މާލޭ ސިޓީގެ ރައްޔިތުންނާއި އެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
ހަބަރު
08 Mar 2023 | 15:33
މުވައްޒަފުންގެ ހާޒިރީ ބޯނަސް ނުދެވެނީ ސަރުކާރުން ހުއްދަ ނުދީގެން: ޑރ. މުއިއްޒު

މާލޭ ސިޓީ ކައުންސިލްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާޒިރީ ބޯނަސް ނުދެވެނީ މިނިސްޓަރީ އޮފް ފިނޭންސާއި ޕޭ ކޮމިޝަނުން ލިބެންވާ ހުއްދަ ނުލިބިގެން ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު ސިޓީ ކައުންސިލްގެ ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުން މޭޔަރ ވިދާޅުވީ މުވައްޒަފުންނަށް ހާޒިރީ ބޯނަސް ދިނުމަށް ފާސްކުރިތާ އަހަރެއްހާ ދުވަސް ވީއިރު ވެސް އެކަން ހަމަނުޖެހި އޮތީ ސަރުކާރުން އެކަމުގެ ހުއްދަ ނުދީގެންކަމަށެވެ. އެގޮތުން އެ ހުއްދަ ދިނުމަށް މިހާރު ތިންވަނަ ފަހަރަށް ވާނީ އެދެވިފައި ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ވަނީ އެ ކައުންސިލްގެ ކޮންމެ މުވައްޒަފަކަށް ހާޒިރީ ބޯނަހުގެ ގޮތުގައި 75 ރުފިޔާ ދިނުމަށް ނިންމައި ފާސްކޮށްފައެވެ. އެކައުންސިލުން ބުނެފައިވަނީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގެ ދަށުން ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް އެ ފައިސާ ލިބޭނެ ގޮތް ހަމަޖެއްސުމަށް ޕޭ ކޮމިޝަނަށާއި ފިނޭންސް މިނިސްޓްރީއަށް ކައުންސިލުން ހުށައަޅައިފައިވާކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި މުޢިއްޒު ވިދާޅުވީ ހާޒިރީ ބޯނަހުގެ ފައިސާ އަކީ ކައުންސިލުގެ މުވައްޒަފުންނަށް އެ ކައުންސިލުން ދޭން ނިންމި ފައިސާއެއްކަމަށާއި އެއީ ކައުންސިލްގެ ބަޖެޓްގައި ހިމެނިފައި އޮތް ފައިސާއެއްކަމަށެވެ..

އެހެންކަމުން އެއީ ކައުންސިލްގެ މުވައްޒަފުންނަށް ދޭން ޖެހޭނެ ފައިސާއެއްކަމަށާއި ސަރުކާރުން އެކަމަށް ހުރަސް އަޅައިގެން ނުވާނެކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މިކަމާއި މެދު ވާހަކަ ދައްކަވަމުން ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް މުޖުތަބާ ޖަލީލް ވިދާޅުވީ ކައުންސިލްގެ މުވައްޒަފުންނަށް ބޯނަސް ދިނުމާ ގުޅޭގޮތުން އެކަމުގެ ހުއްދައަށް އެދި ޕޭ ކޮމިޝަނަށް މިދިޔަ އަހަރުގެ މޭ މަހު ފޮނުވި ކަމަށެވެ.

ނަމަވެސް ސަރުކާރުގެ ހުރިހާ އިދާރާއެއްގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރާތީ އެކަން މިވަގުތު ވާން ނެތް ކަމަށް އެ ކޮމިޝަނުގެ ރައިސްގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ކައުންސިލަށް ސަރުކާރުން ޖަވާބު ދެއްވި ކަމަށާއި ހަމަ އެޖަވާބު ދެވަނަ ފަހަރަށް އެކަމަށް އެދި ހުށައެޅުމުންވެސް ލިބިފައިވާ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.