މާލެ ސިޓީގެ ސްމާޓް ސްޓްރީޓް ލައިޓް އިފްތިތާހުކުރުން
ހަބަރު
13 Mar 2023 | 20:31
ޑިޖިޓަލް މާލެ ސިޓީ: މާލެ ސިޓީގެ ސްމާޓް ސްޓްރީޓް ލައިޓް އިފްތިތާހުކޮށްފި

މާލެ ސިޓީގެ މިއަހަރުގެ ސްޓެރެޓެޖިކް ޕްލޭން ގެ ދަށުން ޑިޖިޓަލް މާލެ ސިޓީ ގެ އަމާޒަށް ވާސިލް ވުމަށް ލެޑް ސްކްރީން ހިމެނޭ ޑިޖިޓަލް ސްމާޓް ސްޓްރީޓް ލައިޓް އިފްތިތާހުކޮށްފިއެވެ.

މި މަޝްރޫޢު ފެށުމަށް ބޭއްވުނު ރަސްމިއްޔާތައް ފަހު "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން މާލޭ މޭޔަރ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވީ މިއަދު ފެށިގެން މިދިޔައީ ވަރަށް މުހިންމު މަޝްރޫޢެއް ކަމަށެވެ.

ޑރ. މުޢިއްޒު ވިދާޅުވީ ޗައިނާ ސަފީރާއި ބައްދަލުވި ފަހަރަކު މާލެ ސިޓީ ކައުންސިލްގެ މި އަމާޒަށް ވާސިލް ވުމަށް ޗައިނާގެ އެހީއަށް އެދެވުނު ކަމަށެވެ. އެއެދުމުގެ ދަށުން ޔުނާން ޕްރޮވިންސާއި މާލެ ސިޓީ އާއި އޮންނަ ގާތް ގުޅުމުގެ ދަށުން ޔުނާން ޕްރޮވިންސާއި މާލެ ސިޓީ އާއި ދެމެދު ވާހަކަ ދެކެވި އެ ޕްރޮވިންސްގެ ބަޖެޓް ތަންދޭ މިންވަރުން 10 ޕޯލް ހަދިޔާ ކޮށްފައި ވާކަމަށެވެ.

"މިއީ ސީދާ އެމްބަސީގެ ހަދިޔާއެއް ނޫން، އެމްބަސީގެ ހަދިޔާއަކަށް ދެއްވީ މިހާރު މާލޭގައި މިހާރު ބަދަލު ކުރެވިފައިހުރި ސްޓްރީޓް ލައިޓް ތައް، މީ ޔުނާން ޕްރޮވިންސުން އަޅުގަނޑުމެނަށް ދިން ހަދިޔާއެއް، ދެން މިވަގުތު އެބޭފުޅުންގެ ބަޖެޓްގެ ތެރެއިން ދެވެން އޮތީ 10 ޕޯލް، އެހެންވީމަ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި" 

މޭޔަރ މުޢިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ހަރުކުރި މި ޕޯލްތައް ހަރުކޮށްފައިވަނީ ބޮޑުތަކުރުފާނު މަގުގައެވެ. މި މަޝްރޫޢޫ ފައްޓަވާފައިވަނީ ޗައިނާ އެމްބަސީގެ ކުރިމަތީގައެވެ.

މި ހަފްލާގައި ޗައިނާއިން ރާއްޖެއަށް ކަނޑައާޅުއްވާފައިވާ ސަފީރު ހާރ އެކްސިލެންސީ ވެންގް ލިޒިންއާއި ޔުނާން ޕްރޮވިންސްގެ ވަފުދުގެ ވެރިޔާ މިސްޓަރ މާ ޒުއޮޒިން ބައިވެރިވެޑައިގެންނެވިއެވެ. 

މާލެ ސިޓީގައި ހަރުކުރެވުނު ސްމާޓް ސްޓްރީޓް ލައިޓް

ޑރ. މުޢިއްޒު ވިދާޅުވީ މިވަގުތައް ލިބުނު 10 ޕޯލް ބޮޑުތަކުރުފާނު މަގުގައި ހަރުކުރި ނަމަވެސް ކުރިއަށް އޮތް ތަނުގައި މާލޭގެ އެތެރޭގައި މިފަދަ ޕޯލްތައް ހަރުކުރެވޭނެ ކަމަށެވެ.

މޭޔަރު މުޢިއްޒު އިތުރަށް ވިދާޅުވީ އެ ޕޯލްގައި ވައިފައި ރައުޓަރެއް ހުންނަ ކަމަށާއި، ސިޓީ ކައުންސިލުން ހިލޭ ވައިފައި ދޫކުރާނެ ކަމަށެވެ. އަދި ސްމާޓް ސްކްރީނުން ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖްތައް ދެވޭނެ ކަމަށާއި، ވިޔަފާރީގެ އުސޫލުން އިސްތިހާރު ކުރުމަށްވެސް އެ ސްކްރީން ތައް ބޭނުންކުރެވޭނެ ކަމަށެވެ. އަދި އެކަމަށް އުސޫލެއް ކަނޑަ ނާޅާ ކަމަށާއި އެކަމަށް އުސޫލެއް ކަނޑައަޅައި އިއުލާނު ކުރުމަކީ ގެންގުޅޭ ޕްލޭނެއް ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޕޯލްގައި ސްޕީކަރެއް ހުންނަ ކަމަށާއި ކައުންސިލްގެ އެންގުންތައް އެންގުމަށް ސްޕީކަރު ބޭނުންކުރެވޭނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި ޕޯލްގައި މޫސުން ދެނެގަންނަ ސިސްޓަމެއްވެސް ހުންނަ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ ޕޯލްގައި ހުންނަ ކެމެރާއިން ތައް  މޮނިޓަރ ކުރާނީ ސިޓީ ކައުންސިލްގެ ސީސީޓީވީ މޮނިޓަރިންގް ސްޓޭޝަނުން ކަމަށެވެ. އަދި  ފުލުހުން އެދިލައްވާ ކޮންމެ ފަހަރަކު އެ ފުޓޭޖްތައް ލިބޭނެ ކަން މުޢިއްޒު ފާހަގަ ކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.