މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ޚިދްމަތް ދިނުމަށް ގެނެސްފައިވާ ބަގީއެއް
ހަބަރު
07 Mar 2023 | 17:03
ކައުންސިލް ބަގީގެ ޚިދުމަތް މާޗް 16 ގައި ފަށަނީ، އީދު ނިމެންދެން ހިލޭ

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދްމަތް ދިނުމަށް ގެންނަ ބަގީތައް ބުރާސްފަތި ދުވަހު ހަވީރު ވިލިމާލެއަށް ގެންދެވޭނެ ކަމަށް މާލޭ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒު ވިދާޅުވީ ބުރާސްފަތި ދުވަހު ހަވީރު ބަގީތައް ވިލިމާލެއަށް ގެންދެވޭނެ ކަމަށާއި ބަގީގެ ޚިދްމަތް 16 މާރޗް ވާ ބުރާސްފަތި ދުވަހު ދޭން ފެށޭނެ ކަމަށެވެ. އަދި ޕްރައިވެޓް ހަޔާރ ފިޔަވައި ބަގީގެ ރޫޓުން ކުރާ ދަތުރުތައް ފިތުރު ޢީދު ނިމެންދެން އޮންނާނީ ހިލޭ ކަމަށެވެ.

ވިލިމާލޭގައި ދިނުމަށް ނިންމާފައިވާ ބަގީގެ ޚިދްމަތުގެ އަގުތައް މިހާރު ވަނީ ކަނޑައަޅައި އިއުލާނު ކޮށްފައެވެ. އެގޮތުން ބަގީ ދުއްވާ ރޫޓުން ބަގީއަށް އަރާ ނަމަ ބަގީއަށް ދޭން ޖެހެނީ 2 ރުފިޔާއެވެ. ނަމަވެސް "ޕްރައިވެޓް ހަޔަރ" ކުރާނަމަ ބަގީގެ އަގަށް ބަދަލު އަންނާނެއެވެ.

އެގޮތުން 4 ސީޓުގެ ބަގީ އަކަށް ދައްކަން ޖެހެނީ 4 ރުފިޔާއެވެ. 6 ސީޓޫގެ ބަގީއަކަށް ދައްކަން ޖެހެނީ 10 ރުފިޔާއެވެ. 12 ސީޓުގެ ބަގީއެއް ހަޔަރ ކުރާނަމަ 15 ރުފިޔާ ދައްކަން ޖެހެއެވެ.

ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދްމަތް ދޭން ފެށުމަށް މަސައްކަތް ކުރަމުންދާއިރު ވިލިމާލޭގައި އެމްޓީސީސީ އިން ދަނީ  މިނީ ބަހުގެ ޚިދްމަތްވެސް ދެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.