އަލީ ރަމީޒު އަދި ހޯމް މިނިސްޓަރު އިމްރާނު/ ފޮޓޯ: ވޮއިސް
ހަބަރު
04 Mar 2023 | 16:07
"ތިންފަށްވެ ފައްކަނޑައިދޭނެ ޕާޓީއެއް ނުވީމަ ޖެހޭނީ އެއްގޮތެއްގައި ހުންނަން"

ނާކާމިޔާބު ވުމަކީ ގޮތް ބަދަލުކުރަން ޖެހޭ ކަމެއް ނޫންކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲ ކުރެއްވި ޓްވީޓާއި ގުޅިގެން ދީނީ ކަންތައްތަކަށް މީހުން ހޭލުންތެރިކުރަމުން އަންނަ ޢަލީ ރަމީޒު ހޫނު ރައްދެއް ދެއްވައިފި އެވެ. 

ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުމަކީ އެމީހާ ހުރި ގޮތެއްގެ މަތީގައި ދެމި ނުހުރެވެންވީ ސަބަބެއް ނޫން ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވަނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފަ އެވެ. 

"ސިޔާސީ މަސައްކަތުގައި އިޚްލާސްތެރި ހިތަކައިގެން އެއްގޮތެއްގައި ދިގު މުއްދަތަކަށް މެދިހުރެގެން މެނުވީ ހެޔޮ ނަތީޖާއެއް ނުނެރެވޭނެކަން ވަރަށް ސާފުކޮށް މި ދަނީ ފެންނަމުން. ނާކާމިޔާބުވުމަކީ އިރުކޮޅު ކޮޅާ ގޮތް ބަދަލުކުރަން ޖެހޭ ކަމެއްވެސް ނޫން"

އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲ

އިމްރާނު އެހެން ވިދާޅުވުމާއި ގުޅިގެން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުން ނެވެ. 

އެގޮތުން އިމްރާނު ރިޔާސީ އިންތިޚާބުތަކާއި ދިމާކޮށް އެކިފަހަރު އެކިކޮޅަށް ހުންނެވިކަން، ސޯޝަލް މީޑިއާގައި އޭނާއަށް ފާޑުކިޔަމުންދާ ފަރާތްތައް ގެންދަނީ ހަނދާންކޮށްދެމުން ނެވެ. 

އިމްރާނުގެ އެ ވާހަކަތަކަށް ރައްދުދެއްވަމުން އަލީ ރަމީޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްގޮތެއްގައި ހުންނަވާ ވާހަކަ މިއަދު އިމްރާނު ދައްވަނީ އިތުރު ގޮތެއް ނެތުމުން ކަމަށެވެ. 

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު އަދާލަތުން ކޯލިޝަން ހަދާފައިވާއިރު، އަންނަ އިންތިޚާބުގައިވެސް އެމްޑީޕީއާއި ބައިޔަތު ހިފާ ރައީސް ޞާލިހަށް ތާއީދުކުރައްވަން ނިންމާފައިވާކަން އަދާލަތުން ވަނީ އިއުލާނުކޮށްފަ އެވެ. 

އެފަހުން އެއްގޮތެއްގައި ހުންނަވާ ވާހަކަ އިމްރާނު ދެއްކެވުމާއި ގުޅިގެން އަލީ ރަމީޒު ވިދާޅުވީ (އަދާލަތަކީ) ސިޔާސީ ގޮތުން ތިންފަށް ވެފައިވާ ޕާޓީއެއް ކަމަށެވެ. އަދި ތިންފަށްވެ ފައްކަނޑާނެ އިތުރު ޕާޓީއެއް ނެތުމުން ގޮތުގައި ހުރުން ނޫން "ޗޮއިސް" އެއް (އަދާލަތަށް) ނެތްކަމަށް އަލީ ރަމީޒު ވިދާޅުވި އެވެ. 

"ސިޔާސީ ގޮތުން ތިންފަށްވެ ފަށްކަނޑާނެ ޕާޓީއެއްވެސް ނެތުނީމަ ދެން ޖެހޭނީ އެއްގޮތެއްގައި ހުންނަން. ނޯ ޗޮއިސް"

އަލީ ރަމީޒު 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަދާލަތުން އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމުމުން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެގެން ގޮސްފަ އެވެ. 

އެގޮތުން އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫންކަމަށް އިލްމުވެރިންގެ ޖަމުއިއްޔާގެ އަގުލަބިއްޔަތު އިލްމުވެރިން އިއްތިފާގުވެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ