ރެފިޔުޖީ ކޭމްޕްގައި އަލިފާން ރޯވެފައި
ހަބަރު
06 Mar 2023 | 08:57
ބަންގްލަދޭޝްގައި ރޮހިންޔާ ރެފިޔުޖީން އުޅޭ ކޭމްޕެއްގައި އަލިފާން ރޯވެއްޖެ

ބަންގްލަދޭޝްގައި ރޮހިންޔާ ރެފިޔުޖީން ދިރިއުޅެމުންދާ ކޭމްޕެއްގައި ބޮޑު އަލިފާން ގަނޑެއް ރޯވެއްޖެއެވެ.

އަލިފާން ގަނޑު ރޯވެފައި ވަނީ ކޮޒް ބާޒާރުގެ 11 ވަނަ ކޭމްޕުގައެވެ. މިސަރަހައްދުގައި މިލިއަނެއްހާ ރޮހިންގްޔާ މުސްލިމް ރެފިޔުޖީން ދިރިއުޅެވެ. އަދި އަލިފާން ގަނޑުގެ ސަބަބުން އެތައް ހާސް މީހަކު ވަނީ ބޯހިޔާވަހިކަން ގެއްލިފައެވެ.

"އަދި އަންދާޒާ ކޮށްލަން ވެސް ނޭނގެ ލިބުނު ގެއްލުން، އަދި މިހާތަނަކަށް މީހަކުމަރުވި ކަމަކަށް މައުލޫމާތު ލިބިފައެއް ނުވޭ" ކޮޒް ބާޒާރު ބަލަހައްޓާ ޕޮލިސް ސްޕްރިޓެންޑެންޓް ރަފީޤުލް އިސްލާމް ވިދާޅުވިއެވެ.

ރަފީޤުލް އިސްލާމް ވިދާޅުވީ އަލިފާން ގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި ފުލުހުންނާއި ފަޔާރ ޑިޕާޓްމެންޓުގެ އޮފިޝަލުން ވެސް ހާދިސާ ހިގަނގެން އުޅޭ ސަރަހައްދުގައި ތިބިކަމަށެވެ.

ބަންގްލަދޭޝްގެ ޑާކާގައި ހުރެގެން މައުލޫމާތު ދެމުން ތަންވީރް ޗައުދަރީ ބުނެފައިވަނީ އަލިފާން ރޯވި ބަލޫޚާލީ ކޭމްޕަކީ ކޯޒް ބާޒާރުގައި އޮންނަ 32 ކޭމްޕް ގެ ތެރެއިން ކޭމްޕެއް ކަމަށާއި އެކޭމްޕުތަކުގައި 1.2 މިލިއަން މީހުން ދިރިއުޅޭ ކަމަށެވެ.

"އަލިފާންގަނޑު އަދި އެއްކޮށް ނުނިވޭ، ލަފާ ކުރެވެނީ ކައްކާ ގޭސް ފުޅިއެއްގައި ރޯވެގެންކަމަށް އަލިފާންގަނޑު ރޯވީ، މިތަން ހަދައިފައި ހުންނަނީ އޮނުން، އެހެންވެ ވަރަށް ފަސޭހަކޮށް އަލިފާން ގަނޑު ފެތުރިގެންދާނެ" ތަންވީރް ޗައުދަރީ ބުނެފައިވެއެވެ.

"މިސަރަހައްދުގެ ސިއްޚީ ޚިދްމަތްދޭ ތަންތަނަކީ ވަރަށް ތަކެތީގެ ދަތިކަން ހުރި ތަންތަން، މި ހިސާބުގައި ފީލްޑް ހޮސްޕިޓަލްތައް ވަރަށް ގިނަ، އެކަމަކު 1.2 މިލިއަން މީހުންގެ އާބާދީއަކަށް އެމަޖެންސީ އެއްގައި ޚިދްމަތް ދެވޭނެ ވަރުގެ ޤާބިލިއްޔަތުކަމެއް ނެތް" ތަންވީރް އިތުރަށް ބުނެފައިވެއެވެ.

 2017 އިން ފެށިގެން މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ ރޮހިންގްޔާ މީހުން މިޔަންމާ ދޫކޮށް ބަންގްލަދޭޝް އަށް ހިޖުރަ ކޮށްފައިވެއެވެ. މިޔަންމާގައި ދިރިއުޅެމުންދިޔަ ރޮހިންގްޔާ މުސްލިމުން ޤައުމު ދޫކޮށް ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވަނީ މިޔަންމާގެ ސަރުކާރުން މުސްލިމުންނާއި މެދު އިންސާނިއްޔަތާއި ޚިލާފު ޢަމަލު ތައް ހިންގަން ފެށުމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.