ޢިމްރާން ޚާންގެ ޕީޓީއައި އިން ރެލީ ނުބާއްވަން ނިންމައިފި
ޕާކިސްޠާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ، ޕާކިސްޠާން ތަހްރީކޭ އެ-އިންސާފު ޕާޓީ އިން މިއަދު ލާހޯރުގައި ރެލީއެއް ބޭއްވުމަށް ތައްޔާރުވެފައި އޮއްވައި، އެއްވެއުޅުން މަނާކުރުމުން ރެލީ ނުބާއްވަން އެ ޕާޓީ އިން ނިންމައިފިއެވެ.
ޕާޓީގެ އިސްފަރާތްތަކުން ރެލީ ނުބާއްވަން ނިންމި ނަމަވެސް ޕާޓީ ގިނަ ޢަދަދެއްގެ ޢާންމު މެންބަރުން ވަނީ ލާހޯރުގެ މަގުތަކަށް ނުކުމެފައެވެ. މަގުތަކަށް ނުކުތް މީހުންގެ ތެރެއިން ބަޔަކު ވަނީ ފުލުހުންގެ ހައްޔަރަށް ގެންގޮސްފައެވެ. އެމީހުން ހައްޔަރު ކޮށްފައިވަނީ ސަރުކާރުން އަންގާފައިވާ އެންގުމާއި ފާޅުގައި ދެކޮޅުހަދައިފައިވާތީއެވެ.
"އަހަރެން އެދެނީ މި މުޒާހަރާ ހުއްޓާލަން، މި ކަންތައްގަނޑު އުޒުރަކަށް ހަދާފަ، ސަރުކާރުން އިންތިޚާބު ލަސްކޮށްފާނެ ކަމުގެ ބިރު އެބެއް" ޕާކިސްޠާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން އޭނާގެ ސަޕޯޓަރުންނާއި މުޚާތަބު ކޮށް ބުނެފައިވެއެވެ.
ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޤާނޫނުގެ ބޭނުންކޮށްގެން އިންތިޚާބު ފަސްކުރެވޭނެ ފަދަ ހާލަތެއް އުފައްދަން ކަމަށް ޢިމްރާން ވިދާޅުވިއެވެ.
"މަގުމަތީގެ އެއްވުން ހުއްޓާލުމަށް ސަޕޯޓަރުންގެ ކިބައިން މިއެދެނީ އެހެންވެގެން" ޢިމްރާން ޚާން ވިދާޅުވިއެވެ.
ޕާކިސްޠާނުގެ ޕޮލިހުން ވަނީ މަގުމައްޗަށް ނުކުތް މީހުން މައިތިރިކުރުމަށް ޕްރެޝަރުގައި ފެންޖަހައިފައެވެ. އަދި އެއްވެފައި ތިބި މީހުންގެ ތެރެއަށް ކަރުނަ ގޭސް ވެސް ވަނީ ޖަހައިފައެވެ. ސަރުކާރަށް ނުކުޔަމަންތެރި ވި ކަމަށް ބުނެ 40 މީހަކު ހައްޔަރުކޮށްފައިވެސް ވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists