ފައްޔާޒު އިސްމާއިލް ފްރެސް ކޮންފަރެންސްއެއްގެ ތެރެއިން/
ހަބަރު
06 Mar 2023 | 08:58
އައްޑޫ އެއާޕޯޓު ހަވާލުކުރީ އެންމެ އަވަހަށް ނިމޭ ގޮތަށް: ފައްޔާޒު

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން ހަވާލުކުރީ، އެންމެ އަވަހަށް އެ މަސައްކަތް ނިމޭ ގޮތަށް ކަމަށް އިކޮނޮމިކް މިނުސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އެއާޕޯޓު ކަމަށްވާ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކޮށް، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިއްޔެއެވެ.

އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އިންޑިއާގެ ރެނާޓަސް ޕްރޮޖެކްޓްސްއާއެވެ.

އެއްބަސްވުމުގައި ސޮއިކުރަން އިއްޔެ ހ. މީރުމާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ގަން އެއާޕޯޓު ތަރައްގީކުރުމުގެ މަަޝްރޫއު ރާވާފައިވަނީ އެ އެއާޕޯޓު ހިންގާ ކުންފުނީގެ މަޝްވަރާއާ އެކުގައި، އެމީހުން ބޭނުންވި ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން މި ވޭތުވެދިޔަ ދުވަސްތަކުގައި އައްޑޫ އެއާޕޯޓު ތަރައްގީކުރުމުގައި އެއާޕޯޓު ކުންފުނީގެ ހިއްސާދާރުންނާއި ބޯޑު މަޝްވަރާއާ އެއްކޮށް އެ ބޭފުޅުން ބޭނުންވި ގޮތަށް އެއަށް ބޭނުންވާ ފައިސާ ހޯދައިގެން މި ކަން މި ކުރަނީ،" ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑު މިހެން މި ފާހަގަކޮށްލީ، މިކަން ވީމަ ބައެއް ބޭފުޅުން ފާހަގަކުރޭ އައްޑޫ ވީމަ ދެން ހާދަހާ އާދައިގެ ޓާމިނަލެކޭ. އަޅުގަނޑުމެން މިކަން މި ކުރީ އެންމެ އަވަހަށް އައްޑޫގެ އިގްތިސާދު ކުރިއަށްގެންދަން. ފަހުން ތަޅާލާފައި އާ އެއްޗެއް ހަދާނީ ލާރި ލިބެން ފެށީމަ. ވަރަށް ޕްރެކްޓިކަލް ވިސްނުމެއްގައި މިކަން ކުރަމުން މިދަނީ." ފައްޔާޒް ވިދާޅުވި އެވެ. 

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ ހިއްސާ ބެހިފައިވަނީ ސަރުކާރަށް %70، އަދި ކާސާ ހޯލްޑިންގްސް އަށް %30 ރޭޓުންނެވެ.

ދެ އަހަރުން ނިންމަން ހަވާލު ކުރި ގަން އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއުގެ އަގަކީ 29.7 މިލިއަން ޑޮލަރު (455.9 މިިލިއަން ރުފިޔާ)އެވެ.

ކޮމެންޓް
ސާލިހުމޫސާ
އައްޑޫ އެއަރ ޕޯޓު ވިއްކާލައިފި ޔޯ އަންޑިޔާގެބާރުގެދަށައް ދިޔަފުރަތަމަ އެއަރޕޯޓުކަމައް ގިނަބަޔަކު އެބަ ކިޔާ
06 Mar 2023
ގުޅޭ ލިޔުންތައް
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.