ދިވެހި ހައްޖާޖީން/ ފޮޓޯ: ހައްޖު ކޯޕަރޭޝަން
ހަބަރު
10 Mar 2023 | 09:23
ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ހައްޖު ކޯޓާއިން ޖާގަތަކެއް ދެނީ!

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހައްޖަށް ގެންދަން ލިބޭ ކޯޓާގެ ތެރެއިން، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ވަކި އަދަދެއް ހާއްސަ ކުުރުމަށް ނިންމާ އެ ޖާގަތަކަށް ހުޅުވާލައިފި އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި މި އަހަރު ޙައްޖު ކޯޕަރޭޝަނަށް ލިބޭ ކޯޓާގެ ތެރެއިން ފަސް ޕަސެންޓް ހާއްސަ ކުރާނީ ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަހަންމަލު ކުރަމުންދާ މީހުންނަށެވެ.

ނަމަވެސް އެއީ ހައްޖަށް ދިއުމަށް ފައިސާ ދައްކާ ހައްޖު ޖާގަ ލިސްޓަށް އަރާފައިވާ މީހުންނަށް ވާން ޖެހޭނެ ކަމަށާއި އަދި ފަރުލު ހައްޖު އަދާކޮށްފައިނުވާ މީހަކަށްވެސް ވާން ޖެހޭނެކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

އެ ކޯޕަރޭޝަނުން ވަނީ މާޗް ނުވަވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ހައްޖު ޖާގަ ލިސްޓްގައި ހިމެނިފައިވާ، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން ފަރުލު ހައްޖު އަދާކޮށްފައިނުވާ މީހުން ޖާގައަށް އެދި ހުށަހެޅުމަށް ހުޅުވާލާފައެވެ. އަދި ހުށަހެޅުންތައް ބަލައިގަނެވޭނެ އެންމެ ފަހު ތާރީހަކީ މި މަހުގެ 21 ވަނަ ދުވަސްކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މި އަހަރަށް މިހާރު ރާއްޖެއަށް ވަނީ 1000 ކޯޓާ ދީފަ އެވެ. އެހެން ނަމަވެސް އަދި އިތުރު ކޯޓާ ލިބޭނެކަމަށް އުންމީދުކުރައްވާކަމަށް އިސްލާމިކް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ މީގެ ކުރީން ވެސް ކޯޓާތައް ދޫކޮށް ނިމުމުން ސައުދީ ސަރުކާރުން އިތުރު ކޯޓާ ދޭ ކަމަށެވެ.

ރާއްޖެއަށް ދޫކުރާ ކޯޓާއި 50 އިންސައްތަ ދެނީ ހައްޖު ކޯޕަރޭޝަނަށެވެ. ބާކީ އަމިއްލަ ގުރޫޕްތަކަކަށެވެ.

ސަރުކާރުން މިހާރު ވަނީ ރާއްޖެއަށް ދޭ ހައްޖު ކޯޓާ، 2500 އަށް އިތުރު ކޮށްދޭން ސައުދީ ސަރުކާރުގައި އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.