިމަމްވޭޖް ތަންފީޒު ކުރުން ހިމެނޭނެ، ނަމަވެސް، މިނިމަމްވޭޖް ތަންފީޒު ކުރުމުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް އަޅުގަނޑުމެންނަށް ކުރިމަތިވި، އެންމެ ބޮޑު ގޮންޖެހުމަކަށްވީ، ކޯވިޑުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވި ބޮޑު ހުރަސްތައް، ވަޒީފާގެ ބާޒާރަށް މިފަދަ ބޮޑު ބަދަލެއް ގެނައުމުގައި، ވަރަށް ގިނަ ކަންކަމާމެދު ވިސްނައި މަޝްވަރާކުރަން ޖެހުނު، އެ ހުރިހާ ކަމަކަށް ވިސްނުމަށްފަހު، މިނިމަމްވޭޖް ތަންފީޒު ކުރަން ފެށީ، ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންގެ ލަފަޔާއި މަޝްވަރާއަށް ރިޢާއަތް ކުރުމަށްފަހު، މޭޒުގެ ދެފަރާތުގައި ތިއްބެވި މަސައްކަތްތެރިންނާއި، ވަޒީފާ ދޭ ފަރާތާއި އަދި ސަރުކާރުވެސް އޭގައި ހިމެނޭގޮތަށް ގިނަ މަޝްވަރާތަކެއް ކުރުމަށްފަހުގައި" 

ރައީސް ވިދާޅުވިއެވެ.

މިނިމަމްވޭޖްގެ ސަބަބުން ހުރިހާ ދާއިރާއެއްގެ މަސައްކަތްތެރިންނަށް މިއަދު އަންނަނީ އޭގެ މަންފާ ލިބެމުން ކަމަށް ރައީސް ވިދާޅުވިއެވެ. ޚާއްޞަކޮށް، މިނިމަމްވޭޖަށް ގެނައި ބަދަލުގެ ސަބަބުން ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ 13000 އަށްވުރެ ގިނަ މުވައްޒަފުންނަށް އޭގެ ފައިދާ ލިބޭނެ ކަމަށާއި، ނުވަތަ ރަނގަޅު ގޮތްތަކެއް މިހާރު ލިބޭ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ސަރުކާރުގައި ވަޒީފާ އަދާކުރާ 15000 އަށްވުރެ ގިނަ މުވައްޒަފުންގެ އާމްދަނީއަށް ހެޔޮ ބަދަލެއް މިހާރުވަނީ ގެނެވިފައި ކަން ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ 5،700 ރުފިޔާއަކީ ކުދި ވިޔާފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މުވައްޒަފަކު މަސައްކަތް ކުރުމުން މަހެއްގެމައްޗަށް ދޭންޖެހޭނެ މިންވަރެވެ. މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ފާސްކޮށްފައިވާ ގޮތުން މެދު ފަންތީގެ ވިޔަފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރުމުން މަހެއްގެ މައްޗަށް މުވައްޒަފުންނަށް 7،000 ރުފިޔާ މުސާރައިގެ ގޮތުގައި ދޭންޖެހެއެވެ.

މަސައްކަތްތެރިންގެ ޙައްޤުގައި ކުރެވުނު މުހިންމު އަނެއް ކަމަކީ، ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ މީހުންނަށް ސަރވިސް ޗާޖްގެ ފައިދާ ހަމަހަމައަށް ލިބިދިނުމަށް ޤާނޫނަށް ގެނައި ބަދަލުތައްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅިވީ  އެ ބަދަލުތަކާއެކު، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުން 10 ޕަސެންޓްގެ ސަރވިސް ޗާޖް ނެގުން ޤާނޫނުން މިހާރު ވާނީ ލާޒިމްކޮށްފައި ކަމަށެވެ. އަދި ސަރވިސް ޗާޖުގެ ގޮތުގައި ލިބޭ އެއްޗެއްގެ 99 އިންސައްތަ، އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަމަހަމަގޮތެއްގައި ދިނުމަށްވެސް އެ ޤާނޫނު ލާޒިމްކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.

2021 ވަނަ އަހަރުގެ ޖަނަވަރީ 1 ފެށިގެން  ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން 10 ޕަސެންޓަށް ވުރެ މަދު ނޫން އަދަދަކުން ސާވިސް ޗާޖު ނެގުން ވަނީ ލާޒިމް ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.