ޕޯޓަބަލް ގެތައް ބޯޓުތަކަށް އަރުވަނީ
ހަބަރު
05 Mar 2023 | 21:25
ވޯލްޑް ކަޕްގައި ބޭނުންކުރި ޕޯޓަބަލް ގެތައް ތުރްކިޔޭއަށް ފޮނުވައިފި

ޤަޠަރުގައި ވޯލްޑްކަޕް ބޭއްވިއިރު ޓީމްތަކުގެ ފޭނުން ބޭނުންކުރި ޕޯޓަބަލް ގެތައް ތުރްކިޔޭ އަދި ސީރިޔާ އަށް ފެބްރުއަރީ 6 ވަނަ ދުވަހު އައި ބިންހެލުންތަކުގެ ސަބަބުން ގެދޮރުގެއްލިފައިވާ މީހުނަށް އެހީއެއްގެ ގޮތުގައި ފޮނުވައިފިއެވެ.

ޤަޠަރުން މިހާރު ވަނީ އޭގެ 400 ގެ ބޯއްޓަށް ބަރުކޮށް ފޮނުވައިފައެވެ. އޭގެ ތެރެއިން ދެ ބޯއްޓެއް މިހާރު ތުރްކިޔެގެ އިސްކަންދެރުން އަށް ވަނީ ބަނދަރުކޮށްފައެވެ.

ފެބްރުއަރީ  6 ގައި އައި ބިންހެލުމުގެ ސަބަބުން 2 މިލިއަނެއްހާ މީހުން ވަގުތީ ބޯހިޔާވަހިކަމުގައި ދިރިއުޅެމުންއެބަދެއެވެ. ބިންހެލުންތަކުގައި ތުރްކިޔޭ އާއި އަވައްޓެރި ސީރިޔާ އިން 50،000 މީހުން ވަނީ ނިޔާވެފައެވެ.

400 ގެ އާއިއެކު 2 ބޯއްޓެއް އިސްކަންދެރުން އަށް ބަނދަރުކޮށް ފައިވާ ކަމަށް ތުރްކިޔޭ އަށް ޤަޠަރުން ކަނޑައަޅައިފައިހުންނަވާ ސަފީރު ވިދާޅުވިއެވެ. އަދި އިތުރު ގެ ތައް އައުމުގެ މަގުމަތީގައި ވާ ކަމަށްވެސް ޝައިޙް މުހައްމަދު ބިން ނައްސިރް އަލް ޘާނީ ވިދާޅުވިއެވެ.

"އަހަރެމެން އުއްމީދުކުރަން މި ގެތައް ހާލުގައި ޖެހުނު މީހުންނަށް ކަމުދާއެއްޗަކަށް ވާނެކަމަށް" ސަފީރު ވިދާޅުވިއެވެ.

ޔޫއެން އިން ބުނެފައިވަނީ 1.5 މިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު މި ކާރިސާގައި ގެއްލިފައިވާ ކަމަށެވެ.

"އެމީހުން ދިރިއުޅެމުން އެދަނީ ޓެންޓުތަކާއި، ކޮންޓެއިނަރ ސިޓީ އަދި ރޭލު ތަކުގައި" އަލްޖަޒީރާގެ ނޫސްވެރިޔާ ޓެރީސާ ބޯ ބުނެފައިވެއެވެ.

"ރޭލު ތަކުގައި ދިރިއުޅެމުންދާ އާއިލާ ތަކުން ބުނެފައިވަނީ އެމީހުން ދާނެ އިތުރު އެހެން ތަނެއް ނެތްކަމަށް، ރޭލު ތަކުން ބޯހިޔާވަހިކަން ލިބި ރޭގަނޑުގެ ފިނިން ރައްކާތެރިކޮށްދޭ" ތިން ކުދިންނާއި އެކު ރޭލެއްގައި ދިރިއުޅެމުންދާ އެމީން އަތެސް ބުންޏެވެ.  

"އަހަންނަކަށް ނޭނގެ ކިހާދުވަހެއް ވަންދެންކަމެއް މިތާ ތިބެވޭނީ، ރޭލުތައް ބަންދު ކޮށްފިއްޔާ އަހަރެމެން ދާން ޖެހޭނީ ޓެންޓަކަށް، ﷲ އެފަދަ ރެއެއް އެއްވެސް މީހަކަށް ނުދައްކަވާށި، ބިންހެލުން އައި ވަގުތު ހީވަނީ ނަރަކައިގައި ތިބެވުނުހެން، އަވަސް އަރުވާލާފަ ގޭގެއިން ނުކުތީ އެންމެން" އޭނާ ކިޔައިދީފައިވެއެވެ.

ފެބްރުއަރީ 6 ގެ ބިންހެލުން ތަކަށްފަހު މިފާއިތުވި ހަފްތާގައި 5.6 މެގްނެޓިޔުޓްގެ ބިންހެލުމެއް ތުރްކިޔޭގެ މަލްތްޔާ ޕްރޮވިންސަށް ވަނީ އައިސްފައެވެ. މި ބިންހެލުމުގެ ސަބަބުން އެކަކު މަރުވެ އެތައް ބަޔަކަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.