ކެއާރ ސޮސައިޓީގެ އަހަރީ ޖަލްސާގެ ތެރެއިން--ފޮޓޯ: ވޮއިސް
ހަބަރު
10 Mar 2023 | 10:06
ކެއަރ ސޮސައިޓީގެ 24 ވަނަ އަހަރީ ޖަލްސާ ބާއްވައިފި

ކެއަރ ސޮސައިޓީގެ 24 ވަނަ އަހަރީ ޖަލްސާ މިއަދު ބާއްވައިފިއެވެ.

މިޖަލްސާގައި ފާއިތުވީ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ހުށައަޅައިފައިވެއެވެ. އަދި ޖަމިއްޔާގެ ހުސްވެފައިވާ މަޤާމުގަތަކަށް މެމްބަރުން ވަނީ ހޮވައިފައެވެ. އަދި މީގެ އިތުރުން ކެއަރ ސޮސައިޓީގެ ހިންގާ ޤަވާއިދު އިސްލާހުކޮށް ފާސްކޮށްފައިވެއެވެ.

އަދި ފާއިތުވިއަހަރު ޖަމިއްޔާއަށް އެކި ގޮތްގޮތުން އަގުހުރި ޚިދްމަތްތައް ކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަން ކޮށް އެފަރާތްތަކަށް ހަނދާނީ ސެޓްފިކެޓް ދިނުންވެސް މިޖަލްސާގައި ކުރިއަށް ދިޔައެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ކެއަރ ސޮސައިޓީ ބޯޑުގެ ރައީސް އިސްމާއިލް އަދުހަމް ވިދާޅުވީ ކެއާ ސޮސައިޓީގެ ޚިދްމަތްތައް މައިގަނޑު 3 ދާއިރާއަކަށް ބަހައިލެވިފައި ވާކަމަށެވެ. ފުރަތަމަ ކަމަކީ ކުދިންގެ ޅަފަތުގައި އާރލީ އައިޑެންޓިފިކޭޝަން އަދި އާރލީ އިންޓަވެންޝަން ފޯރުކޮށްދިނުން ކަމަށެވެ. އަދި މިއީ ކެއާ ސޮސައިޓީއިން އެންމެ މުހިންމުކަމެއް ދޭ ޕްރޮގްރާމް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެންމެ އިސްކަމެއް ދެނީ މި ޕްރޮގްރާމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި އަދުހަމް ފާހަގަ ކުރެއްވީ ސްކޫލް ނިންމާ ކުދިންނަށް އާމްދަނީ ހޯދޭނެ ގޮތެއް ނުވަތަ ވަޒީފާއަށް ނެރުމަށް ހިންގޭ ޕްރޮގްރާމް ކަމަށެވެ. އަދި ތިންވަނަ ކަމަކީ ތެރަޕީ އަދި ރިހެބިލިޓޭޝަން ޕްރޮގްރާމް ކަމަށް އަދުހަމް ވިދާޅުވިއެވެ.

ކެއާރ ސޮސައިޓީގެ އަހަރީ ޖަލްސާގެ ތެރެއިން--ފޮޓޯ: ވޮއިސް

މިއަހަރަކީ ކެއާ ސޮސައިޓީއަށް 25 އަހަރު ފުރޭ އަހަރަށް ވާޓީ އެކަން ކުލަގަދަކޮށް ފާހަގަ ކުރުމަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަސް ގެންދިޔުމަށް ރާވާފައިވާ ކަމަށް އަދުހަމް ވިދާޅުވިއެވެ.

އެގޮތުން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ފުރަތަމަ ކަމަކީ ކެއާ ސޮސައިޓީގެ އައު މިސްރާބު އެކުލަވާލާ ސްޓްރެޖެޓިކް ޕްލޭން އިސްލާހު ކުރުން ކަމަށާއި، މިކަމަށްޓަކައި ސްޓޭކްހޯލްޑަ ފޯރަމެއް މިއަހަރު ތެރޭގައި ބާއްވާނެ ކަމަށާއި އަދި 25 އަހަރުގެ ދިގު ދަތުރު ޢާންމުންނާއި ހިއްސާކުރުމުގެ ގޮތުން ޕްރޮގްރާމްތަކެއް ހިންގޭނެ ކަމަށާއި، އަދި މީގެ އިތުރުން މިއަހަރު ފަހު ކޮޅު ވަރަށް ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.

އެއްފުރާޅެއްގެ ދަށުން ތަފާތު ޚިދްމަތްތައް ލިބޭނެ ގޮތަކަށް މަރުކަޒެއް ހެދުމުގެ ކޮންސެޕްޓް ކުރިއަށް ދާކަން އަދުހަމްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

ކެއާރ ސޮސައިޓީގެ އަހަރީ ޖަލްސާގެ ތެރެއިން--ފޮޓޯ: ވޮއިސް

"ކުދިންނަށް ބޭނުންވާ ތެރަޕީ، އިންޓަވެންޝަން އަދި ވޮކޭޝަނަލް ޕްރޮގްރާމްތައް ރޭވިފައި މިހުންނަނީ ވަކިވަކި ދާއިރާތަކުގައި، މިގޮތަށް ރޭވިފައި ހުރުމުން ބެލެނިވެރިންގެ މުޅިދުވަސް ހޭދަކުރަންޖެހެނީ  މިތަންތަނަށް ކުދިން ގެންގޮސް ގެނައުމުގައި، އިރާދަ ކުރެއްވިއްޔާ ކެއާ ސޮސައިޓީ އިން މަސައްކަތް ކުރަމުން މިގެންދަނީ ހެނދުނު ކުއްޖާ ގެނެސް އަޅުގަނޑުމެންނާއި ހަވާލުކުރުމަށް ފަހު މެންދުރު ފަހު ކުއްޖާ ގެއަށް ފޮނުވޭގޮތަށް ޚިދްމަތް ރޭވޭތޯ، މިހެން ރޭވިއްޖެނަމަ ކުއްޖާ އަށް ބޭނުންވާ ތެރަޕީ، ވޮކޭޝަނަލް ޕްރޮގްރާމް އަދި ޑޭ ކެއާގެ ޚިދްމަތް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ، މިއީ ބެލެނިވެރިންނަށޤ ލިބިގެންދާނެ ވަރަސް ބޮޑު ފަސޭހައެއް" އަދުހަމް ވިދާޅުވިއެވެ.  

ކެއާރ ސޮސައިޓީގެ އަހަރީ ޖަލްސާގެ ތެރެއިން--ފޮޓޯ: ވޮއިސް

ކެއާ ސޮސައިޓީގެ ޚިދްމަތްތައް މާލޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަދުހަމްގެ ވާހަކައިގައި ވިދާޅުވިއެވެ. އެގޮތުން މިއަހަރުތެރޭގައި ހދ ކުޅުދުއްފުށީގައި ކެއާ ސޮސައިޓީގެ ޚިދުމަތްތައް ފެށޭތޯ މަސައްކަތް ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހުޅުމާލެ ފޭސް 2ގައި ދިރިއުޅޭ ފަރާތްތަކަށް އެތަނުގެ ޚިދްމަތްތައް ބޭނުންވާކަން ފާހަގަ ކުރެވިފައި ވާކަމަށާއި، އެހެންކަމުން އެޗްޑީސީ އާއި ގުޅިގެން ފޭސް2 ގައި ކެއާ ސޮސައިޓީގެ ޚިދްމަތްދޭނެ ތަނެއް ތައްޔާރު ކުރެވެމުން ދާކަމަށާއި، އުންމީދަކީ އޮގަސްޓު ކުރީ ކޮޅުގައި އެތަނުގެ ޚިދްމަތް ފެށުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި އެތަނުން ކުދިންގެ އިންޓަވެންޝަން ތެރަޕީ އަދި ވޮކޭޝަނަލް އެޑިޔުކޭޝަން ޚިދްމަތް ދެވޭނެކަމަށް އަދުހަމް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.