ތުރުކިޔޭ-ސީރިޔާއަށް އެހީވުމަށް އދ. ދަނގެތީގައި ބޭއްވުނު ފަންޑް ރެއިޒިން އިވެންޓް ގެ ތެރެއިން: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް
ހަބަރު
05 Mar 2023 | 22:27
ދަނގެތީ ރައްޔިތުންގެ ފަރާތުން ތުރުކިޔޭ-ސީރިޔާއަށް އެހީވުމަށް 71,000 ރުފިޔާ

ފެބްއަރީ 6 ވަނަ ދުވަހު ތުރްކިޔޭ އަދި ސީރިޔާއަށް އައި ބިންހެންތަކާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އދ. ދަނގެތީގައި ބޭއްވި ފަންޑް ރެއިޒިން އިވެންޓަށް ޖުމުލަ 71,071 ރުފިޔާ ލިބިއްޖެއެވެ. 

ދަނގެތީގައި ހަރަކާތްތެރިވާ ދީނީ ޖަމިއްޔާ އެއް ކަމަށްވާ ޖަމިއްޔަތުލް ޤަލަމުން އިސްނަގައިގެން، އެ ރަށުގެ ކައުންސިލާއި، ސަރުކާރު އަދި އަމިއްލަ މުވައްސަސާތަކާއި ބައެއް ޖަމިއްޔާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ފަންޑް ރެއިޒިން އިވެންޓް ފަށާފައިވަނީ ފާއިތުވި ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. ފަންޑް ރެއިޒިން އިވެންޓް ފެށުމުގެ ގޮތުން އެދުވަހު ލުއިކާނާ ވިއްކުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާއިރު އެ ހަރަކާތުގެ ތެރެއިން ވަނީ 5,149.10 ރުފިޔާ ލިބިފައެވެ. 

ތުރުކިޔޭ-ސީރިޔާއަށް އެހީވުމަށް އދ. ދަނގެތީގައި ބޭއްވުނު ލުއިކާނާ ވިއްކުމުގެ ހަރަކާތުގެ ތެރެއިން: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

13 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ފަންޑު ރެއިޒިން އިވެންޓް ނިންމާލާފައިވަނީ އިއްޔެ ހަވީރު ބޭއްވި ސަޔަކުންނެވެ. މި ސައިގެ ތެރެއިން ހެދިކާ ޕެކޭޖް ތަކާއި ތަފާތު ބުއިންތައް ވިއްކާފައިވާއިރު, ސައިގެ ތެރެއިން ވަނީ ޖުމުލަ 14,043.68 ރުފިޔާ ލިބިފައެވެ. 

ތުރުކިޔޭ-ސީރިޔާއަށް އެހީވުމަށް އދ. ދަނގެތީގައި ބޭއްވުނު ހަވީރު ސައިގެ ތެރެއިން: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

މީގެ އިތުރުން ވެސް ފަންޑު ފޮށި ބަހައްޓައިގެން ޖުމުލަ 36,857.22 ރުފިޔާ ލިބިފައިވާއިރު، އެރަށުގެ އެކި މުވައްސަސާ ތަކުން ވަނީ 15,021 ރުފިޔާ ތުރުކިޔޭ އަދި ސީރިޔާ އަށް އެހީވުމަށް ހަދިޔާ ކޮށްފައެވެ. 

ދަނގެތީ ގައި ކުރިއަށް ގެންދިޔަ މި ފަންޑް ރެއިޒިން އިވެންޓް ގެ ތެރެއިން ލިބުނު 71,071 ރުފިޔާ ވަނީ، ރާއްޖޭގައި ތުރުކިޔޭ އަދި ސީރިޔާ އަށް އެހީވުމުގައި ހަރަކާތްތެރިވަމުންދާ އިންޓަނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީ)ގެ ތުރުކިޔޭ-ސީރިޔާ އެމެންޖެންސީ ރިލީފް ފަންޑަށް ހަދިޔާ ކޮށްފައެވެ. 

ތުރުކިޔޭ އާއި ސީރިޔާ އަށް ސިލްސިލާކޮށް އައި ބާރުގަދަ ބިންހެލުން ތަކުގެ ސަބަބުން 2 މިލިއަނެއްހާ މީހުން ވަގުތީ ބޯހިޔާވަހިކަމުގައި ދިރިއުޅެމުން ދާއިރު ބިންހެލުންތަކުގައި ތުރްކިޔޭ އާއި އަވައްޓެރި ސީރިޔާ އިން 50،000 މީހުން ވަނީ ނިޔާވެފައެވެ.

ބިންހެލުމުގައި ފުރާނަ ސަލާމަތްވި ނަމަވެސް، ބޯހިޔަލެއް، ފެނެއް، ކަރަންޓެއް، ތެލެއް، ކާނެ އެއްޗެއް ނުލިބި ހާލުގައިޖެހުމުގެ ސަބަބުން އެތައް ބަޔަކު މަރުވެދާނެ ކަމުގެ އިންޒާރު ޑަބްލިޔުއެޗްއޯ އިން ވަނީ ދީފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.