އައިޑީ ކާޑު ފަރުމާކުރި ކުންފުންޏާއެކު އެއްބަސްވުން ހެދުން/
ހަބަރު
11 Mar 2023 | 11:12
އާ އައިޑީ ކާޑު ފަރުމާކޮށްގެން އެއްވަނައަށް އައި އެންކްރިއާ އާއެކު އެއްބަސްވުން ހަދައިފި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު މުޅިން އާ ޑިޒައިނަކަށް ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ހުޅުވާލި ފުރުސަތުގައި އެއްވަނަ އަށް ހޮވުނު ހުށައެޅުން ހުށައެޅި ކުންފުންޏާއެކު އެއްބަސްވުން ހަދައިފި އެވެ.

އައިޑީކާޑަށް އެންމެ ފުރިހަމަ ޑިޒައިނެއް ހުށައަޅާ ފަރާތަކަށް އިނާމެއްގެ ގޮތުގައި ދެ ލައްކަ ރުފިޔާ ހުށައަޅާފައި ވެއެވެ. 

ޑީއެންއާރް އިން ބުނި ގޮތުގައި އައިޑީކާޑު ފަރުމާ ކުރުމަށް ހުޅުވާލި ފުރުސަތުގައި އެއްވަނަ އަށް ހޮވުނީ "އެންކްރިއާ ޕްރައިވެޓް ލިމިޓެޑް" އިން ހުށައެޅި ހުށައެޅުމެވެ. އަދި އެ ކުންފުންޏާއެކު ޑީއެންއާރް އިން މިހާރު ވަނީ އެއްބަސްވުން ހަދާފައެވެ.

އެންކުރިއާ ކުންފުންޏަކީ 2019 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ. ކުޅަދާނަ ދިވެހި ޒުވާނުންތަކަކަށް ނިސްބަތްވާ އެ ކުންފުނީގައި ތަޖުރިބާކާރު ޑިޒައިނަރުންނާއި ޑިވެލޮޕަރުން ހިމެނެއެވެ. 

އެންމެ ފަހުން އޮތް ސާފް ޗެންޕިއަންޝިޕްގެ ބްރޭޑިން ތައްޔާރު ކުރީވެސް "އެންކްރިއާ ޕްރައިވެޓް ލިމިޓެޑް" އިންނެވެ. އެއީ ދިވެހީންގެ މެދުގައި ވަރަށް މަގުބޫލުވި ބްރޭޑިންއަކަށް ވިއެވެ.

ޑީއެންއާރް އިން އައިޑީ ކާޑުގެ ޑިޒައިން ބަދަލު ކުރަން ނިންމާފައި ވަނީ ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަން 2021 ފެބްރުއަރީ މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޒީރުންގެ މަޖިލީހުގައި ނިންމެވުމާއި ގުޅިގެންނެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ އައިޑީ ކާޑަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި 1984 ވަނަ އަހަރު ފަރުމާކޮށްފައިވާ ޑިޒައިނަކަށް ތައްޔާރުކޮށްފައިވާ ކާޑެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.