ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ހަބަރު
09 Mar 2023 | 15:01
ޕޭ ފްރޭމްވޯކްގެ މިންގަނޑަށް އިސްލާޙުގެނެސް ޢަމަލުކުރަން ފަށައިފި

ދިވެހި ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑަށް ހިޖުރަކުރުމުގެ ޢާންމު މިންގަނޑަށް އިސްލާޙުގެނެސް އެއަށް ޢަމަލުކުރަން ފަށައިފިއެވެ.

މިއަދު ސަރުކާރުން ގެޒެޓްކުރި މި އިސްލާޙު ގައި ބުނެފައިވަނީ އިދާރާތަކުގެ އޮނިގަނޑުތަކުގައި ހިންގުމުގެ ޒިންމާއާއި ވަކި ހާއްސަ ޒިންމާއެއް އަދާކުރުމަށް ކަނޑައަޅައިފައިވާ މަގާމުތައް ދައުލަތުގެ ޕޭ ފްރޭމްވޯކަށް ހިޖުރަކުރުމުގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް ނޭޝަނަލް ޕޭ ކޮމިޝަނަށް ހުށަހެޅުމުގެ އިހްތިޔާރު އެ އިދާރާއަކަށް ލިބިގެންވާ ކަމަށެވެ.

މީގެ އިތުރުން މަރުކަޒީ އިދާރާއަކުން ރެކްރޫޓްމަންޓުގެ މަސައްކަތްތައް ރެގިއުލޭޓްކުރާ ހާލަތްތަކުގައި އެ ކަމެއް ހުށަހަޅާނީ އެފަދަ މަރުކަޒީ އިދާރާއަކުން ކަމަށެވެ. އަދި އެފަދަ މަގާމުތައް ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުކުރާނީ، ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމާ ގޮތެއްގެ މަތިން ކަމަށެވެ.

ހަމަމިޔާއެކު މި މިންގަނޑުގެ ދަށުން މުވައްޒަފުން ދައުލަތުގެ ޕޭ ފްރޭމްވޯކަށް ހިޖުރަ ކުރުމުގައި ޖޮބް މެޓްރިކްސްގައި ކަނޑައަޅައިފައިވާ މަގާމަށް ހިޖުރަ ކުރެވޭނީ އެ މުވައްޒަފަކު ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުކުރުމުގެ ކުރިން ހުރި މަގާމުގައި އަދާކުރާ މަސްއޫލިއްޔަތުތަކަކީ ހިޖުރަ ކުރެވޭ ޖޮބް މެޓްރިކްސްގެ ފަންނުގެ މަސްއޫލިއްޔަތުތަކަށް ވާނަމަ ކަމަށް ބުނެފައިވެއެވެެ.

އަދި މި މިންގަނޑުގެ ދަށުން މުވައްޒަފުން ދައުލަތުގެ ޕޭ ފްރޭމްވޯކަށް ހިޖުރަކުރުމުގައި، މުވައްޒަފަކު ހިޖުރަ ކުރާ މަގާމަކީ ވަކި ހާއްސަ ލައިސަންސެއް އޮންނަންޖެހޭ މަގާމަކަށް ވެފައި، މުވައްޒަފުގެ އަތުގައި އެފަދަ ލައިސަންސެއް ނެތް ހާލަތުގައި، އެ މުވައްޒަފަކު ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވުމަށްފަހު ކަނޑައެޅޭ ވަކި މުއްދަތެއްގެ ތެރޭގައި އެ ލައިސަންސް ނަގަންޖެހޭނެ ކަމަށް އެއިސްލާހުގައި ވެއެވެ.

އިސްލާހުގައި ވާގޮތުން "ރަސްމީ ބަންދު ދުވަސް" ތައް ފިޔަވައި އެހެން ދުވަސްދުވަހު އިތުރުގަޑީގެ ފައިސާ ހިސާބުކުރާނީ ދައުލަތުގެ ޕޭ ފްރޭމްވޯކްގެ "މަގާމަށް ކަނޑައަޅައިފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑު" ގައިވާ ގޮތުގެ މަތިން އަސާސީ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރު 1.25 އާ ގުނަކޮށްގެން އަންނަ އަދަދު، އެ މުވައްޒަފު އަށް ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކޮށްފައިވާ ވަގުތާ ގުނަކޮށްގެންނެވެ.

އަދި "ރަސްމީ ބަންދު ދުވަސް" ތަކުގެ ތެރޭގައި ހިމެނޭ ދުވަހެއް ނަމަ، އިތުރުގަޑީގެ ފައިސާ ހިސާބުކުރާނީ ދައުލަތުގެ ޕޭ ފްރޭމްވަރކްގެ "މަގާމަށް ކަނޑައަޅައިފައިވާ މުސާރައާއި ޢިނާޔަތްތަކުގެ މިންގަނޑު" ގައިވާ ގޮތުގެ މަތީން އަސާސީ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރު 1.5 އާ ގުނަކޮށްގެން އަންނަ އަދަދު، އެ މުވައްޒަފެއްގެމަސައްކަތްކޮށްފައިވާ ވަގުތާ ގުނަކޮށްގެން ކަމަށްވެސް ބުނެފައިވެއެވެ..

ހުކުރު ދުވަސްތަކާއި ރަސްމީ ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގެ ތެރެއިން، އިދާރާއިން އާންމުކޮށް މަސައްކަތް ކުރުމަށް ކަނޑައަޅައިފައިވާ ދުވަސްތަކާއި ކަނޑައަޅައިފައިނުވާ ދުވަސްދުވަހު މުވައްޒަފު އިދާރާއަށް ހާޒިރުވެ، އާންމު އުސޫލުން އިދާރާގެ ރަސްމީ މަސައްކަތު ގަޑީގެ ގޮތުގައި ކަނޑައަޅައިފައިވާ ޖުމުލަ ވަގުތުގެ މަދުވެގެންދެބައިކުޅައެއްބައި ވަގުތު މަސައްކަތްކުރާ ހާލަތްތަކުގައި، ހާޒިރީ އިނާޔާތް ލިބޭނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ..

އަދި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ނުވަތަ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ފޯރުކޮށްދީގެން ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތަކާއި، ކުރުމުއްދަތުގެ ޓްރޭނިން ކޯސްތަކާ ގުޅިގެން ވިސާ ނެގުމަށް ރާއްޖެއިން ބޭރަށް ފޮނުވާ މުވައްޒަފުންނަށް ޕޮކެޓްމަނީ ނުލިބޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެއެވެ.  .

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.