ބިންހެލުުމުގެ ސަބަބުން ދެތަންވި އާއިލާ
ހަބަރު
14 Mar 2023 | 06:23
ބިންހެލުމަށް 34 ދުވަސް ފަހުން ތުއްތު ކުއްޖަކު އާއިލާއާއި ހަވާލުކޮށްފި

ފެބްރުއަރީ 6 ވަނަ ދުވަހު ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބިންހެލުންތަކުގައި އެތައް ބަޔަކު ވަނީ މަރުވެގެން ގޮއްސައެވެ.

ކިތަންމެ ކުއްޖެއް ވަނީ ޔަތީމު ވެފައެވެ. އެތައް މަންމަޔަކު ދަރިން ނެތި ގެއްލުމުގެ ހިތާމައިގައި އެބަތިއްބެވެ. އެއްބައި އާއިލާތައް އެކުއެކީ މަރުވެގެން ގޮސްފައި ވެއެވެ.

އެތައް މައިންބަފައިންނެއް ދަރިން ވަކިވުމުގެ ހިތާމައިގައި ތިބި އިރު ކާރިސާ އަސް 34 ދުވަސް ފަހުން ތުރްކިޔޭގެ ދެމަފިރިއަކަށް އެދެމީހުންގެ ދަރިފުޅު ވަނީ ހަވާލުކުރެވިފައެވެ.

ބިންހެލުން އައިރު އެކުއްޖާގެ އުމުރަކީ 6 ދުވަހެވެ. ބިންހެލުމާއި އެކު އެއާއިލާ ދިރިއުޅެމުންދިޔަ އިމާރާތް ވެއްޓި ދެމަފިރިންނާއި ދަރިފުޅު އިމާރާތުގެ ދަށުވިއެވެ. ވެއްޓުނު އިމާރާތުގެ ގައުތަކުގެ ދަށުން ތުއްތު ކުއްޖާ ނަގައިގެން ގެންގޮސް ފަރުވާ ދިނުމަށް ހަޓޭޔާގެ ހޮސްޕިޓަލްގެ އައިސީޔޫގައި އެޑްމިޓް ކުރެވުނެވެ.

އަދި އެ ދެމަފިރިން ގައު ތަކުގެ ދަށުން ސަލާމަތްކުރެވި ނެރެވުމަށް ފަހު އެމީހުން އެމީހުންގެ ދަރިފުޅު ހޯދުމަށް މަސައްކަތް ފެށީއެވެ. ސަރުކާރުގެ އެކި އޮތޯރިޓީތަކަށް ލިޔުންތައް ހުށައަޅައި ހެދިއެވެ.

ބިންހެލުން އައި ސަރައްހައްދުތަކުން ސަލާމަތްކުރެވުނު ތުއްތު ކުދިން އިތުރު ފަރުވާ ދިނުމަށާއި ރައްކާތެރިކަމަށް ޓަކައި ތުރްކިޔޭގެ ވެރިކަން ކުރާ އަންކާރާ އަށް ބަދަލުކުރެވުނެވެ.

"އަހަރެން އެންމެ ވަގުތުކޮޅަކަށްވެސް އުންމީދު ކަނޑައެއްނުލަން" ތުއްތު ކުއްޖާގެ ބައްޕަ މީޑިއާ އަށް ބުނެފައިވެއެވެ.

ތުރްކިޔޭ ގެ ސަރުކާރުން އެކުއްޖާ އެކުއްޖާގެ އާއިލާ އާއި ހަވާލުކޮށްފައިވަނީ އެ ޤައުމުގެ މިނިސްޓްރީ އޮފް ފެމިލީ، ލޭބަރ އެންޑް ސޯޝަލް ސާވިސަސް އިން ޑީއެންއޭ ޓެސްޓު ހަދައި އެކުއްޖާގެ ޑީއެންއޭ އާއި އެދެމަފިރިންގެ ޑީއެންއޭ ދިމާވާކަން ޔަޤީން ކުރުމަށް ފަހުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.