އާގަލަ ބޯޓުގައި އަލިފާން ރޯވެފައި
ހަބަރު
12 Mar 2023 | 15:20
އާގަލަ ބޯޓުން ގެއްލުނު މީހާ ހޯދުން ހުއްޓާލައިފި

އައްޑޫ ހިތަދޫ ބޯޓެއް ކަމަށްވާ އާގަލަ ބޯޓުން ގެއްލުނު އިންޑިޔާ މީހާ ހޯދުމަށް ކުރަމުންދިޔަ މަސައްކަތް ހުއްޓާލައިފި ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އާގަލަ ބޯޓުން ގެއްލުނު މީހާ ގެއްލުނީ އައްޑޫ އިން ފުރައިގެން މާލެ އަށް ދަތުރު ކުރަމުން ދަނިކޮށް މ ތުވަރު ކައިރިއަށް އަޑިއަށް ގޮސްގެނެވެ. ބޯޓު އަޑިއަށް ދިޔައީ އެ ބޯޓުގައި އަލިފާން ރޯވެގެނެވެ.

ބޯޓު އައްޑޫއިން ފުރައިގެން އައީ 15 މީހަކާއި އެކުއެވެ. ބޯޓުގައި އަލިފާން ރޯވުމުން ބޯޓުގައި ތިބި 15 ފަޅުވެރިންވެސް ފުއްމާލިކަމަށް ބޯޓުގެ ފަޅުވެރިން ވަނީ ބުނެފައެވެ. އެމްއެންޑީއެފް ކޯސްޓުގާޑުން ސަލާމަތް ކޮށްފައިވަނީ 14 މީހުންނެވެ.

ބޯޓުން ގެއްލުނު އިންޑިޔާ މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ސަރޗް އޮޕަރޭޝަން 72 ގަޑިއިރަށް ކުރިއަށް ގެންގޮސްފައިވެއެވެ. މި އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ޖުމްލަ 2164ސކމ ގެ ސަރަހައްދެއް ބެލިފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ބޯޓުގައި ރޯވިއިރު، ބޯޓުގައި ތިބީ ފަސް ދިވެހިންނާއި އިންޑިއާގެ ފަސް މީހަކާއި އަދި ބަންގްލަދޭޝްގެ ފަސް މީހެކެވެ..

އަލިފާނުގެ ހާދިސާގައި އާގަލަ ބޯޓަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެ އުނޅަދުވަނީ އަޑިއަށް ގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.