ހަބަރު
10 Mar 2023 | 12:58
އުމުރުގެ ދުވަސްތަކަށް ނިމުމެއް އަންނާނެ އިރެއް ނޭނގޭ؛ ވެހޭތާ ފެންނަގާ!: ޚުތުބާ

އިންސާނާގެ ޢުމުރުގެ ދުވަސްތަކަށް ނިމުމެއް އަންނާނެ ކަމަށާ އެހެން ނަމަވެސް އެއީ ކޮންއިރަކު، ކޮންތާކު، ކިހިނެއް ކަމެއް އެކަކަށްވެސް ނޭނގޭ ކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފައެވެ. 

ޝަޢުބާން މަހުގައި ހެޔޮ ޢަމަލު ކުރުމުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ހުތުބާގައި ބުނީ، މި މަހަކީ ހުރިހާ ގޮތަކުން ޚާއްސަ މަހެއް ކަމަށެވެ. 

"މި މަހަކީ އެތައް ގޮތަކުން ޚާއްސަ މަހެކެވެ. ރަމަޟާން މަހަށް މަރްޙަބާ ކިޔުމަށް ތައްޔާރުވަމުން އަންނަ މައްސަރަކަށް ވުމުންނެވެ. ޝަޢުބާން މަހުގެ ހަނދު ފެނުމާއެކު، ރޯދައިގެ މާތްކަމާއި، ރޭއަޅުކަމާއި ހެޔޮ ޢަމަލުތައް ކޮންމެ މުސްލިމެއްގެ ހިތަށް ވަންނާތީއެވެ. ޝައުބާންމަހު، އަޅުކަމުގައި ހީވާގިވުމަކީ، ރަމަޟާމަހު އަޅުކަމުގައި މަޝްޣޫލުވުމަށް ލިބޭ ތަމްރީނެއް ކަމުގައި ވާތީއެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

މިއާއެކު ޚުތުބާގައި ބުނީ ސިއްޙީ ގޮތުންނާއި ޢުމުރުގެ ގޮތުން، އެކި މީހުންގެ ޙާލަތު ތަފާތު ކަމަށާ، އެހެންކަމުން އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ހެޔޮ ޢަމަލު ކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

"މާތް ނަބިއްޔާ ގެ އިރުޝާދުފުޅުތަކަށް ބަލާއިރު، މާތްالله ގެ ޙަޟްރަތުގައި ހެޔޮ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮކަންބޮޑީ ދެމިހުންނަނިވި ގޮތުގައި ކުރެވޭ ހެޔޮ ޢަމަލެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

މީގެ އިތުރުން ޚުތުބާގައި ވަނީ ކޮންމެ މީހެއްގެ ހަޔާތަށްވެސް ނިމުމެއް އަންނާނެކަމަށާ، އެހެންނަމަވެސް އެ ނިމުން އަންނާނީ ކޮންއިރަކު، ކިހިނެއް، ކޮންތާކު ހުއްޓާކަން އެއްވެސް މީހަކަށް ނޭނގޭ ކަން ހަނދާންކޮށްދީފައެވެ.

އެހެންކަމުން، ވެހޭތާ ފެންނަގައި ދުނިޔޭގައި ލިބިފައިވާ މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ހެޔޮ ޢަމަލު ކުރުމުގައި އަވަދިނެތި އުޅެވޭތޯ މަސައްކަތް ކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. 

އެހެނީ ގިނަ ގިނައިން ހެޔޮ ޢަމަލު ކުރުމަކީ ގަސްތަކާއި ނުލައި އަހަރެމެންނަށް ކުރެވޭ ފާފަތަކުން ސަލާމަތް ކުރައްވާނޭ ކަމެއް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. އެހެންކަމުން މިފަދަ ބަރަކާތްތެރި މޫސުމެއްގައި ރަސޫލާ ޞޢވ ނަމޫނާ ދައްކަވާފައިވާ ފަދައިން ހެޔޮ ޢަމަލު ކުރުމުގައި ދެމި ތިބުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.