ބިންހުލުން ތަކުގައި ހަލާކުވި ތުރްކިޔޭގެ ސަރަހައްދެއް
ދުނިޔެ
04 Mar 2023 | 15:16
ތުރްކިޔޭގެ ދެކުނަށް ބާރުގަދަ އާފްޓަރޝޮކް އަދިވެސް އައުމަކީ އެކަށީގެންވާ ކަމެއް: އޮފިޝަލުން

ތުރްކިޔޭގެ ދެކުނަށް ބާރުގަދަ އާފްޓަރޝޮކް ތަކެއް އަދިވެސް އައުމަކީ އެކަށީގެންވާ ކަމެއްކަމަށް ކަމާއިބެހޭ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

6 ފެބްރުއަރީ ގައި ތުރްކިޔޭ އާއި ސީރިޔާއަށް އައި ބިންހެލުން ތަކުގެ ފަހުން 11،500 އެއްހާ އާފްޓަރޝޮކް އައިސްފައިވާ ކަމަށް ރިކޯޑް ކުރެވިފައިވާ ކަމަށް ތުރްކިޔޭގެ ޑިޒާސްޓާސް އެންޑް އެމަޖެންސީ މެނޭޖްމެންޓުގެ އޮފިޝަލް އޮރްހަން ތަތަރް ވިދާޅުވެފައިވެއެވެ.

ތުރްކިޔޭ އިން ހާމަކޮށްފައިވާ އަދާހަމަ ތަކުގައި ވާގޮތުން ތުރްކިޔޭގެ ކަހްރަމަންމަރާސް، ގަޒިއަންޓެޕް، ސަނިލުރްފާ، ދިޔަރްބަކިރް، އަދާނާ، އަދިޔަމަން، އޮސްމައިން، ހަޓާޔާ، ކިލިސް، މަލަތްޔާ އަދި އެލައިޒިގް އިން 45،089 މީހުން ވަނީ ނިޔާވެފައެވެ. ފެބްރުއަރީ 6 ގައި އައި ދެ ބިންހެލުމަކީ މި ޤަރުނުގައި އައި އެންމެ ބޮޑު ކާރިސާ ކަމަށް ބުނެވެއެވެ.

ބިންހެލުންތަކުގެ އަސަރު ކުރި ޕްރޮވިންސްތަކުން ސަލާމަތްވި 1،971،589 މީހަކު ވަނީ ރައްކާތެރި ކަން ހޯދައިދިނުމުގެ ގޮތުން އެހެން ޕްރޮވިންސްތަކަށް ބަދަލުކޮށްފައެވެ.

ތުރްކިޔޭގެ ދެކުނަށް ބިންހެލުންތަކާއި އާފްޓަރޝޮކް ތައް ދަނީ އަންނަމުންވެ. އެގޮތުން އެންމެ ފަހުން ހުކުރުދުވަހު ކަހްރަމަންމަރާސް އަށް ވަނީ 5.0 މެގްނެޓިޔުޓް ގެ ބާރުމިނުގެ އާފްޓަރޝޮކެއް އައިސްފައެވެ.

ފެބްރުއަރީ 6 ވަނަ ދުވަހު އައި ބިންހެލުންތަކުގެ ސަބަބުން ތުރްކިޔޭގެ 11 ޕްރޮވިންސަކަށް ގެއްލުންވެ މީހުން ދިރިއުޅުނު އިމާރާތްތައް ވެއްޓި އެތައްބަޔެއްގެ ބޯހިޔާވަހިކަން ވަނީ ގެއްލިފައެވެ. އެތައް ބަޔަކު ވަގުތީ ހިޔާވަހިތަކުގައި އަންނަނީ ދިރިއުޅެމުންނެވެ. ތުރްކިޔޭގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވިދާޅުވެފައިވަނީ އަހަރެއްހާ ދުވަސް ތެރޭގައި އިމާރާތްތައް އަލުން ބިނާކުރާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.