ހާދިސާ ހިނގި އިމާރާތް
ހަބަރު
08 Mar 2023 | 08:26
ޑާކާގައި އިމާރާތެއްގައި އެއްޗެއްގޮވައި ބަޔަކު މަރުވެއްޖެ

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އިމާރާތެއްގައި ބާރުގަދަ ގޮވުމެއް ގޮވައި ބަޔަކު މަރުވެއްޖެއެވެ.

ބަންގްލަދޭޝްގެ ޑާކާގެ ގުލިސްތާންގައި ހުންނަ 5ބުރީގެ  މި އޮފީސް އިމާރާތުގައި ބާރުގަދަ ގޮވުމެއް ގޮވައި 15 މީހަކު މަރުވެ 140 މީހަކު ވަނީ ޒަހަމްވެފައެވެ. މި ހާދިސާގައި ގޮވިއެއްޗެއްގެ ސަބަބުން އަލިފާން ރޯވެފައިވަނީ އެއިމާރާތުގެ 4ވަނަ ބުރި އާއި 5 ވަނަ ބުރީގައެވެ. އިމާރާތް ހުންނަ ހިސާބަކީ އެ ޤައުމުގެ ހޯލްސޭލް ވިޔަފާރީގެ މައިގަނޑު އެއް ހަބެވެ.

ކަމާބެހޭ ފަރާތްތަކަށް އަދި ބާރުގަދަ ގޮވުން ގޮވި ސަބަބެއް ހޯދިފައެއް ނުވެއެވެ.

"މިހާތަނަށް 15 މީހުން ވަނީ މަރުވެފައި، އޭގެ ތެރޭގައި ދެ އަންހެނަކާއި 13 ފިރިހެނަކު ހިމެނޭ، ޑާކާ މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް 140 މީހަކު ފަރުވާއަށް ގެންދެވިއްޖެ" އިންސްޕެކްޓަރ ބައްޗޫ މިއާ ބުނެފައިވެއެވެ.

އިމާރާތުން ބޭރުގެ އެއްވެސް ތަނަކަށް އަސަރު ކޮށްފައިނުވާ ކަމަށާއި 150 ފަޔަރފައިޓަރުން އެތަނުގައި އަލިފާން ނިއްވުމަށް މަސައްކަތް ކުރިކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ލެއިން ތަތްތެޅިފައިހުރި މެދު އުމުރުގެ ފިރިހެނެއް އަލްޖަޒީރާ އަށް ބުނެފައިވަނީ އެތަނުގެ ތެރޭގައި ވެއްޓިފައި ތިބި މީހުން ތިބި ކަމަށާއި އޭނާ ސަލާމަތްވީ ކުޑަދޮރުން ފުންމާލައިގެން ކަމަށެވެ. އަދި ލިބިފައި ހުރި ޒަހަމްތަކަކީ ގޮވި ވަގުތު ކުޑަދޮރުގެ ބިއްލޫރި ތައް ބުރާފައި އައިސް ޖެހުނު ޖެހުމުން ލިބުނު ޒަހަމްތަކެއް ކަމަށްވެސް ބުނެފައިވެއެވެ.

ބަންގްލަދޭޝް އަކީ ޢާންމުކޮށްވެސް އިންޑަސްޓްރިއަލް ސަރަހައްދު ތަކުގައި މިކަހަލަ ހާދިސާތައް ހިނގާ ގައުމެކެވެ. 2012 ގައި ހިނގި މިފަދަ ހާދިސާއެއްގައި 117 މަސައްކަތް ތެރިން ވަނީ މަރުވެފައެވެ. އެފަހަރު ހާދިސާ ހިނގީ ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ފެކްޓްރީ އެއްގައެވެ.

އިންޑަސްޓްރިއަލް ޒޯނުގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާގައި 1100 މީހުން މަރުވެފައިވެއެވެ. އެވެސް ހަމަ އަންނައުނު އުފައްދާ ފެކްޓްރީއެއްގައި ހިނގި ހާދިސާއެކެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.