ޕާކިސްޠާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން
ހަބަރު
06 Mar 2023 | 16:03
ޕާކިސްޠާން ޓީވީ ތަކުން ޢިމްރާން ޚާންގެ ތަޤުރީރުތައް ދެއްކުން މަނާކޮށްފި

ޕާކިސްޠާނުގެ ޓީވީ ތަކުން ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ތަޤުރީރުތަކާއި ނޫސްވެރިންގެ ބައްދަލުވުންތައް ދެއްކުން ޕާކިސްޠާނު ސަރުކާރުން މަނާކޮށްފިއެވެ.

ޕާކިސްޠާނުގެ ސަރުކާރުން ޢިމްރާން ޚާންގެ ތަޤްރީރުތަކާއި ނޫސްވެރިންގެ ބައްދަލުވުންތައް ދެއްކުން މަނާކޮށްފައިވަނީ ދައުލަތުގެ ޤާނޫނާއި ގަވާއިދުތަކަށް ގޮންޖަހާކަމަށާއި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރާ ކަމަށް ބުނެއެވެ.

ޕާކިސްޠާނުގެ އިލެކްޓްރޯނިކް މީޑިއާ ރެގިޔުލޭޓަރ އިން ވަނީ ޢިމްރާން ޚާން ގެ ތަޤުރީރުތަކާއި ނޫސް ކޮންފަރެންސް ތައް ދެއްކުން މަނާކޮށްފައިވަނީ އާދީއްތަ ދުވަހު ލާހޯރުގައ ޢިމްރާން ދިން ތަޤުރީރެއްގައި އޭނާ ބޮޑުވަޒީރު ކަމުން ވަކިކުރުމުގެ ފަހަތުގައި ވަނީ ކުރީގެ ސިފައިންގެ ޗީފް ޖެނެރަލް

ޤަމަރް ޖާވިދް ބަޖްވާ ކަމަށް ބުނުމުން ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ޢިމްރާން ޚާން މިގޮތަށް ވާހަކަ ދައްކައިފައި މިވަނީ ޕާކިސްޠާނު ފުލުހުން ކޮރަޕްޝަންގެ ތުހުމަތެއްގައި އޭނާ ހައްޔަރު ކުރުމަށް މަސައްކަތް ކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޢިމްރާން ޚާން ވަނީ އެތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.

ޢިމްރާން ޚާން މަޤާމުން ވަކިކުރުމަށް ފަހު ޢިމްރާންގެ ތަޤުރީރްތައް ދެއްކުން މަނާކުރި މިއީ ތިންވަނަ ފަހަރެވެ. މަޤާމު ގެއްލުނު ފަހުން ޢިމްރާން ޚާން ދަނީ ބޮޑެތި ރެލީ ތައް ބާއްވަމުންނެވެ. އަދި އަލުން އިންތިޚާބު ބޭއްވުމަށް ވެސް ދަނީ ގޮވާލަމުންނެވެ.

ޢިމްރާންގެ ތަޤުރީރުތައް ދެއްކުން މަނާކުރިތާ ދެގަޑިއިރު ފަހުން ޢިމްރާން ޚާން ލާހޯރުގައި ދިން ސްޕީޗް ދެއްކި ޕާކިސްޠާނުގެ އަމިއްލަ ޗެނަލެއް ކަމަށްވާ އޭއާރްވައި ޗެނަލް ވަނީ ސަސްޕެންޑް ކޮށްފައެވެ.

ޕާކިސްޠާނުގެ މީޑިއާ ރެގިޔުލޭޓަރީ ބޯޑުން ބުނެފައިވަނީ އޭއާރްވައި ޗެނަލުން ޢިމްރާން ޚާން އަށް ވާގިވެރިވެ ސަރުކާރުން ކަނޑައަޅައިފައިވާ މިންތަކާއި ޚިލާފު ވެފައިވާ ކަމަށެވެ.

އޭއާރްވައިގެ އޮފިޝަލަކު ވިދާޅުވެފައިވަނީ ރެގިޔުލޭޓަރީ ބޯޑުގެ ސްޓޭޓްމަންޓު ނެރެފައިވަނީ 8 ޖެހިއިރުކަމަށެވެ. އަދި ގާތްގަނޑަކަށް ހުރިހާ ނިއުސް ޗެނަލް ތަކަކުން ވެސް 9 ގެ ޚަބަރުގައި ޢިމްރާން ޚާންގެ ތަޤްރީރު ދެއްކި ކަމަށާއި ނަމަވެސް ބޯޑުން ސަސްޕެންޑް ކުރީ އެޗެނަލް އެކަނި ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.