ބެއިޖިން ގައި ސަޢޫދީ އިރާން އަދި ޗައިނާ އިން ބައިވެރިވި މަޝްވަރާ ތަކުގެ ތެރެއިން
ދުނިޔެ
11 Mar 2023 | 12:09
ސަޢޫދީޢަރަބިއްޔާ އާއި އިރާނުން ގުޅުން ބަދަހުކުރުމަށް އެއްބަސްވެއްޖެ

ސަޢޫދީޢަރަބިއްޔާ އާއި އިރާނުން ދެޤައުމުގެ ދެމެދުގައި ހީނަރުވެފައިވާ ގުޅުން ބަދަހި ކުރުމަށް އެއްބަސް ވެއްޖެއެވެ.

ހުކުރުދުވަހު ބެއިޖިން ގައި ބޭއްވުނު މަޝްވަރާ ތަކަށްފަހު ދެ ޤައުމުން ނިންމައިފައިވަނީ ދެމަސް ދުވަސް ތެރޭގައި ދެޤައުމުގައި އެމްބަސީ ހުޅުވައި ދެ ޤައުމުގެ ޑިޕްލޮމޮޓިކް ގުޅުންތައް އަލުން ފެށެމަށެވެ. "ފައިދާހުރި މަޝްވަރާ ތަކަކަށްފަހު ދެޤައުމުގެ ފޮރިން މިނިސްޓްރީ އިން ގުޅުން ބަދަހި ކުރުމާއި މެދު އިތުރު މަޝްވަރާ ތައް ކުރުމަށް ބައްދަލު ކުރާނެ" އިރާންގެ ޤައުމީ ޓީވީ އިން ބުނެފައިވެއެވެ.

ސަޢޫދީގެ ޤައުމީ މީޑިއާއިން ވެސް ވަނީ ދެޤައުމުން އަލުން ގުޅުންތައް ރަނގަޅުކުރަން މަޝްވަރާކޮށް އެއްބަސް ވެވުނު ކަން ޔަޤީންކޮށްދީފައެވެ. އެގޮތުން ސަޢޫދީޢަރަބިއްޔާ އާއި އިރާނުންވެސް އެއްގައުމުން އަނެއް ޤައުމުގެ އެތެރޭގެ ސިޔާސަތު ތަކާއި ނުބެހުމަށާއި، އެއްޤައުމުން އަނެއް ޤައުމުގެ އިސްތިޤްލާލަށް ނުފޫޒު ނުފޯރުވުމަށް  އެއްބަސްވެފައިވެއެވެ.

އަދި 2001 ވަނަ އަހަރު އެކުލައިލެވުނު ސެކިޔުރިޓީ ކޯޕަރޭޝަން އެއްބަސްވުމަށް ޢަމަލު ކުރުމަށް ވެސް ދެ ޤައުމުން އެއްބަސް ވެފައިވެއެވެ.

ދެ ޤައުމުގެ ދެމެދުގައި ހުރި ސާފުނުވެ ހުރި ކަންކަން ސާފުކޮށް ހެދުމާއި ކުރިމަގުގައި ރިޔާދާއި ތެހެރާން އާއި ދެމެދު ގާއިމް ކުރެވޭނެ ގުޅުންތަކުގެ ސަބަބުން ގަލްފް ސަރަހައްދުގައި ހިމެނޭ ފާރިސީ ޤައުމުތަކާއި އިސްލާމީ އެހެން ޤައުމުތަކަށް ހެޔޮ ރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް ސަޢޫދީ އިން ބުނެފައިވެއެވެ.

ސަޢުދީ އާއި އިރާން އާއި ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުންތައް ކެނޑިގެން ދިޔައީ 2016 ވަނަ އަހަރު އިރާންގައި ކުރި މުޒާހަރާއެއްގައި މުޒާހަރާގެ ބައިވެރިން ސަޢޫދީގެ އެމްބަސީއަށް ވެދެ ދިން ގެއްލުންތަކެއްގެ ސަބަބުންނެވެ.

އިރާންއަކީ ޝީޢާ މުސްލިމުންގެ އާބާދީ ބޮޑު ޤައުމެކެވެ. އެއާއި ޚިލާފަށް ސަޢޫދީ އަކީ ސުންނީ މުސްލިމުންގެ އާބާދީ ބޮޑު ޤައުމެކެވެ. ޝީޢީން ނާއި ސުންނީގެ ދެމެދުގައި އަބަދުވެސް ޚިޔާލު ތަފާތުވުންތަކާއި އަރައިރުންތައް ބޮޑެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.