ޓްރޭޑް ޔޫނިއަންގެ މަސައްކަތްތެރިންގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޞާލިހް ވާހަކަފުޅު ދައްކަވަނީ
ހަބަރު
04 Mar 2023 | 20:14
ވަޒީފާގެ އަޚްލާޤް މިހާރަށްވުރެ ރަނގަޅު ކުރަންޖެހޭ: ރައީސް ޞާލިޙް

މުވައްޒަފުންގެ ވަޒީފާގެ އަޚްލާޤް މިހާރަށްވުރެ ރަނގަޅު ކުރަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަންގް މަސައްކަތްތެރިންގެ ކޮންގްރެސް ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ވަރަށް ރަނގަޅަށް މަސައްކަތްކުރާ، ވަރަށް  ބުރަކޮށް  ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރާ މީހުން އެބައުޅޭ ކަމަށާއި، އެހެން ނަމަވެސް ބައެއް ފަރާތްތަކުގެ ވަޒީފާގެ އަޚްލާޤް، ވަރކް ޑިސިޕްލިން، އެތިކްސް މިހާރަށް ވުރެ ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމުގެ ޒިންމާ އަމިއްލައަށް ނަގައިގެން އެކަންކަންކަމަށް ހައްލު ހޯދުމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ރޭގެ ޖަލްސާގައި ދެއްކެވި ވާހަކަ ފުޅުގައި ވިދާޅުވީ ސަރުކާރުން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެމުން އަންނައިރު، ވަޒީފާ ހޯދައިދިނުމަށްވެސް މުހިންމު މަސައްކަތްތަކެއް މިހާރު އެބަ ކުރެވޭ ކަމަށެވެ. އަދި މިދިޔަ އާދީއްތަ ދުވަހު އުފެއްދި ނޭޝަނަލް ޖޮބް ސެންޓަރ އަކީ މިކަމުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، އެ މަރުކަޒުގެ އެއް ބޭނުމަކީ، ވަޒީފާ ހޯދަން ބޭނުންވާ މީހުންނާއި ވަޒީފާ ދޭ މީހުން ގުޅުވައިދިނުން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އޭގެ އިތުރުން، ހުޅުމާލެއާއި ރ. ދުވާފަރުގައި ހުރި ޖޮބް ސެންޓަރުން މިހާރު އެ ޚިދުމަތް ލިބެމުންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި 13 ރަށެއްގެ ރަށު ކައުންސިލްތަކުގައި ހުރި ޖޮބް ސެންޓަރު ޑެސްކުތަކުން ވެސް މިހާރު އެ ޚިދުމަތް ލިބޭނެ ކަމަށާއި، ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައިވެސް ޒަމާނީ ޖޮބް ސެންޓަރުތައް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން  އަންނަނީ ކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

"މަސައްކަތު މާޙައުލާއި ދިރިއުޅޭ މާޙައުލުގައި ޤާނޫނީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ސަރުކާރުން ބޮޑު އަހަންމިއްޔަތެއް ދޭ ކަމެއް، މަސައްކަތުގެ މާޙައުލުގައިވެސް އަދި މުވައްޒަފުން ދިރިއުޅޭ ތަންތަނުގައިވެސް، މިދިޔަ އަހަރުތަކުގައި ހިތާމަވެރި ހާދިސާތަކެއް ވަނީ ހިނގާފައި، މި ކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، މުވައްޒަފުން ދިރިއުޅެން ހަމަޖައްސާ ތަންތަނުގެ ޢާންމު މިންގަނޑުގެ ޤަވާޢިދެއް ކަނޑައަޅައި މިހާރު އަންނަނީ ތަންފީޒު ކުރެވެމުން" ރައީސް ވިދާޅުވިއެވެ.

މި މަސައްކަތަށް އިތުރު ޤާނޫނީ ބާރު ދިނުމުގެ ގޮތުން، އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ބިލް، މިހާރު ވާނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ކަމަށް ރައީސް ވިދާޅުވިއެވެ. މި ބިލުގެ ސަބަބުން، މުވައްޒަފުންގެ އިޖުތިމާޢީ އަދި ޞިއްޙީ ރައްކާތެރިކަން އިތުރަށް ކަށަވަރުވެ، ވަޒީފާ ދޭ އަދި ވަޒީފާ އަދާކުރާ މީހުންގެ ޒިންމާ ކަނޑައެޅިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 އަދި މަސައްކަތްތެރިންގެ ޞިއްޙީ ދުޅަހެޔޮކަމާއި ސަލާމަތާ ގުޅޭގޮތުން ނިންމާ ނިންމުންތަކާއި، ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ބަސްބުނުމުގެ ޙައްޤު މަސައްކަތްތެރިންނަށް ލިބިގެންދާނެ ކަމަށާއި މި ބިލުން ނުކުންނާނެ އަނެއް ނަތީޖާއަކީ، ގެއްލުމުގެ ބަދަލު ލިބިދިނުމުގެ ޙައްޤު ބަޔާންކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބިލުގެ ސަބަބުން މަސައްކަތުގެ މާޙައުލުގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭގޮތުން ސިޔާސަތުތައް ކަނޑައެޅުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މި ބިލް ދިރާސާ ކުރައްވައި، ވަރަށް އަވަހަށް މަޖިލީހުން މި ބިލް ނިންމަވައި ދެއްވުމަކީ އެމަނިކުފާނުގެ ވަރަށްބޮޑު އެދުމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.