ޕާކިސްޠާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން އަހްމަދް ޚާން ނިޔާޒީ
ހަބަރު
05 Mar 2023 | 18:18
ޕާކިސްޠާނު ފުލުހުން ކުރީގެ ބޮޑުވަޒީރު ޢިމްރާން ހައްޔަރުކުރުމަށް މަސައްކަތްކޮށްފި

ޕާކިސްޠާނުގެ ފުލުހުން އެޤައުމުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން ހައްޔަރުކުރުމަށް މަސައްކަތްކޮށްފިއެވެ.

ޕާކިސްޠާން ފުލުހުންގެ އޮފިސަރުންތަކެއް ޢިމްރާން ޚާން ހައްޔަރު ކުރުމަށް އޭނާ ދިރިއުޅޭ ގެއަށް ވަނީ ގޮސްފައެވެ. އޭނާ ހައްޔަރު ކުރާ ސަބަބެއް ކަމަށް ބުނެފައިވަނީ އޭނާއަށް ތުހުމަތުކުރެވޭ ނާޖާއިޒް ފައިދާގެ ގޮތުގައި ހަދިޔާ ތަކެއް ހާސިލްކުރި ކުރުމެވެ.

ފުލުހުން ޢިމްރާން ޚާން ހައްޔަރު ކުރުމަށް އޭނޭގެ ގެއަށް ދިޔަނަމަވެސް އޭނާ ހައްޔަރު ކުރެވިފައެއް ނުވެއެވެ. ޕާކިސްޠާނު ފުލުހުން ބުނެފައިވަނީ ޢިމްރާން ހައްޔަރު ނުކުރެވުނީ އޭނާ ގޭގައި ނޫޅޭތީ ކަމަށެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފަނެތީ އެކަމުން ސަލާމަތްވުމަށް އޭނޭ މަސައްކަތް ކުރަމުންދާކަމަށް ވެސް ބުނެފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިސްލާމްއާބާދުގެ ކޯޓުގައި ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ވަނީ ބެއިލް ނުކުރެވޭނެ ގޮތަށް ޢިމްރާން ޚާން ހައްޔަރުކުރުމަށް ހުކުމްކަނޑައަޅައިފައެވެ. އެއީ ޢިމްރާން އަށް ތުހުމަތުކުރެވޭ ބޭރުގެ ފަރާތްތަކުން ނަޖާއިޒް ގޮތުގައި ހަދިޔާ ހޯދައި އުސޫލުން ބޭރުން ވިޔަފާރިތަކެއް ކޮށްފައިވާ ކަމުގެ މައްސަލައިގެ އަޑު އެހުންތަކަށް ޢިމްރާން ހާޒިރުނުވުމުގެ ސަބަބުންނެވެ.

2022 ވަނަ އަހަރުގެ އޭޕްރީލް މަސް ތެރޭގައި ޢިމްރާން ޚާން ބޮޑުވަޒީރު ކަމުން ވަކިކޮށް ފައިވަނީ މި ތުހުމަތުތަކާއި އެކުއެވެ.

ޕާކިސްޠާންގެ ވެރިކަން ކުރާ އިސްލާމްއާބާދުން ޢިމްރާން ޚާން ހައްޔަރުކުރުމަށް ލާހޯރުގައި ހުންނަ އޭނާގެ ގެއަށް އައި ފުލުސް އޮފިސަރުން އައި ވަގުތު ޢިމްރާން ޚާން ލީޑް ކުރައްވާ ތަހްރީކޭ އެ އިންސާފް ޕާޓީގެ އެތައް ސަތޭކަ ބަޔަކު އެގޭދޮށަށް އެއްވެ ޢިމްރާން ހައްޔަރުކުރުމާއި ދެކޮޅަށް އަޑު އުފުލައިފައިވެއެވެ.

އިސްލާމްއާބާދް ޕޮލިސް އިންސްޕެކްޓަރ ޖެނެރަލް އަކްބަރް ނާސިރް ޚާން ބުނެފައިވަނީ އިސްލާމްއާބާދް ޕޮލިހުން ލާހޯރަށް ދިޔައީ އެރެސްޓް ވޮރެންޓް ހަވާލުކުރަން ނޫން ކަމަށާއި ސީދާ ޢިމްރާން ހައްޔަރުކުރުމަށް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.