ތިލަފުށި--
ހަބަރު
10 Mar 2023 | 16:39
ގުޅިފަޅާއި ތިލަފުށި ފަޅުގައިވާ އުޅަނދުތައް ނަގާ އުސޫލު އާއްމުކޮށް އަމަލު ކުރަން ފަށައިފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބެލުމުގެ ދަށުގައިވާ މާލެއަތޮޅު ގުޅިފަޅު އަދި ތިލަފުށި ފަޅު ތެރެއަށް ދޫކޮށްލާފައިވާ އުޅަނދުތަކާއި ތަކެތި ނަގާނެ އުސޫލެއް އެކުލަވާލައި އެއަށް އަމަލުކުރަން ފަށައިފިއެވެ.

ގުޅިފަޅު އަދި ތިލަފުށި ފަޅު ތެރެއަށް ހުސްކުރުމާއި ގުޅިގެން އެޗްޑީސީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ އެ ސަރަހައްދުގައި އެޗްޑީސީގެ ހުއްދަ އާއި ނުލައި ބަހައްޓާފައިވާ ތަކެތީގެ ސަބަބުން އެ ސަރަހައްދުގައި ހިންގުމަށް ރާވާފައިވާ މަޝްރޫއުތަށް ހިންގުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. 

އަދި ގުޅިފަޅު އަދި ތިލަފުށި ފަޅު ތެރެއަށް ދޫކޮށްލާފައިވާ އުޅަނދުތަކާއި ތަކެތި ނެގުމަށް އެކޯޕަރޭޝަނުން ތަކުރާރުކޮށް އާންމުކޮށް އިއުލާން ކުރުމުން ވެސް ބައެއް ފަރާތްތަކުން އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށާ އެހެންކަމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އިއްޔެ "ކ. ތިލަފުށްޓާއި ކ، ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލައިފައިވާ އުޅަނދުފަހަރާއި ތަކެއްޗާއި މެދު އަމަލު ކުރާނެ ގޮތުގެ އުސޫލު" ގެޒެޓް ކޮށްފައިވާ ކަމަށެވެ.

އަދި މީގެ އިތުރުން، އެ އުޅަނދުތައް ނުނެގުމުގެ ސަބަބުން އެސަރަހައްދު ބޭނުން ކުރާ ފަރާތްތަކަށް ދަތިވެ، އަދި އެސަރަހައްދުގެ ތިމާވެއްޓަށް ވެސް އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުންވަމުން އަންނަ ކަންވެސް އެޗްޑީސީން ބުނެއެވެ.

އެހެން ކަމުން އެޗްޑީސީން އެ ނެރުނު އުސޫލުގައިވާ ގޮތުގެ މަތިން ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުތަކަކީ ކޮބައިކަން ކަނޑައަޅާ އެ އުޅަނދުތައް ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް އެކޯޕަރޭޝަނުގެ ފަރާތުން ކުރަމުން ގެންދާނެ ކަމަށްވެސް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.