2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކަޢުބާ އާއި ދިމާއިން ހަނދު ފެނުނުރޭގެ މަންޒަރެއް
ހަބަރު
04 Mar 2023 | 23:06
މިރޭގެ ހަނދު ސީދާ ކަޢުބާ އާއި ދިމާއިން ފެންނާނެ

މިރޭގެ ހަނދު ސީދާ ކަޢުބާ އާއި ދިމާއިން މަތިން ފެންނާނެ ކަމަށް ސަޢުދީޢަރަބިއްޔާގެ ފަލަކީ ޢިލްމުވެރިންގެ ސޮސައިޓީގެ ހެޑް މާޖިދް އަބޫ ޒަހްރާ ވިދާޅުވެއްޖެއެވެ.

މިއީ މިއަހަރު މިކަން ހިނގާނެ ފުރަތަމަ ފަހަރު ކަމަށްވެސް މާޖިދް ވަނީ ވިދާޅުވެފައެވެ.
މައްކާ ގަޑިން 10:43 ގައި މިކަން ހިނގާނެ ކަމަށް ލަފާ ކޮށްފައިވާއިރު ރާއްޖޭ ގަޑިން އޭރު ވާނީ 12:43 ކެވެ.
ކަޢުބާ އާއި ދިމާއިން 89.5 ޑިގްރީ މަތިން ހަނދު ފެންނައިރު ހަނދުގެ %93 ފެންނަން ހުންނާނެއެވެ. ހަނދުގެ އަލިކަން ވަރަށް ބޮޑަށް ފެންނާކަމަށް މާޖިދް އަބޫ ޒަހްރާ ވިދާޅުވިއެވެ. އޭރު ހަނދު ހުންނާނީ ކައުބަތުﷲ ގެފުޅާއި ދިމާލަށް ސީދާ މަތީގައި ހަނދު ހުންނާނީ ގެފުޅުން ފެށިގެން 405,368 ކިލޯމީޓަރު އުހުގައެވެ.

ކަޢުބާއާއި ދިމާއިން ސީދާވެފައި ހުންނަ ވަގުތު ދުނިޔޭގެ އެކި ހިސާބުތަކަށް ޤިބްލަ ހުންނަ ދިމާ ސާފުވާނެއެވެ. 2021 ވަނަ އަހަރު މިކަން ހިނގާފައިވަނީ ޖަނަވަރީ މަހުގެ 29 ގައެވެ. 2022 ވަނަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައިވެސް މިކަން ވަނީ ހިނގާފައެވެ.

ރާއްޖެއަށް މިރޭ ހަނދު އޮއްސޭނީ 3:55 ގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.