މިއުވާން ނޫސްވެރިންނާއި ބައްދަލުކުރައްވަނީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
09 Mar 2023 | 14:26
އިޒްރޭލާއި ރާއްޖެއާއި ދެމެދު ދަތުރުތައް ފަށާކަށް ނުވިސްނަން: މިއުވާން

ދިވެހިރާއްޖެއާއި އިޒްރޭލާއެކު ދަތުރުތައް ފެށުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. 

މިއުވާން މިފަދައިން ވިދާޅުވެފައިވަނީ އިޒްރޭލުގެ އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އެފަދަ އެއްވެސް މަޝްވަރާއެއް ކުރެވިފައި ވޭ ތޯ އާއި، ރާއްޖެއިން އިޒްރޭލަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭތޯ ސާފުކޮށްދިނުމަށް މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނެވެ. 

އެ ސުވާލާއި ގުޅިގެން މިއުވާން ވިދާޅުވީ އިޒްރޭލުގެ އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް ރަސްމީކޮށް އެފަދަ ހުށައެޅުމެއް އައިސްފައި ނުވާކަމަށެވެ. އަދި އެފަދަ ހުށައެޅުމެއް އައި ނަމަވެސް ދިވެހި ސަރުކާރުން އެކަން ގަބޫލުކޮށް އިޒްރޭލާއެކު ދަތުރުތައް ނުފަށާނެކަމަށް މިއުވާން ވިދާޅުވި އެވެ. 

"ކޮންމެސް ވަރަކަށް ނޫސްތަކުން ފެނުނު، އެފަދަ ހުށައެޅުމެއް އިޒްރޭލުގެ ފަރާތުން ނުވަތަ އެ އެއާލައިނުގެ ފަރާތުން ހުށައަޅާފައެއް ނެތް. އަދި އެނގިވަޑައިގަންނަވާނެ ވިޔަފާރީގެ ގުުމެއް ރާއްޖެއާއި އިޒްރޭލާއި ދެމެދަކު ނޯންނާނެ، އެހެންވީމަ އެފަދަ އެއްބަސްވުމަކަށް ނުވަތަ އެފަދަ ދަތުރުތަކެއް ކުރެވޭނެ އިންތިޒާމުތަކެއް ހަމައެއް ނުޖެހޭނެ އަދި ހަމަ އެއާއެއްކޮށް ދެ ގައުމުގެ ދެމެދުގައި އެއާ ސާވިސް އެގްރިމަންޓެއްވެސް ނޯންނާނެ" 

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު މުހައްމަދު 

އިޒްރޭލާއެކު ދިވެހިރާއްޖެއިން ވިޔަފާރީގެ އަދި ޚާރިޖީ ގުޅުންތައް ކަނޑާލާފައި ވަނީ ފަލަސްތީނުގެ މުސްލިމުންނަށް އިޒްރޭލުން ކުރާ އަނިޔާތަކާއި ދިވެހި ސަރުކާރު ދެކޮޅުކަން ހާމަކުރުމުގެ ގޮތުން ނެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނުވެސް އެކަން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ރާއްޖެއާއި އިޒްރޭލާއި ދެމެދު ވިޔަފާރީގެ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ. އަދި އެކަން ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް މި ސަރުކާރުންވެސް ނުގެންގުޅޭކަމަށް މިއުވާނު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.