މަޝްރޫޢު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޝައުނާ ވާހަކަފުޅުދައްކަވަނީ/ ފޮޓޯ: އެންވައިރަމެންޓް މިނިސްޓްރީ
ހަބަރު
09 Mar 2023 | 08:06
ރާއްޖެ އާއި އެމެރިކާ ގުޅިގެން ޕްލާސްޓިކް މަދުކުރުމަށް މަޝްރޫޢެއް ހިންގަނީ

ރާއްޖެ އާއި އެމެރިކާ ގުޅިގެން ޕްލާސްޓިކް މަދުކުރުމަށް ބޮޑު މަޝްރޫޢެއް ފަށައިފިއެވެ.

މި މަޝްރޫޢު ފަށާފައިވަނީ މިއަދު ހަވީރު އެންވައިރަމެންޓް މިނިސްޓަރ އައިމިނަތު ޝައުނާއެވެ. މިމަޝްވަރާ ފެށުމުގެ ގޮތުން މިއަދު ހަވީރު ވަނީ އާޓިފިޝަލް ބީޗް ސާފުކޮށްފައެވެ.

މިއީ ޔުނައިޓަޑް ސްޓޭޓްސް މިޝަން ޓު މޯލްޑިވްސް، ޔޫ އެސް އެއިޑް ސްރީ ލަންކާ އެންޑް މޯލްޑިވްސް މިޝަން އިން ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ މަޤްސަދުތަކުގެ ތެރޭގައި ޕުލާސްޓިކުގެ އައު އުފެއްދުންތައް ބޭނުންކުރާ މިންވަރު މަދުކޮށް ކުނި މެނޭޖްކުރުން ތަރައްޤީކޮށް އުކާލެވޭ ޕުލާސްޓިކު ކުނި މަދުކުރުމަށް ސަމާލުކަންދިނުން ހިމެނެއެވެ. އަދި ކުނި ނައްތާލުމުގެ މަސައްކަތް ހަރުދަނާކޮށް އަދި ރަށުފެންވަރުގައި ކުނިމެނޭޖްކުރުމަށް އެކަށީގެންވާ ހައްލެއް ހޯދާދިނުމަށާއި އެ މަސައްކަތް ހަރުދަނާކުރުމަށް މުޖުތަމައުގެ ފަރުދުންނަށް އެހީތެރިވެދިނުން ހިމެނެއެވެ.

މި  މަޝްރޫޢު 29 ސެޕްޓެމްބަރު 2027 އާ ހަމައަށް ކުރިއަށް ގެންދާނެއެވެ.

މި މަޝްރޫޢުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރި ތަކާއި މުއައްސަސާތައް ހެޔޮގޮތުގައި ކުނި މެނޭޖްކުރުމުގެ އުސޫލުތަކަށް އަހުލުވެރިކުރުވުމެވެ. މީގެ އިތުރުން އުކާލެވޭ ޕްލާސްޓިކްގެ މިންވަރު މަދުކޮށް، ޕްލާސްޓިކުން ތިމާވެށި ރައްކާތެރިކޮށްދިނުން ކަމަށް އެމެރިކަން ސެންޓަރުން ބުނެފައިވެއެވެ..

މި މަޝްރޫޢުގެ ބަޖެޓެއްގެ ގޮތުގައި 5.7 މިލިއަން ޑޮލަރު ކަނޑައަޅާފައި ވެއެވެ.

މި މަޝްރޫޢުގެ ހަރަކާތްތައް ކަނޑައެޅުމުގައި ސަރުކާރާއި، އެހީދޭ ޖަމާއަތްތަކުން ކާމިޔާބުކަމާއެކު ރަށު ފެންވަރުގަ އާއި އަތޮޅު ފެންވަރުގައާއި ޤައުމީ ފެންވަރުގައި ހިންގާފައިވާ ހަރަކާތްތަކާއި އައު އީޖާދީ ކަންކަމަށް ބަލާނެ އެވެ. އަދި މަސައްކަތްތައް ރަށުފެންވަރުގައި ހަރަކާތްތެރިވާ ޖަމާއަތްތަކާ އަމިއްލަ ފަރުދުންގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާނެ އެވެ.

މިގޮތުން ޤައުމީ ފެންވަރުގަޔާއި ސަރަހައްދީ ފެންވަރުގައި އަދި ރަށުފެންވަރުގައި ބޭނުންކުރެވޭ ކުނި މެނޭޖް ކުރުމުގެ ނިޒާމް ހަރުދަނާ ކުރުމަށް ވެސް ބާރުއަޅާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.