މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ހަބަރު
14 Mar 2023 | 12:36
ބީއެމްއެލް ގެ އެކި ވައްކަންތަކާއި ސައިބާ ކްރައިމްއާއި ގުޅުން އެބަހުރި: ރައީސް ނަޝީދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބައެއް ވައްކަންތަކާއި ސައިބާ ކްރިމްއާއި ގުޅުން އޮތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ މިއަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައި ހުށައެޅި ސައިބާ ކްރައިމްގެ އަމަލުތަކަކީ ކުށެއްކަމަށް ހެދުމަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާއި ގުޅޭގޮތުން މެމްބަރުން ވާހަކަދައްކަވަން ފެއްޓެވުމުގެ ކުރިން، އަދި އެ އިސްލާހު ފާސްކުރާއިރު ވިސްނާލުން މުހިންމު ކަންކަމަށް އަލިއަޅުވާލައްވާ ވާހަކަދައްކަވަމުން ނެވެ. 

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ހުށައަޅުއްވާފައިވާ ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތަށް) އިސްލާޙު ގެނައުމުގެ ބިލުގައި ވަނީ ސައިބާ ކްރައިމްއާއި ގުޅުންހުރި ހުރިހާ ކުށަކީ އެ އިސްލާހުގެ ތެރެއިން އަދަބު ކަނޑައެޅޭނެ ކަންކަމަށް ހެދުމަށް ހުށައަޅާފަ އެވެ. 

އެގޮތުން ހުއްދަ ނެތި ކޮމްޕިއުޓާ ސިސްޓަމަށް އެކްސެސްވުމާއި، އިތުރުކުށެއް ކުރުމަށް މަގުފަހި ކުރުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަށް އެކްސެސްވުމާއި ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމްގެ ޑޭޓާ އިންޓަފިއާ ކުރުމުގެ އިތުރުން، ނަހަމަ ގޮތުގައި ޑިވައިސް ބޭނުން ކުރުމާއި ސައިބާ ވަޔަލެންސްގެ އަމަލުތަކާއި ކޮންޕުޓާއާއި ގުޅުންހުރި ފޯޖަރީގެ އަމަލުތައް އަދި އޮޅުވާލުމުގެ އަމަލުތައް ޤާނޫނުލްއުޤޫބާތުގެ ދަށުން އަދަބުލިބޭ ކުށްތަކުގެ ގޮތުގައި ކަނޑައަޅައި ދިނުމަށް ވަނީ ހުށައަޅާފަ އެވެ. 

އެ ބިލަށް ބަހުސްކުރަން ހުޅުވާލުމުގެ ކުރިން ނަޝީދު ވިދާޅުވީ ސައިބާ ކްރައިމްއަކީ ވަރަށް ބޮޑަށް ވިސްނަން ޖެހޭ މައްސަލައެއް ކަމަށެވެ. އެގޮތުން ބޭންކުން ހިންގާ ބައެއްކަހަލަ ވައްކަންތަކާއި ޓެރަރިޒަމްގެ އަަލުތަކާއިވެސް ސައިބާ ކްރިމްއާއި ގުޅިފައިވާކަމަށް ނަޝީދު ވިދާޅުވި އެވެ. 

"އެނގިވަޑައިގަންނަވާނެ ސައިބާ ކްރައިމްގެ މައްސަލަތައް މަޖިލީހުގައި އެކި ގޮތްގޮތަށް އެބަ ފާހަގަކުރެވޭ. ބެންކް އޮފް މޯލްޑިވްސްގެ އެކި އެކި ވަށްކަންވެސް ސައިބާ ކްރައިމްއާއި ގުޅިފައި އެބަހުރި. އަދި އެހެންވެސް ބައެއް ޓެރަރިސްޓު މަސައްކަތާއި މި ބާވަތުގެ ކަންކަން ހިމެނޭ. އަދި އެކި ގޮތްގޮތަށް ދޮގު މައުލޫމާތު ފޯރުކޮށްދިނުމާއި އޮޅުވާލުމުގެ ކަންކަންވެސް ހިމެނޭ"

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު 

ނަޝީދު ވިދާޅުވީ އެ މައްސަލައިގައި ޤާނޫނުލްޢުޤޫބާތަށް އިސްލާހު ގެނައުމުގައި ކަމާގުޅުންހުރި ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދި ނަމަވެސް މަޖިލީސް މެމްބަރުންވެސް ވިސްނުންތަކެއް ގެންގުޅެން ޖެހޭ ކަމަށެވެ.

އޭގެއިތުރުން، އެ ބިލަށް ބަހުސްކުރައްވާއިރު، އޭގެ މާއްދާތަކަށް ފުރިހަމައަށް ވިސްނަވާ މަޖިލީހުން ކުރަން މި އުޅެނީ ކޮންކަމެއްކަން ރަނގަޅަށް އެގިވަޑައިގެން ތިއްބަވާ އެކަން ކުރެއްވުމަށް އިލްތިމާސް ކުރައްވާކަމަށް ނަޝީދު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް