އެމްއޭސީއެލްގެ މުވައްޒަފުން މަސައްކަތުގައި ހަރަކާތް ތެރިވަނީ
ހަބަރު
05 Mar 2023 | 16:45
އެމްއޭސީއެލް އިން "ބިނާރު" ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި

ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އިން އެ ކުންފުނީގެ މުވައްޒަފުންގެ ސަލާމަތާއި ދުޅަހެޔޮ ސިއްޙަތާއި ރައްކާތެރިކަމާއި ގުޅިގެން ހިންގާ "ބިނާރު" ޕްރޮގްރާމް ފަށައިފިއެވެ. 

ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓުގައި މިކަމަށް ޚާއްސަ ކޮށްގެން ބޭއްވުނު ރަސްމިއްޔާތުގައި މި ޕްރޮގްރާމް ފައްޓަވައި ދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއެވެ.

މި ޕްރޮގްރާމަކީ އެމްއޭސީއެލްގެ ސޭފްޓީ، ސެކިޔުރިޓީ އަދި ކޮމްޕްލަޔަންސް ޑިޕާޓްމަންޓުގެ އިސްނެގުމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ފެށުނު "ބިނާރު" ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ހަރަކާތް ތަކުގެ ތެރޭގައި އެކުންފުނީގެ މުވައްޒަފުންގެ ހެލްތް ސްކްރީން ކުރުން، ސަލާމަތާއި ސިއްޙަތާއި އަދި ރައްކާތެރިކަމާއި ގުޅޭ ހޭލުންތެރިކުރުމުގެ  ޕްރޮގްރާމްތައް، ސްކޫލް ކުދިންނަށް ދޭ އެއަރޕޯޓް ބަސް ޓުއަރ، ބިނާރު އޮންލައިން ކުއިޒް އަދި އަތިރިމަތި ސާފުކުރުން ހިމެނެއެވެ.

އެމްއޭސީއެލް އިން ބުނެފައިވަނީ މި ޕްރޮގްރާމް ހިންގުމުގެ މަޤްސަދަކީ އެއާޕޯޓުގެ ހުރިހާ ދާއިރާއެއް ހިމެނޭހެން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ސަގާފަތެއް ބިނާކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި އެކު އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ އާއި ސެކިއުރިޓީގެ މައްސަލަތައް ފަސޭހައިން ރިޕޯޓްކުރެވޭނެ ގޮތް ހަމަޖެއްސުމުގެ އިތުރުން އެ މައްސަލަތަކަށް އަވަހަށް، ފަސޭހައިން އެޑްރެސްކުރެވޭނެ ގޮތްތައް ތައާރަފުކުރުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ