ގޭބިސީތަކުން ކުނި އުކާލާ ވެމްކޯގެ މުވައްޒަފުން ކުނި އުކާލުމުގެ މަސައްކަތުގައި
ހަބަރު
14 Mar 2023 | 06:28
އޭޕްރީލް މަހުން ފެށިގެން ގޭދޮރުމަތިން ކުނި ނުނަގާނެ: ވެމްކޯ

މި ފެށޭ އޭޕްރީލް މަހުން ފެށިގެން ގޭދޮރުމަތިން ކުނި ނުނަގާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން އިން ބުނެފިއެވެ.

އެކޯޕަރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖު ވިދާޅުވީ އަންނަ މަހުން ފެށިގެން ކުނި ނަގަމުން ދާނީ އިމާރާތުގެ އެންމެ ތިރިން ކަމަށާއި، ގޭދޮރުމަތިން ކުނި ނެގުމުގެ ޚިދްމަތް ދެން ނުދޭނެކަމަށެވެ.

އަންނަ މަހުން ފެށިގެން ވެމްކޯއިން ދެމުންގެންދާ ޚިދްމަތްތަކުގެ ފީ ދެން ނަގާނީ ސްޓެލްކޯގެ ބިލާއި އެއްކޮށްލައިގެން ކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ. އަދި އެކަމަށް ކަނޑައަޅާނެ އަގުތަކެއް ނިންމިފައި ނުވިޔަސް އެކަމާއި މެދު ސްޓެލްކޯ އާއި އެކު މަޝްވަރާ ކުރެވެމުންދާ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރ ސިރާޖް ވިދާޅުވީ ވެމްކޯއަށް ލިބެންޖެހޭ އާމްދަނީގެ ބޮޑު ބައެއް ނުލިބިވާކަމަށެވެ. އެހެންނަމަވެސް މި ގެނައި ބަދަލާއެކު ބިލަށް ފައިސާ ހޯދުމުގައި މިހާރު ދިމާވަމުންދާ ދަތިތައް ހައްލުވާނެ ކަމަށް ސިރާޖް ވިދާޅުވިއެވެ. ސިރާޖް ވިދާޅުވީ އަންނަ މަހުން ފެށިގެން ސްޓެލްކޯ ބިލުގެ ތެރޭގައި ކުނި ބިލު ހިމަނާއިރު ސްޓެލްކޯގައި ރަޖިސްޓްރީކޮށްފައިވާ 50،000 އަށް ވުރެ ގިނަ ގޭބިސީއަށް ކުނި ބިލް ފޮނުވާނެކަމަށެވެ. މިހާރު ވެމްކޯގައި ރަޖިސްޓްރީކޮށްފައިވަނީ 24،000 ގޭބީސީއެކެވެ. ސިރާޖު ވިދާޅުވީ މިކަމާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލާނެ ކަމަށެވެ.

ވެމްކޯއިން ވަނީ ދާދި ފަހުން އެކުންފުނިން ކުނި އުކައިދޭ އަގުތަކަށްވެސް ބަދަލުތަކެއް ގެނެސްފައެވެ.

ކޮމެންޓް
އަބުދުއްﷲ
ދެންކުނިބަލާއަންނަމީހައަތައްގެންގޮސްްދޭންތޯޖެހޭނީކުނިކޮތަޅު ކުނިބަލާއަންނަނީ ކޯޓުފަޓުލޫނުގަތޯ ސާބަސް ވެމްކޯއައް ތިކަންނުވަންޔާހުއްޓާލަންވެއްޖެނު
14 Mar 2023
ޙުސޭން
ރައްޔިތުމީހާ އަގުދީފަ ހިދުމަތް ހޯދާއިރުވެސް ޖެހެނީ އެހާތަކުލީފް އުފުލަން.މީކިހާ ދެރަކަމެއް.
14 Mar 2023
ގުޅޭ ލިޔުންތައް
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.
23 Sep 2026
ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕީއައިއޭގެ ހެޑް އޮފީހުގައި އެ ކުންފުނީގެ އިސްވެރިންނާ ކުރެއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޕީއައިއޭގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު ވިދާޅުވީ، ފްލީޓަށް ބޯޓުތައް ލިބުނުހާ އަވަހަކަށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށެވެ. މިވަގުތު ޕާކިސްތާނާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ނޯވެއެވެ
23 Sep 2026
ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ޢަމަލުނުކުރާ ބޭރުގެ އަށް ކުންފުންޏެއްގެ މަޢުލޫމާތު ހާމަކޮށްފި
2024 ވަނަ އަހަރު ތަޞްދީޤުކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ދިވެހީންނަށް ޚާއްޞަ ބައެއް ދާއިރާތަކުން ބޭރުގެ ވިޔަފާރިތައް ރާއްޖޭގައި ކުރުން ވަނީ މަނާވެފައެވެ
23 Sep 2026
އެލް ނީނޯގެ ގަދަ ހޫނުގައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ލަފާކޮށްފި
ޔުނިވަރސިޓީ އޮފް ޗިކާގޯގެ ދިރާސާއަކުން ދައްކާ ގޮތުގައި އެލް ނީނޯގެ ގަދަ ހޫނުގެ ސަބަބުން ފެބްރުއަރީގެ ނިޔަލަށް 451،000 މީހުން މަރުވެދާނެއެވެ. އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ފަގީރު ޤައުމުތަކަށެވެ
23 Sep 2026
މުނިފޫހިފިލުވުމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު ދޭއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
މި މަޝްރޫއުގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހުޅުމާލެ ހެދުން ކަމުގައި އެޗްޑީސީން ބުންޏެވެ.
23 Sep 2026
ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ނިއުޔޯކުގައި ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ
23 Sep 2026
ޕީއެންސީގެ ވަފުދުން ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި
ޕާކިސްތާނުގެ ޕާލަމެންޓް ހައުސްގައި ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ބައި މީހުންގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ގުޅުން ހަރުދަނާކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އެކި ދާއިރާތަކުން ފުޅާކުރުމާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކެވި ކަމަށް ރިޕޯޓުތައް ބުނެއެވެ.