ހަމަލާދިން ވެހިކަލް ހަލާކުވެފައި
ދުނިޔެ
06 Mar 2023 | 14:53
ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި ޕާކިސްޠާނުގެ 9 ސިފައިން ނިޔާވެއްޖެ

ޕާކިސްޠާނުގައި އެޤައުމުގެ ސިފައިންނަށް އަމާޒުކޮށް ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 9 ސިފައިން ޝަހީދުވެއްޖެއެވެ.

ޕާކިސްޠާނުގެ ހުޅަނގު ދެކުނުން އޮންނަ ބޮލެޗިސްތާނަށް އޮފިސަރުން ތަކެއް ގޮވައިގެން ދިޔަ ވެހިކަލްއަކަށް އަމާޒުކޮށް ދިން ހަމަލާ ދިން މީހާ އައީ މޮޓޯ ސައިކަލެއްގައި ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ. ސައިކަލުގައި އައި މީހާ ގަސްދުގައި ފުލުހުންގެ ވެހިކަލްގައި ޖައްސައިފައިވާކަމަށް ވެސް އަލްޖަޒީރާގައި ބުނެފައިވެއެވެ.

 މި ހަމަލާފގައި 9 މީހަކު ޝަހީދު ވެފައި ވާއިރު 13 މީހަކު ވަނީ ޒަހަމްވެފައެވެ.

ބޮލޮޗިސްތާނުގެ ކާޗީ ޑިސްޓްރިކްގެ ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް އާޣާ ސަމީއުﷲ ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ހެނދުނު ކަމްބީރީ ބްރިޖް ކައިރީގައި ކަމަށެވެ.

އާޣާ އިތުރަށް ވިދާޅުވީ ފުލުހުންގެ އެވެހިކަލްގައި 22 އޮފިސަރަކު ދަތުރުކުރަމުންދިޔަ ކަމަށެވެ.

"އެޓީމު ދަތުރުކުރަމުން ދިޔައީ ސިބީ ސިޓީއިން ކުއެއްޓާ އަށް އައުމަށް، ހަފްތާ ބަންދުގައި ސިބީ ގައި އޮތް ޘަޤާފީ ފެސްޓިވަލެއްގެ ސެކިޔުރިޓީ ކަންކަން ބެލެހެއްޓުމަށް ފަހު އެމީހުން އެނބުރި އައުމަށް ދަތުރުފެށ" އާޣާ ވިދާޅުވިއެވެ.

މި ހަމަލާގެ ޒިންމާ އަދިއ އެއްވެސް ޖިހާދީ ގްރޫޕަކުން ނަގައިފައެއް ނުވެއެވެ.

ކާޗީގެ ސީނިއަރ ޕޮލިސް އޮފިސަރެއް ވިދާޅުވެފައިވަނީ ޒަހަމްވި މީހުން ސިބީގެ މިލިޓަރީ ހޮސްޕިޓަލަށް ފަރުވާ އަށް ގެންދެވިފައިވާ ކަމަށެވެ.

ބޮލެޗިސްތާނަކީ ޒަމާނުއްސުރެވެސް ޕާކިސްޠާނުގެ ސަރުކާރާއި ވަރަށް ބޮޑަށް ވަކިވެގަނެފައި އޮންނަ ސަރަހައްދެކެވެ. އެސަރަހައްދުގެ ޤުދުރަތީ ވަސީލަތްތައް ސަރުކާރުން އަތުލައިގަނެފާނެ ކަމަށް އަބަދުވެސް އެމީހުން ތުހުމަތުކުރެއެވެ.

ޕާކިސްޠާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ ހަމަލާ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައެވެ.

މިދިޔަ މަހުވެސް ބޮލެޗިސްތާނުގެ ބަރްޚާން ސިޓީ ގައި ދިން ބޮމުގެ ހަމަލާއެއްގައި ފަސްމީހަކު މަރުވެ 14 މީހަކު ޒަހަމްވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.