ސީރިޔާގެ ހަލަބްގެ އެއަރޕޯޓް
ހަބަރު
12 Mar 2023 | 06:02
އިޒްރާއިލްގެ ހަމަލާއަށްފަހު ހަލަބް އެއަރޕޯޓު ހުޅުވައިފި

އިޒްރާއިލުން ސީރިޔާގެ ހަލަބް އެއަރޕޯޓަށް ދިން ހަމަލާއަށް ފަހު އެ އެއަރޕޯޓު ހުޅުވައިފިއެވެ.

މިދިޔަ އަންގާރަދުވަހު ހަލަބް އެއަޕޯޓަށް ވައިގެ މަގުން ދިން ހަމަލާތަކުގެ ސަބަބުން ރަންވޭއަށް ލިބިނު ގެއްލުން ތަކުގެ ސަބަބުން އެހީގެ ތަކެތި ހިފައިގެން ހަލަބް އެއަރޕޯޓަށް ދިޔް ބޯޓުތައް ވަނީ އަނބުރާ ގޮސް ލަޓާކިއާ އަދި ދަމަސްކުސް އެއަރޕޯޓަށް ޖައްސައިފައެވެ. އަދި މީގެ އިތުރުން އެ އެއަރޕޯޓަށް ޖައްސަން އައި ހުރިހާ ފްލައިޓް ތަކެއްވެސް ވަނީ އަނބުރާ ގޮސް އެހެން ތަންތަނަށް ޖައްސައިފައެވެ.

ސިރިޔާގެ ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ހުކުރުދުވަހުގެ 8 ކުން ފަށައިގެން އެއަރޕޯޓް ހުޅުވާލި ކަމަށާއި ހަލާކުވެފައި ހުރި ހުރިހާ ތަނެއް މަރާމާތު ކުރެވިފައިވާކަމަށެވެ.

ސީރިޔާގައި ހަރަކާތްތެރިވާ އިންސާނީ ހައްޤުތަކަށް ގޮވާލާ ޖަމާޢަތަކުން ބުނެފައިވަނީ އިޒްރާއިލްގެ ހަމަލާތަކުގައި ތިން މީހަކު މަރުވެފައި ވާކަމަށެވެ.

މިފަދަ ހާލަތެއްގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ބޭނުންވާ އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ބޭނުކުރެވެމުންދާ ދޮރެއް ބަންދުވުމުކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ސީރިޔާ އަށް ކަނޑައަޅުއްވައިފައި ހުރި ޔޫއެން ގެ ކޯޑިނޭޓަރ އަލް މުސްޠަފާ ބެންލަމްލިހް ވަނީ ވިދާޅުވެފައެވެ.

އަންގާރަ ދުވަހު އިޒްރާއިލުން ދިން މި ހަމަލާއަކީ ސީރިޔާ އާއި ތުރްކިޔޭ އަށް އައި ބިންހެލުން ތަކުގެ ފަހުން ސީރިޔާ އަށް އިޒްރާއިލުން ދިން  ދެވަނަ ހަމަލާއެވެ.

ފެބްރުއަރީ 19 ވަނަ ދުވަހު އިޒްރާއިލުން ވަނީ ސީރިޔާގެ ދަމަސްކަސް ގެ އެއަރޕޯޓަށް ވެސް ހަމަލާދީފައެވެ. މި ހަމަލާތަކުގެ ސަބަބުން 15 މީހަކު ވަނީ ނިޔާވެފައެވެ.

ފާއިތުވި އަހަރުތަކުގައި އިޒްރާއިލުން ވަނީ ސީރިޔާގެ ހަލަބް އަދި ދަމަސްކަސް ގެ އެއަރޕޯޓަށް ދޭތެރެދޭތެރެއިން ހަމަލާދީފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.