"އާގަލާ" ބޯޓުގައި ރޯވެފައި
ހަބަރު
06 Mar 2023 | 20:06
"އާގަލާ" ބޯޓުގެ ތަކެތި އޮޔާދާތީ ސަމާލުވާން އެދިއްޖެ

ކަނޑުމަތީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ރޯވެ ފެތިފައިވާ "އާގަލާ" ބޯޓުގެ ތަކެތި އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓް ގާޑުން އެދިއްޖެއެވެ.

ކޯސްޓްގާޑުން ބުނެފައިވަނީ  "އާގަލާ" ބޯޓު ރޭގެ ވަގުތެއްގައި އަލިފާން ރޯވުމުގެ ސަބަބުން މ. ތުވަރުގެ ހުޅަނގުން އަޑިއަށް ގޮސްފައިވާ ކަމަށް މައުލާމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ބޯޓު އަޑިއަށް ދިއުމާއި އެކު ބޯޓުމް ފެންމައްޗަށް އެރި ބައެއް ތަކެތި އޮޔާދާކަމުގެ މަޢުލޫމާތު ކޯސްޓުގާޑަށް ލިބިފައިވާ ކަމަށެވެ. ކޯސްޓުގާޑުން އިތުރަށް ބުނެފައިވަނީ އެތަކެތި އޮޔާދަނީ މ އަތޮޅު ކައިރިން އުތުރަށް ކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ވަސް ވަނީ ކޯސްޓްގާޑުން ވަނީ އެދިފަ އެވެ.

"އާގަލަ" ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގިއިރުގައި އެ ބޯޓުގައި 15 މީހުން ތިބި ކަމަށް ވެއެވެ. އަދި އޭގެ ތެރެއިން ފަސް މީހުން ފިޔަވައި ދެން ތިބީ ބިދޭސީންނެވެ. އެއީ އިންޑީޔާގެ ފަސް މީހަކާއި ބަންގްލަދޭޝްގެ ފަސް މީހެކެވެ. ބޯޓުގައި ރޯވުމުން ސަލާމަތް ވުމަށް އެންމެންވެސް މޫދަށް ފުންމާލި ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

މޫދަށް ފުންމާލި މީހުންގެ ތެރެއިން 14 މީހުން ސަލާމަތް ކުރެވުނު އިރު އެކަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. އަދި ގެއްލިގެން ހޯދަމުންދަނީ އިންޑީއާ ފިރިހެނެއް ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.