އަފްޣާނިސްޠާނުގެ ޔުނިވަރސިޓިއެއްގެ ކައިރީގައި ފިރިހެން ދަރިވަރުން ތަކެއް ހުއްޓިލައިގެން
ހަބަރު
07 Mar 2023 | 06:13
އަފްޣާނިސްޠާނުގެ ޔުނިވާސިޓީތައް ހުޅުވައިފި، އަންހެން ދަރިވަރުން ގޭގައި

އަފްޣާނިސްޠާނުގެ ޔުނިވާސިޓީ ތައް ހުޅުވައި ފިރިހެން ދަރިވަރުންނަށް ކިޔަވަން ދިއުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޔުނިވާސިޓީތައް ހުޅުވާލުމާއި އެކު ފިރިހެން ދަރިވަރުން ވަނީ ކިޔެވުމަށް ކްލާސްތަކަށް ހާޒިރުވާން ފަށައިފައެވެ. އަފްޣާނިސްޠާނުގެ ޔުނިވާސިޓީ ތަކުގައި މަތީ ތައުލީމު ހާސިލް ކުރަމުންއައި އަންހެން ދަރިވަރުންނަށް އެފުރުސަތު ގެއްލިފައިވަނީ 2021 ވަނަ އަހަރު އަފްޣާނިސްޠާނުގައި އޮތް އިންތިހާބީ ވެރިކަން ވައްޓާލައި އެޤައުމުގެ ވެރިކަމަށް ޠާލިބާނުން އައުމާއި ގުޅިގެނެވެ.

"ވަރަށް ހިތްދަތިވޭ އަހަރެމެން ގޭގައި ތިބެންޖެހިފައި ފިރިހެން ކުދިންނަށް ޔުނިވާސިޓީ އަށް ދާނެ ފުރުސަތު ލިބުނީމަ" ގޮހްރު ޕްރޮވިންސްގެ 22 އަހަރުގެ ރަހޭލާ އަލްޖަޒީރާ އަށް ބުނެފައިވެއެވެ.

"މިއީ އަންހެނުން ކުދިންނާއި ދެކޮޅަށް ހިންގާ ޖިންސީ ތަފާތުކުރުން، އިސްލާމް ދީނުގައި މަނައެއް ނުކުރޭ އަންހެން ކުދިންނަށް މަތީ ތަޢުލީމު އުގެނުމަކަށް" ރަހޭލާ ބުނެފައިވެއެވެ.

ޠާލިބާނުންގެ ވެރިކަމުގައި އަންހެން ކުދިން ޔުނިވާސިޓީ ތަކަށް ދިއުމަށް ބޭނުން ނަމަ ޢަމަލުކުރަން ޖެހޭ އުސޫލުތަކެއް ކަނޑައެޅިއެވެ. އޭގެ ތެރޭގައި ޠާލިބާނުން ކަނޑައަޅައިފައިވާ ހެދުން އެޅުމުގެ އުސޫލަށް ޢަމަލުކުރުމާއި ޔުނިވާސިޓީ އަށް ދިއުމާއި އައުމުގައި މަހްރަމް ފިރިހެނަކު ހުރުން ހިމެނެއެވެ. އެ އުޞޫލުތަކާއި އެކު ހުޅުވާލި ފުރުސަތު ބަންދު ކުރީ ހެދުން އެޅުމުގެ ގަވައިދާއި ޚިލާފުވެ، ޔުނިވަރސިޓީ ކެމްޕަސް ތެރޭގައި މަހްރަމުންނާއި ނުލައި އުޅޭކަމަށް ބުނެއެވެ.

ގިނަ ޔުނިވާސިޓީ ތަކުން މިހާރު ވަނީ ދެޖިންސު ވަކިން ވަދެ ނުކުމެވޭނެ ގޮތް ހަދައި ވަކިން ކްލާސްތައް ނެގޭނެ އިންތިޒާމް ތައް ހަމަޖައްސައިފައެވެ. އަދި އަންހެން ދަރިވަރުންނަށް ކިޔަވައިދިނުމަށް އަންހެން މުދައްރިސުން ނުވަތަ ދުވަސްވީ ފިރިހެން މުދައްރިސުން ހަމަޖައްސައިފައެވެ.

"މިއީ ވަރަށް ދެރަކަމެއް މިފަދަ ޒަމާނެއްގައި އަންހެން ކުދިން ޔުނިވާސިޓީ ތައުލީމުން އެކަހެރި ކުރުވާފައި ބޭތިއްބުން، އަހަރެމެން މި މަސައްކަތް ކުރަނީ ޓީޗަރުންނާއި އެހެން ދަރިވަރުނާއި ވާހަކަ ދައްކައިގެން މިކަން ހައްލުކުރަން، އަންހެން ދަރިވަރުންނާއި ފިރިހެން ދަރިވަރުނަށް އެކުއެކީ ޢިލްމު އުގެނި ކުރިއަރައިދެވޭނީ އޭރުން" ހެރާތް ޔުނިވާސިޓީގެ ކޮމްޕިޔުޓަރ ސައިންސްގެ ދަރިވަރެއް ކަމަށްވާ މުހައްމަދް ހަސީބް ހަބީބްޒަދަހް އޭއެފްޕީ ނޫހުގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.