ރައީސް ނަޝީދާއި މެމްބަރު އިބްރާހިމް ޝަރީފު
ހަބަރު
12 Mar 2023 | 06:07
ޕާޓީ އެތެރެ ގަޑުބަޑުކުރާ މީހަކަށް އިސް މަގާމެއްގައި ނުހުރެވޭނެ: ޝަރީފު

އެމީހަކު ނިސްބަތްވާ ސިޔާސީ ޕާޓީގެ އެތެރެ ގަޑުބަޑު ކުރާ މީހަކަށް، އެ ޕާޓީގެ އިސް މަގާމެއްގައި ހުރެވިގެން ނުވާނެކަމަށް މަޖިލީހުގެ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފު މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގަ އެވެ. އޭނާގެ އެ ޓްވީޓަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މަސައްކަތްޕުޅަށް ނުސީދާގޮތުން އަމާޒުކުރެއްވި ރައްދެއްކަމަށް ބެލެވެއެވެ. 

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ލިބިވަޑައިގަތުމާއެކު، ނަޝީދާއި އޭނާއަށް ތާއީދު ކުރައްވާ މެމްބަރުން ގެންދަވަނީ އެމްޑީޕީގެ ތެރެއިން "ފިކުރެއްގެ ދިރުން" ނަމުގައި ގޮތްޕެއް އުފައްދާ އެ ގޮތްޕަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. 

އެއާއެކު އެމްޑީޕީގެ ދެ ރައީސުންނަށް ތާއީދުކުރައްވާ މެމްބަރުންގެ މެދުގައި ބަދަލު ކުރަމުންދިޔަ ބަހުގެ ހަމަލާތައްވެސް ވަނީ ހޫނުވެގެން ގޮސްފަ އެވެ. 

އެގޮތުން ނަޝީދަށް ގިނަ ފާޑުކިޔުންތަކެއް މީގެ ކުރިންވެސް އަމާޒުކުރައްވާފައިވާ ޝަރީފު ވިދާޅުވީ ދުނިޔޭގެ އެއްވެސް ތަނެއްފައި އެންޓި-ޕާޓީ ހަރަކާތް ހިންގާ މީހަކަށް އެ ޕާޓީއެއްގައި ނުހުރެވޭނެ ކަމަށެވެ. 

އެހެން ނަމަވެސް ރާއްޖޭގައި މިހާރު ކަންކަން ހިނގަމުންދަނީ އެ މަގަށްކަމަށް އޭނާ ވިދާޅުވި އެވެ.

"ދުނިޔޭގެ އެއްވެސް ތަނެއްގައި އެންޓި-ޕާޓީ ހަރަކާތް ހިންގަމުން ޕާޓީގެ އިސް މަގާމެއްގައި ނުހުރެވޭނެ. ރާއްޖޭގައި އެހެނަސް ކަން އެ މަގަށް އެބަ ހިނގާ"

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް

އެމްޑީޕީ އިސްވެ އޮވެ ހިންގާ ސަރުކާރަށް ކުޑަމީސްވާ ގޮތަށް، އަދި ސަރުކާރުން ކުރާ ކަންކަމަށް ފާޑުކިޔައި، ސަރުކާރު ބަދުނާމުވާ ގޮތަށް ނަޝީދާއި އޭނާގެ ވަފާތެރިން ވާހަކަދައްކަަވަމުންދާކަން ފާހަގަކުރައްވާ ނަޝީދާއި މެދު ފިޔަވަޅު އެޅުމަށް މީގެ ކުރިންވެސް ޝަރީފު ވަނީ ގޮވާލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.